26 Feb 2021 | 18:49
މުޒާހަރާގެ ބައިވެރިން މާލޭގެ އެކި ސަރަޙައްދުތަކުގައި!

އިދިކޮޅު ޕްރޮގްރެސިވް-ކޮންގްރެސް ކޯލިޝަނުން "މަގޭ ފްލެޓް ކޮބާ؟"ގެ ނަމުގައި ބާއްވަމުންދާ މުޒާހަރާގެ ބައިވެރިން މާލޭގެ އެކި ސަރަޙައްދުތަކުގައި އެބަ ހަރަކާތްތެރިވަމުންދެއެވެ.

އެގޮތުން މުޒާހަރާގެ ބައިވެރިން ޕީޕީއެމް/ޕީއެންސީ އޮފީސް ސަރަޙައްދުގެ އިތުރުންވެސް އިތުރު ތަންތަނުގައި ހަރަކާތްތެރިވަމުންދާކަމަށް ވޮއިސްއަށް ވަނީ މަޢުލޫ ލިބިފައެވެ. މިފަރާތްތައް ހުއްޓުވުމަށް އެސްއޯ ޔުނީފޯމް އަދި ބްލޫސްގައި ތިބި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

މި މުޒާހަރާގެ ބައެއް ބައިވެރިން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޕީޕީއެމްއިން މި މުޒާހަރާ ބާއްވަމުންދަނީ އެކަން ނުކުރުމަށް ފުލުހުންނާއި ހޯމް މިނިސްޓްރީން އިލްތިމާސްކޮށްފައިވަނިކޮށެވެ.

ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކޮވިޑް-19 ފެތުރުން އިހުނަށްވުރެ އިތުރުވެފައިވާ މި ނާޒުކު ދަނޑިވަޅުގައި އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިސްކޮށް މި ބަލިމަޑުކަމުން އަރައިގަތުމަށް އެކުގައި މަސައްކަތްކުރަންޖެހޭކަމަށް ދެކޭކަމަށެވެ.

އެހެންކަމުން މިފަދަ ޤާނޫނާއި ޤަވާޢިދާ ޚިލާފު އެއްވުންތައް ބޭއްވުމަށް ފުލުހުން ފުރުޞަތު ނުދޭނެކަމަށް ވަނީ ބުނެފައެވެ. އަދި އެޗްޕީއޭގެ އެންގުންތަކާއި ޚިލާފުވެ، އާންމު ރައްޔިތުންގެ ޞިއްޙަތު ނުރައްކަލުގެ ތެރެއަށް ހުށައެޅޭގޮތަށް ޢަމަލުތައް ބަހައްޓާ ފަރާތްތަކާއި މެދު ފުލުހުން ޤާނޫނީ ފިޔަވަޅުވެސް އަޅާނެކަމަށް ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.