އަލީ ރަމީޒު މާރިޔާއަށް: އައުރަ ނިވާ ނުކުރަނީ ކޮން ފަތުވާއެއް ނުލިބިގެންތޯ؟

11 Mar 2021 | 15:43

އައުރަ ނިވާ ނުކުރަނީ ކޮން ފަތުވާއެއް ނުލިބިގެންތޯ ސުވާލު ކުރައްވައި، އަލީ ރަމީޒު ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީއަށް ހޫނު ރައްދެއް ދެއްވައިފިއެވެ.

މުޖްތަމަޢުގެ ޞުލްޙަޔާއި އަމާންކަން ކަށަވަރުކުރުމަށްޓަކައި ފަތުވާ މަޖިލީހުން މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތްކުރަން ޖެހިފައިވާކަމަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ފަތުވާ މަޖިލީހުން، ދިވެހި ރައްޔިތުންގެ މެދުގައި ދީނީގޮތުން ޚިލާފު އުފެދޭ މައްސަލަތަކަށް އެކަށޭނަ ޙައްލެއް ހޯދައިދީ، ކަން އޮންނަންވީ ސާފު ރަނގަޅު ގޮތް އޮޅުންފިލުވައިދީ، މުޖްތަމަޢުގެ ޞުލްޙަޔާއި އަމާންކަން ކަށަވަރުކުރުމަށްޓަކައި މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތްކުރަންޖެހިފައިވާކަމަށެވެ.

މިނިސްޓަރު މާރިޔާގެ މި ވާހަކައާއި ގުޅިގެން އަލީ ރަމީޒު ކުރެއްވި ޓްވީޓެއްގައި ވަނީ ދީނުގެ ހުކުމްތަކަށް ދެކޮޅު ހަދަމުންދަނީ ފަތުވާ މަޖިލީހުގެ މައްސަލަ އުޅޭތީތޯ ސުވާލު ކުރައްވައިފައެވެ.

"އައުރަ ނިވާކޮށް ނުލެވިގެން ތިޔަ އުޅެނީ ކޮން ފަތުވާއެއް ނުލިބިގެން ހެއްޔެވެ؟" އަލީ ރަމީޒުގެ ޓްވީޓުގައި ސުވާލު އުފައްދަވާފައިވެއެވެ. އޭނާެ ޓްވީޓުގައި ވަނީ ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށްލެއްވުމަށް ގޮވާލައްވައިފައެވެ. އަދި ވަގުތު ޖެހުމުގެ ކުރިން ތައުބާވުމަށްވެސް ގޮވާލެއްވިއެވެ. 

Advertisement

ކޮމެންޓް

Advertisement