ވަރލްޑްކަޕްގެ ދެވަނަ މެޗްގައި ކޮރެއާ އާއި ޗެކްރިޕަބްލިކް ބައްދަލުކުރި މެޗްގެ ތެރެއިން.. ފޮޓޯ؛ ގެޓީ އިމޭޖް
ކުޅިވަރު
12 Jun 2026 | 08:53
ފަހަތުން އަރައި ޗެކް ރިޕަބްލިކް އަތުން، ދެކުނު ކޮރެއާއަށް މޮޅެއް

ވަރލްޑްކަޕް ދެވަނަ މެޗްގައި މިއަދު އޭޝިއާއަށް ނިސްބަތްވާ ދެކުނު ކޮރެއާ އާއި ޔޫރަޕްގެ ޗެކްރިޕަބްލިކް ބައްދަލުކުރިމެޗް ކޮރެއާ ކާމިޔާބުކޮށްފިއެވެ.

މެކްސިކޯގައި ކުޅުނު މިމެޗް ޗެކްރިޕަބްލިކްގެ މައްޗަށް ދެކުނު ކޮރެއާ ކުރި ހޯދީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ހުރިހާ ގޯލެއްވެސް ޖަހާފައިވަނީ މެޗްގެ ފަހު ހާފްގެ ތެރޭގައެވެ. މެޗްގައި އެންމެ ފުރަތަމަ ގޯލް ޖަހައި ލީޑް ނަގާފައިވަނީ، ޗެކްރިޕަބްލިކުންނެވެ. އެއީ މެޗްގެ 59 ވަނަ މިނެޓް ތެރޭގައި ކްރެޗީ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މެޗްގެ ދެވަނަ ހާފްގެ ވަކި ހިސާބަކުން ކޮރެއާއިން ވަނީ ކުޅުން ރަނގަޅުކޮށް ކޮންޓްރޯލް ނަގައި ލަނޑެއް ޖަހާފައެވެ. މެޗްގައި ކޮރެއާއިން ލީޑް ނަގާފައިވަނީ 68 ވަނަ މިނެޓް ތެރޭގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ބޮއެމް އެވެ. މެޗުން ކޮރެއާ މޮޅުކޮށްދިން ލަނޑު އެޓީމަށް ޖަހައިދިނީ، 80 ވަނަ މިނެޓް ތެރޭގައި ހިޔުން ޖޫއެވެ.

މެޗްގެ އުސްއަލިތަކަށް ބަލާއިރު، ގިނައިރު ބޯލަ ގެންގުޅެ ގިނަ ހަމަލާތައް އުފައްދާފައިވަނީ ދެކުނު ކޮރެއާއިންނެވެ. މެޗްގައި ދެޓީމްގެ ކުޅުންތެރިންގެ ފަރާތުންވެސް ރީތި ކުޅުމެއް ފެނިގެންދިޔައިރު، މެޗްގައި ފެނިގެން ގޮސްފައިވަނީ އެންމެ ރީނދޫ ކާޑެކެވެ.

ވަރލްޑްކަޕްގައި ދެން އޮންނާނީ ގްރޫޕް ބީގައި ކެނެޑާ އާއި ބޮސްނިއާ ބައްދަލުކުރާ މެޗެވެ. މިމެޗް ފަށާނީ މިރޭ ދަންވަރު 12 ޖަހާއިރުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.