ކުޅިވަރު ތަރައްޤީ ކުރުމަށް އިންޑިޔާއިން ހިލޭ އެހީ ދިނުމަށް ނިންމައިފި

20 Feb 2021 | 20:37

ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އިންޑިއާއިން 40 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ދޭން އެޤައުމުން ނިންމާފައިވާ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ.ސުބްރަމާނިޔަމް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

ޑރ.ސުބްރަމާނިޔަމް ޖައިޝަންކަރު މިހެން ވިދާޅުވީ އިންޑިޔާއާއި ދިވެހިރާއްޖެއާ ދެމުދުގައި އޮންނަ އެކުވެރިކަމުގެ ގުޅުން ފާހަގަކުރުމަށް އެކުވެނި ސިންތަޓިކް ޓްރެކްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އިންޑިޔާގެ އެހީގައި މާލޭގައި އަޅާފައިވާ ސިންތަޓިކް ޓެރެކްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިންޑިއާގެ އެކްސްޓަރނަލް އެފެއަރސް މިނިސްޓަރ ޑރ.ސުބްރަމާނިޔަމް ޖައިޝަންކަރު ވިދާޅުވީ އިންޑިޔާއިން ރާއްޖޭގެ ކުޅިވަރު ތަރައްޤީ ކުރުމަށް އަބަދުވެސް އެހީތެރިވެދޭނެކަމަށެވެ. އެގޮތުން ރާއްޖޭގެ ޤައުމީ ޓީމުތަށް ތަމްރީން ކުރުމުގެ ފުރުސަތުގެ އިތުރުން ކުޅުންތެރިން ކުރިއެރުވުމަށްވެސް އިންޑިޔާއިން އެހީތެރިވެދެމުން އަންނަކަން ފާހަގަކުރެއްވިއެވެ.

ޖައިޝަންކަރް އިތުރަށް ވިދާޅުވީ، މިއިން ޒަމާނެއްގައި ނުދެކޭހާ ބޮޑަށް ރާއްޖޭގެ ކުޅިވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށާއި މިކަމުގައި އިންޑިއާގެ ބައިވެރިވުން އޮތުމަކީ ލިބިގެންދާ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

ފޮޓޯ:ޕީއެސްއެމް

Advertisement

ކޮމެންޓް