މާރާމާރީގެ ދެ މައްސަލައަކާ ގުޅިގެން ދެ ބިދޭސީއަކު ހޯދަނީ

24 Jan 2021 | 14:08

ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މާރާމާރީ ދެ މައްސަލައަކާ ގުޅިގެން ދެ ބިދޭސީއަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ، މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ބަނގުލަދޭޝް ރައްޔިތެއްކަމަށްވާ މުޙައްމަދު ބޮކިލް ހޮަސައިން (31އ) އާއި ބަނގުލަދޭޝް ރައްޔިތެއްކަމަށްވާ މުހަމަދުލް ހަސަން (41އ) އެވެ.

ވީމާ މި ދެމީހުންނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރް 99110099 އަށް ގުޅުއްވައި ޙިއްސާކުރެއްވުން އެދޭކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު ދަންނަވާފައެވެ.

Advertisement

ކޮމެންޓް

Advertisement