ފެލިވަރުން ޕޮޒިޓިވް ވި މީހުންގެ އަދަދު 66އަށް

26 Mar 2021 | 22:49

ޅ.ފެލިވަރުގައި މަސައްކަތް ކުރާ 66 މުވައްޒަފުން ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެރަށުން ކޯވިޑްގެ އެންމެ ފުރަތަމަ ކޭސް ފެނިގެން، މޮނިޓަރިން ހާލަތަށް ގެނެސްފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ.

ފުރަތަމަ ކޭސް ފެނުމަށްފަހު، ކޮންޓެކްޓް ޓްރޭސިން ހަދައި، 104 ސާމްޕަލްއެއް ޓެސްޓު ކުރިއިރު، އޭގެތެރެއިން ކޯވިޑަށް ޕޮޒިޓިވް ވެފައިވަނީ 66 ސާމްޕަލްއެވެ.

މިފްކޯއިން ހާމަކުރާގޮތުގައި ފެލިވަރުން ޕޮޒިޓިވް ވި އެންމެންގެ ހާލުވެސް ރަނގަޅެވެ. އެ އެންމެން ވަނީ އެކަހެރި ކުރެވިފައެވެ. 

Advertisement

ކޮމެންޓް

Advertisement