25 Mar 2021 | 17:57
ސަރުކާރުން ބުނި ގޮތަށް މިމަހު ހިޔާ ފުލެޓުތަކަށް ވަދެވޭނެ ކަމާއިމެދު ސުވާލު އުފެދިއްޖެ

ހިޔާ މަޝްރޫޢުގެ ދަށުން އަޅާފައިވާ ފުލެޓުތައް މިމަހު އެތަންތަނުގެ ޙައްޤުވެރީންނަށް ދެވޭނެ ކަމާއިމެދު ސުވާލު އުފެދިއްޖެއެވެ.

ހިޔާ މަޝްރޫޢުގެ ދަށުން އަޅާފައިވާ ފުލެޓުތައް މިމަހު ދޫކުރާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. މިދިޔަ މަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަސްލަމް ވިދާޅުވެފައިވަނީ، މިމަހުގެ ފަހުކޮޅު ފުލެޓުތަކުގެ ޙައްޤުވެރީންނަށް އެތަންތަނަށް ވަދެވޭވަރު ވާނެ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން މިއަދު "ވޮއިސް"އިން ޕްލޭނިން މިނިސްޓްރީއާއި ސުވާލު ކުރުމުން ޖަވާބެއް ނުދެއެވެ. ރައީސް އޮފީހުގެ ތަރުޖަމާނުވެސް ވަކި ޖަވާބެއް ނުދެއްވިއެވެ. "ވޮއިސް"އިން ޕްލޭނިން މިނިސްޓަރު އަސްލަމްއަށްވެސް ގުޅީމެވެ. އެބޭފުޅާ ފޯނަށް ޖަވާބު ނުދެއްވުމުން، ކުރި މެސެޖަށްވެސް ޖަވާބެއް ނުދެއްވައެވެ.

ހިޔާ މަޝްރޫޢުގެ ދަށުން އެޅި ފުލެޓުތައް ލިބޭ މީހުންގެ ދާއިމީ ލިސްޓު އިޢުލާނުކޮށްފައިވަނީ މިދިޔަ ފެބްރުއަރީމަހުގެ 09 ވަނަ ދުވަހުއެވެ. އެލިސްޓުގައި ކުރިން ފުލެޓު ލިބުނުކަމުގެ ލިޔުން ލިބުނު އެތައް ބައެއްގެ ފުލެޓު ގެއްލިފައިވާކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރަމުންދާއިރު، ފުލެޓު ލިސްޓުގައި މައްސަލަ ހުރި ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުއާއި، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު އެންމެ ފަހުން ވިދާޅުވެފައިވަނީ، ފުލެޓު ލިބޭ މީހުން ކަނޑައެޅުމުގެ ބާރަކީ ފުލެޓު ކޮމިޓީއަށް ލިބޭ ބާރެއް ނޫން ކަމަށާއި، އެއީ ހައުސިން މިނިސްޓްރީއިން ކުރާނެ ކަމެއް ކަމަށެވެ. 

ސަރުކާރުން ބުނި ގޮތަށް މިމަހު ހިޔާ ފުލެޓުތަަކަށް ވަދެވިދާނެ ކަމާއިމެދު ސުވާލު އުފެދިފައިވާއިރު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕެއިން ކުރައްވަމުންދާ އެމްޑީޕީގެ ކެންޑިޑޭޓުން އަންނަ އޭޕްރީލްމަހު ފުލެޓު ދޫކުރާނެ ކަމަށް ވަޢުދުވަމުން އަންނަ ކަމުގެ މަޢުލޫމާތު "ވޮއިސް"އަށް ވަނީ ލިބިފައެވެ.

އެގޮތުން ފްލެޓް ލިބޭނެ މީހުންގެ ދާއިމީ ލިސްޓަށް އަދި ބަދަލުތަކެއް އަންނާނެކަމުގެ އިޝާރާތެއް އެ ކެންޑިޑޭޓުން ކުރައްވަމުން ގެންދަވާކަންވެސް ވަނީ ފާހަގަކުރެވިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Sep 2026
އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ވިލަރެސް ކޮމިޓީ އެކުލަވާލައިފި
އަދި މި މަޝްރޫއު އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި، ކަމާގުޅޭ އިދާރާތައް ގުޅިގެން މަސައްކަތްތައް ރޭވުމާ ގުޅޭގޮތުން ވެސް ވަނީ ހިޔާލު ބަދަލުކުރައްވާފައެވެ.
28 Sep 2026
ނޮވެންބަރުގެ ނިޔަލަށް ހުރިހާ ޑްރަގް ކެފޭތައް ބަންދުކުރެވޭނެ: އިހްސާން
މި ވޭތުވެދިޔަ ތިން ހަތަރު މަހެއްގެ ތެރޭގައި ޑްރަގް ކެފޭގެ ގޮތުގައި ހިންގަމުންދާ 17 ތަނެއް ބަންދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
27 Sep 2026
ނައިބު ރައީސް ނިއުޔޯކް އަށް ކުރެއްވެވި ދަތުރުފުޅު ނިންމަވާލައްވައިފި
ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މި ދަތުރުފުޅުގައި ޤައުމީ ބަޔާން އިއްވަވައި ކޮންމެ ޤައުމެއްގެވެސް މުސްތަޤުބަލު ބައްޓަންކުރުމުގެ އަސާސީ ޙައްޤު އެ ޤައުމަކަށް ލިބިގެންވާކަން ފާހަގަކުރެއްވިއެވެ. ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ސަލާމަތަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ވާހަކަ ވިދާޅުވަމުން 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރާ އެ ގޮންޖެހުންތައް ގުޅިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
27 Sep 2026
އީޝާގެ މައްޗަށް ގަޒުފުގެ ދައުވާ އުފުލައިފި
އެކަން ޕީޖީ އޮފީހުން ވަނީ ވޮއިސްއަށް ޔަގީންކޮށްދީފަ އެވެ. އީޝާގެ މައްޗަށް އުފުލީ ގާނޫނުލްއުގޫބާތުގެ ދަށުން ގަޒުފުގެ ދައުވާ އެވެ.
27 Sep 2026
ގޭންގުތަކަށް ނިސްބަތްވާ ދިހަ ލީޑަރެއްގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން، ހަރުކަށި ފިޔަވަޅު އެޅޭނެ: ވަޒީރު
“ދިހަ ގޭންގު ލީޑަރެއްގެ މައްސަލަ މިދިޔަ ޖޫން މަހުން ފެށިގެން އަޅުގަނޑުމެން އެބަ ގެންދަން ތަހުގީގު ކުރަމުން،” ވަޒީރު ވިދާޅުވި އެވެ.
27 Sep 2026
ލިބުނު ފައިސާއަކުން ސާވިސް ޗާޖު ދޭން ލާޒިމުކުރާ ބިލް އަވަސް ކުރުމަށް އެދިއްޖެ
މި ބިލަކީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު މިދިޔަ އަހަރުގެ ޑިސެމްބަރުގައި ވަޒީފާއާ ބެހޭ ޤާނޫނުގެ 52 ވަނަ މާއްދާ އިޞްލާޙުކުރުމަށް ހުށަހެޅުއްވި ބިލެކެވެ. އެ އިޞްލާޙުގައި ބުނެފައިވަނީ ސާވިސް ޗާޖުގެ ފައިސާ މުވައްޒަފުންނަށް ދޭންޖެހޭނީ އެ ފައިސާ ލިބުނު ކަރަންސީއަކުން ކަމަށެވެ. ނަމަވެސް, ކޮމިޓީ މަރުހަލާގައި މި ބިލް އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވެއެވެ.
27 Sep 2026
ރާއްޖޭގެ އޭއައި ޕްރޮސިކިއުޝަން އޮނިގަނޑު ދުނިޔެއަށް ހިލޭ ދޫކުރަނީ
އެމަނިކުފާނު މިކަން ހާމަކުރެއްވީ އަބޫދާބީގައި ކުރިއަށްދާ އދ. ގެ 15 ވަނަ ކްރައިމް ކޮންގްރެސްގެ އެންސިލަރީ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވަވަމުންނެވެ. އެ ބައްދަލުވުމުގައި ޕީޖީ ވަނީ 2025 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވި "މޯލްޑިވްސް 2.0" ތަސައްވުރަށް އަލިއަޅުއްވާލައްވާފައެވެ.
27 Sep 2026
ހަޔަރ އެޑިއުކޭޝަނުން އެޕެއް ހަދަން 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި، އެޕް ވުޖޫދުގަވެސް ނެތް
މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި 2021 ވަނަ އަހަރުގައި ސޮއިކޮށް، އެ މަސައްކަތް 12 ފަހަރެއްގެ މަތިން އިތުރުކޮށްދީފައިވެއެވެ. އެގޮތުން އެކި ފަހަރު މަތިން މުއްދަތު އިތުރުކުރުމަށްފަހު، އެންމެ ފަހުން މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 23 އޮކްޓޫބަރު 2022 އެވެ