މޫސުން ގޯސްވެ ބޮޑުބަޔަކަށް ވައިޓް އެލާޓް ނެރެފި

20 Mar 2021 | 13:46

ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މޫސުން ގޯސްވުން އެކަށީގެންވާ ކަމަށް ލަފާކޮށް މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީހުން) ހއ.އަތޮޅުން ފެށިގެން ނ.އަތޮޅާއި ދެމެދުގެ ސަރަޙައްދުތަކަށް ވައިޓް އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 10:10 އިން ފެށިގެން މެންދުރު 14:00 ގެ ނިޔަލަށެވެ.

މޫސުމާއިބެހޭ ޤައުމީ އިދާރާއިން ބުނާގޮތުގައި ވައިޓް އެލާޓް ނެރެފައިވާ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުމަކީ އެކަށީގެންވާ ކަމެކެވެ.

ރާއްޖޭގެ ސަރަޙައްދުގައި އިރުވައި މޫސުމުގެ ބާރުގަދަވުމުގެ ސަބަބުން ކުރިއަށް މިއޮތް 3 ދުވަހު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް، ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެކަމަށް ބެލެވޭތީ އާންމުކޮށް ކަނޑުދަތުރުފަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވެލެއްވުމަށް މެޓުން އިލްތިމާސްކުރައްވައެވެ.

Advertisement

ކޮމެންޓް