ސެމްސަންގް ގެލެކްސީ އެސް21 ޕްލަސް ގެންގުޅޭ ފަރާތްތަކަށް އުރީދޫގެ 5ޖީ ޚިދުމަތް މިހާރު ލިބޭނެ!

18 Feb 2021 | 12:37

ސެމްސަންގް ގެލެކްސީ އެސް 21 ޕްލަސް އަދި އެސް 21 އަލްޓްރާ ގެންގުޅުއްވާ އުރީދޫ ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑް ކަސްޓަމަރުންނަށް 5ޖީގެ ޚިދުމަތް ލިބޭނެކަމަށް އެކުންފުނިން ބުނެފިއެވެ.

އެގޮތުން ސެމްސަންގް ގެލެކްސީ އެސް 21 ޕްލަސް އަދި އެސް 21 އަލްޓްރާ ގެންގުޅުއްވާ އުރީދޫ ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑް ކަސްޓަމަރުންނަށް މާލޭގެ ގިނަ ސަރަހައްދުތަކެއްގައި 5ޖީގެ ހަލުވި ސްޕީޑް މިހާރު ލިބޭނެކަމަށް އުރީދޫއިން މައުލޫމާތުދެއެވެ. އުރީދޫ މޯލްޑިވްސްގެ 5ޖީ ނެޓްވޯރކް އާއި އެކު 5ޖީ ހޯމް ބްރޯޑްބޭންޑްގެ ޚިދުމަތް ދާދި ފަހުން ވަނީ މާލޭގެ ބޮޑު ސަރަހައްދަކަށް ތައާރަފްކޮށްފައެވެ. މީގެ ތެރޭގައި ގިނަ ވިޔަފާރިތައް ހިންގާ ސަރަހައްދުތައް، ހޮސްޕިޓަލް އަދި އާންމުން ދިރިއުޅޭ ސަރަހައްދުތައް ހިމަނާފައިވެއެވެ.

5ޖީ ޓެކްނޮލޮޖީ އާއި އެކު ލިބިގެންދާ ހައިސްޕީޑްގެ އިތުރުން އިންޓަނެޓާއި ކަނެކްޓްކުރުމުގައި ދިމާވާ ލަސްތައްވެސް އެތައްގުނައަކަށް ކުޑަވެގެންދާނެއެވެ. ގެންގުޅުއްވާ ފޯނަށް 5ޖީގެ ހަލުވި ސްޕީޑްގެ އިންޓަނެޓް ލިބިވަޑައިގަތުމާއިއެކު، މެދުކެނޑުމެއްނެތި އިންޓަނެޓްގެ ޚިދުމަތް ތަޖުރިބާކުރެވޭނެއެވެ. 

އަދި އޮންލައިންކޮށް ގޭމް ކުޅުމުގައި ދިމާވާ ލަސްތަކަށް ހައްލެއް ލިބި، ފިލްމް އަދި ސީރީޒް ޑައުންލޯކޮށްލަން ވިޔަސް ނުވަތަ ސްޓްރީމް ކޮށްލަންވިޔަސް މާ ގިނަވަގުތު ނުނަގާ، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކޮށްލެވޭނެކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް

Advertisement