N/A
N/A
ހަބަރު 23 Feb 2021 | 06:28

ހިޔާގެ ކުދީންނާ ގުޅޭ ކަންކަން ރިޕޯޓު ކުރާއިރު މީޑިއާތަކުން ޒިންމާދާރުވާންޖެހޭ: މިނިސްޓަރ

ހިޔާގައި ތިބޭ ކުދީންގެ ކަންކަން ރިޕޯޓު ކުރާއިރު މީޑިއާތަކުން ޒިންމާދާރުވުމަށް ޖެންޑާ މިނިސްޓަރު ޢާއިޝަތު މުޙައްމަދު ދީދީ ގޮވާލައްވައިފިއެވެ.

މިނިސްޓަރ މިފަދައިން ގޮވާލާފައި މިވަނީ ދާދި ފަހުން ކުޑަކުދީންގެ ހިޔާ އާއި ފިޔަވަތީގައި ކުރިން ބަލަހައްޓަމުންދިޔަ ބައެއް ކުދިން ބ. އޭދަފުއްޓަށް ބަދަލުކުރުމުން އެކުދިންގެ ބައެއް ޝަކުވާ ކޮށްފައިވާ ކަމަށްބުނެ ބައެއް މީޑިއާތަކުގައި ރިޕޯޓު ކުރުމާ ގުޅިގެންނެވެ.

މިނިސްޓަރ ވިދާޅުވީ، ކޮންމެ ކުއްޖަކުވެސް ޅަފަތުގައި ވަރަށް ގިނަ ކަންކަމާ ކުރިމަތިލާން ޖެހޭ ކަމަށާއި ޚާއްޞަކޮށް، ޢާއިލާއެއް ނެތި ބޮޑެތިވާ ކުދިންނަށް އެކަންކަން ބޮޑަށް ދިމާވާ ކަމަށެވެ.

ކުދިންގެ ދިރިއުޅުމުގައި ދިމާވާ އުނދަގޫ ކަންކަމުގެ ސަބަބުން އެކުދީންނަށް ޤަވާޢިދާއި ޚިލާފުވެ، ބައެއް ފަހަރު ރުޅި ގަދަވެ، ކަންކަން ކުރަން މަޖުބޫރުވާ ފަހަރު އަންނަ ކަމަށެވެ. އަދި އެކަންކަން ކޮންމެ ދުވަހަކުވެސް ތަޖުރިބާ ކުރަން ޖެހޭ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އަދި ކުދިން ބޮޑުވަމުން އަންނަ ދުވަސްވަރަކީ އެކުދިން އެކި ކަންކަން ތަޖުރިބާ ކޮށް، ދަސްކުރުމުގައި ދިމާވާ ކަންކަން ދުނިޔެއަށް ފޮރުވައި، އެކަންކަމަށް ޙައްލު ހޯދުމަށް މަސައްކަތް ކުރާ ދުވަސްވަަރެއް ކަމަށެވެ. އަދި ކުދީން ބަދުނާމު ކުރުމަކީ ދެރަ ކަންކަން ފަހުން ކުރިމަތިވާނެ ކަމެއް ކަމަށެވެ.

"ކޮމިއުނިޓީން އެކުދިންގެ މިފަދަ ކަންކަމަށް އެހީތެރި ނުވެ، އެކުދިން ލޭބަލްކޮށް، ބަދުނާމު ކުރާނަމަ، އެކުދިން ރަނގަޅުވުމަށް އެހީތެރިއެއް ނުވެވޭނެ، އެހެންކަމުން މީޑިއާތަކަށް ގޮވާލަން ބޭއިޙުތިރާމު ނުވެ، ޒިންމާދާރުކަމާއެކު ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ކަންކަން ރިޕޯޓު ކުރުމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

ކުޑަކުދިންގެ ހިޔާ އާއި ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި ދިރިއުޅެމުން ދިޔަ 17 ކުއްޖަކު އޭދަފުށީގައި ގާއިމްކޮށްފައި ހުންނަ އަމާން ހިޔާ އަށް ވަނީ ބަދަލުކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އައްޑޫގައި ބާއްވާ "ބަލަދް ބަންގި މުބާރާތް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
14 Oct 2026 ހަބަރު

އައްޑޫގައި ބާއްވާ "ބަލަދް ބަންގި މުބާރާތް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އައްޑޫ ސިޓީގެ ދަރިވަރުންނާއި ޒުވާނުންނަށް އަމާޒުކޮށްގެން އަލް ބަލަދް ޖަމްޢިއްޔާއިން އިންތިޒާމްކުރާ "ބަލަދް ބަންގި މުބާރާތް -1 )2026(" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 11 އިން 12 އަށެވެ.

ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ އަސްކަރީ ނުވަތަ ބެލެހެއްޓުމުގެ ބާރަކަށް ނުދޭނެ: ސަރުކާރު
14 Oct 2026 ހަބަރު

ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ އަސްކަރީ ނުވަތަ ބެލެހެއްޓުމުގެ ބާރަކަށް ނުދޭނެ: ސަރުކާރު

ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، އެއްވެސް ޙާލެއްގައި، ބޭރުގެ އަސްކަރީ ނުވަތަ އެނޫންވެސް ބެލެހެއްޓުމުގެ ބާރަކަށް ދިވެހި ސަރުކާރުން ނުދޭނޭކަމުގެ ޔަގީންކަން ސަރުކާރުން ދީފި އެވެ.

ދެކުނަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި
14 Oct 2026 ހަބަރު

ދެކުނަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި

ރާއްޖޭގެ ދެކުނަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ )މެޓް އޮފީސް( އިން ހުދުސަމާލު ނެރެފިއެވެ.

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް
14 Oct 2026 ހަބަރު

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް

މާލޭގައި ހުންނަ ޖަރުމަނުވިލާތުގެ އޮނަރަރީ ކޮންސިއުލޭޓް ބަންދުކުރުމާ ގުޅިގެން، އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ )އެމްޑީޕީ( އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ
14 Oct 2026 ހަބަރު

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ ސައިކަލަށް ފޮއްޓެއް އަރުވައިގެން ނައްޓާލަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ގެއްލިގެން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ތިންމީހުން އަރުވައިގެން ސައިކަލު ދުއްވި މައްސަލަ: އެކަކު ބަންދުކޮށްފި؛ އެއީ މީގެ ކުރިންވެސް އެތައް ކުށެއްގެ ރެކޯޑް އޮތް މީހެއް
14 Oct 2026 ހަބަރު

ތިންމީހުން އަރުވައިގެން ސައިކަލު ދުއްވި މައްސަލަ: އެކަކު ބަންދުކޮށްފި؛ އެއީ މީގެ ކުރިންވެސް އެތައް ކުށެއްގެ ރެކޯޑް އޮތް މީހެއް

ފުލުހުން ހާމަކުރި ގޮތުގައި ސައިފަކީ ޓްރެފިކް ގަވާއިދުތަކާ ޚިލާފުވުމުގެ ބޮޑު ރެކޯޑެއް އޮންނަ މީހެކެވެ. އެގޮތުން، ލައިސަންސް ނެތި އުޅަނދު ދުއްވުމުގެ 13 މައްސަލައެއްގެ ރެކޯޑުގެ އިތުރުން، އަހަރީ ފީ އާއި ރޯޑްވާދިނަސް އަދި އިންޝުއަރެންސް ނެތި ދުއްވުމާއި، މުވާސަލާތީ ވަސީލަތެއް ބޭނުންކުރަމުން ދުއްވުމުގެ މައްސަލަތަކެއް އޭނާގެ މައްޗަށް މީގެ ކުރިން ވެސް ވަނީ ފާހަގަކުރެވިފައެވެ.

5 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި؛ މާދަމާ ދައުރުކުރަން ފަށާނެ
14 Oct 2026 ހަބަރު

5 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި؛ މާދަމާ ދައުރުކުރަން ފަށާނެ

ބާޒާރުގައި ދައުރުވާ ފަސް ރުފިޔާގެ ނޫޓު ބާވެ ހަލާކުވެގެން އެ ނޫޓު މަދުވެފައިވާތީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ )އެމްއެމްއޭ( އިން އާ ސްޓޮކެއް ގެނެސް މާދަމާ ދައުރުކުރަން ނިންމައިފިއެވެ.