29 Mar 2021 | 14:54
ދަރިފުޅު ބުލީގެ ޝިކާރައަކަށްވެފައިވާކަން އެނގޭނީ ކިހިނެއް؟

ހަނގާ ކުރުން ނުވަތަ "ބުލީ" ކުރުމަކީ އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމަޢުގެ ތެރޭގައިވެސް އާންމުވެފައިވާ ނޭދެވޭ ސިފައެކެވެ. ހަނގާގެ ޝިކާރައަކަށްވާ ކުދިންނަށް ނަފްސާނީ ބަލިކަށިކަމާއި ކުރިމަތިލާން ޖެހެއެވެ. މިކަން ކުރާ މީހުންނަށް އެއީ މަޖާ ކަަމަކަށްވީނަމަވެސް، މިކަމުގެ ސަބަބުން ކުއްޖެއްގެ ނުވަތަ މީހެއްގެ ހަޔާތަށް އިޔާދަ ނުކުރެވޭވަރުގެ ގެއްލުމެއްވެސް ލިބިދާނެއެވެ.

ތިބާގެ ދަރިފުޅަށް ސްކޫލް މާހައުލުގައިވިޔަސް، ނުވަތަ އެނޫން އެހެންވެސް ތަނެއްގައި ބުލީ ކުރުމާއި ކުރިމަތިލާން ޖެހިއްޖެނަމަ، އެކަން ތިބާއަށް އެނގުން މުހިންމެވެ. އެފަދަ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދެވޭނީ އޭރުންނެވެ.

ބުލީގެ ޝިކާރައަކަށްވުމުން، ތިބާގެ ދަރިފުޅު އެކަން ތިބާއަށް ސިއްރު ކޮށްފާނެއެވެ. އެހެންކަމުން، އަންނަނިވި ސިފަތައް ދަރިފުޅުގެ ކިބައިން ފެނޭތޯ ބަލާށެވެ.

އެއް އުމުރެއްގެ ކުދިންނާއިއެކު ވަގުތު ހޭދަނުކުރުން

މިއީ ހަނގާގެ ޝިކާރައަކަށް ވެފައިވާ ކުއްޖެއްގެ ފަރާތުން ފެނިގެން ހިނގައިދާނެ ކަމެކެވެ. ކުޑަކުދީންނަކީ، އެމީހުންނާއި އެއް އުމުރުގެ ކުދިންނާއި ދޯޅަ ބައެކެވެ. އެކަމަކު، ހަނގާގެ ޝިކާރައަކަށްވެފައިވާ ކުއްޖެއް ނަމަ، ކުދިންނާއިއެކު ކުޅެ އުޅެން ފޫހިވެދާނެއެވެ.

ސްކޫލުން އަންނައިރު އަނިޔާވެފައި ހުރުން

ހަނގާ ކުރުމުގެ ތެރެއިން، ޖިސްމާނީ ގޮތުންވެސް އަނިޔާ ތަހައްމަލު ކުރަން ޖެހިދާނެއެވެ. ދަރިފުޅު ސްކޫލުން އަންނައިރު، ހަށިގަނޑުގައި ކުޑަވެސް ޒަޚަމެއް ހުރިނަމަ ކަންވީގޮތް ސާފު ކުރަން ވާނެއެވެ. ކުއްޖެއްގެ ފަރާތުން އަނިޔާއެއް ލިބުނު ކަަމަށް އެއްބަސްވެއްޖެނަމަ، ޖޯކަކަށް ހަދައި އެކަން ދޫކޮށްނުލައްޗެވެ.

ކުއްލި ގޮތަކަށް ކިޔެވުމަށްހުރި ޝައުގުވެރިކަން ކުޑަވުން

ދަރިފުޅު ވަރަށް ރަނގަޅަށް ކިޔަވަމުން އައިސް، ކުއްލިއަކަށް ފޮތާއި ދުރުވެ، އެކަނި ވަގުތު ހޭދަކުރާނަމަ، މިއީ ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭކަމެކެވެ. މިއީ ދަރިފުޅުގެ ހަޔާތުގައި ކޮންމެވެސް ކަމެއް ގޯސްވެއްޖެ ކަމުގެ ނިޝާނެކެވެ. އެހެންކަމުން ވީގޮތެއް އަހައި އޮޅުންފިލުވާށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
އީގަލް ހިލްސް މަޝްރޫއުއިން ރަސްމާލެ ވެގެންދާނީ ޒަމާނީ އިންޓަގްރޭޓެޑް ސިޓީއަކަށް
މިނިސްޓަރު ވިދާޅުވީ 500 ހެކްޓަރުގެ ސަރަޙައްދެއްގައި ތަރައްޤީކުރާ މި މަޝްރޫޢުގައި ތިން ރިސޯޓާއި ތަފާތު ފެންވަރުގެ ޕްރޮޕަޓީ ހިމެނޭ ޓައުންތައް ހެދުމުގެ އިތުރުން ބައިނަލްއަޤުވާމީ ފެންވަރުގެ ސްކޫލްތަކާއި ހޮސްޕިޓަލްތައް ވެސް ބިނާކުރާނެ ކަމަށެވެ
22 Sep 2026
ރައީސް ޔާމީނުގެ ޝަރީއަތުގެ އަޑުއެހުން ފަސްކޮށްފި
އެ އަޑުއެހުން ކެންސަލް ކުރީ ދައުލަތުގެ ފަރާތުން މައްސަލައިގައި ހާޒިރުވާ ވަކީލުން ބަލިވެ އުޅޭ ކަމަށް ބުނެ ދައުލަތުން އެދުމުންނެވެ. ފުއްގިރި ކުއްޔަށް ދިނުމާ ގުޅޭ މި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ގަބޫލު ކުރެއްވުމާއި ފައިސާ ލޯންޑާ ކުރެއްވުމުގެ ދައުވާއެވެ.
22 Sep 2026
އދ ގެ އާންމު މަޖިލީހުގައި ބައިވެރިވުމަށް ކުރާ ދަތުރު ނަތަންޔާހޫއަށް ބޮޑު ވޭނަކަށް
މިޑިއާގެ ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާއިންވެސް ވަނީ މިފަހަރު ނަތަންޔާހޫއަށް ހާއްސަ ގޮތްތަކެއް ބެހެއްޓެން ނެތްކަމަށް ބުނެފައެވެ. ނަތަންޔާހޫ ނިއުޔޯކަށް އަންނައިރު އެ ސިޓީގެ ރައްޔިތުން އޭނާއާ ދެކޮޅަށް މުޒާހަރާ ކުރަން ނިންމުމަކީވެސް އެމެރިކާއިން މިފަހަރު ނަތަންޔާހޫ އެއްފަރާތްކުރުމުގެ އެއް ސަބަބެވެ
22 Sep 2026
އިމިގްރޭޝަނުން ތައިލެންޑް އަންހެނަކު ހައްޔަރުކުރި ގޮތް ގޯސްވެގެން އޭނާ ދޫކޮށްލަން ޖެހިއްޖެ
ރާއްޖޭގައި ހުރުމުގެ ސައްހަ ވިސާ އޮތްއިރުވެސް، އެއްވެސް ކުށަކާ ނުލައި ހައްޔަރުކޮށް، އޭނާއަށް ނޭނގޭ އިނގިރޭސި ބަހުން ތައްޔާރުކޮށްފައިވާ ބަޔާނެއްގައި އިމިގްރޭޝަނުން މަޖުބޫރުން ސޮއިކުރުވިކަމަށްވެސް އޭނާ ބުންޏެވެ. އަދި އެ ބަޔާނުގައި ސޮއިކުރުވީ ތަރުޖަމާނެއްގެ އެހީތެރިކަމެއް ނެތި، އޭނާގެ ސްޕޮންސަރަށް އެންގުމެއް ނެތި ކަމަށް އޭނާ ކޯޓަށްދިން ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
22 Sep 2026
އަބްދުއްރަހީމް ހިމެނޭހެން ޕީއެންސީގެ 16 މެންބަރަކު ޕާކިސްތާނަށް
ޕާކިސްތާނަށް ވަޑައިގަންނަވާ ކޮންގްރެސް ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ވަފުދުގައި ރައްޔިތުންގެ މަޖިލީހުގެ 16 މެންބަރަކު ބައިވެރިވެވަޑައިގަންނަވަ އެވެ.
22 Sep 2026
ނުކުޅެދުންތެރިންގެ ޙައްޤުތަކުގެ ޕްރޮޓޮކޯލްގައި ބައިވެރިވާން ނިންމައިފި
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކާ ގުޅޭ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައި، މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމަށް ރައީސް ނިންމަވައިފިއެވެ.
22 Sep 2026
ސްރީލަންކާ ރައްޔިތުންގެ އައިޑީކާޑުތައް ހެދުމަށް ބޭނުންވާ ކާޑުތައް ސަޕްލައިކުރަން ޖަރުމަނުވިލާތުގެ ކުންފުންޏަކަށް
ސްރީލަންކާގެ ރައްޔިތުންނަށް ދޫކުރާ ގައުމީ އައިޑީ ކާޑު ތައްޔާރުކުރުމަށް ބޭނުންވާ 5 މިލިއަން ޕޮލީކާބޮނޭޓް ކާޑު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިއަށްގެންދިޔަ މަޝްރޫއު، ކާމިޔާބުކޮށްފައިވަނީ ޖަރުމަނުގެ "މުލްބައުއާ އައިޑީ ސާވިސަސް އިންނެވެ
22 Sep 2026
ސަޢޫދީގެ މަތިންދާބޯޓުތަކަށް ތެޔޮއަޅައިދޭން އިނގިރޭސިވިލާތުން އެހީވަނީ
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ދެމުންދާ ހަމަލާތަކުން ސަޢޫދީ ޢަރަބިއްޔާ ދިފާޢުވުމަށް އެހީތެރިވުމުގެ ގޮތުން، އެ ޤައުމުގެ އަސްކަރީ މަތިންދާބޯޓުތަކަށް ވައިގެ ތެރޭގައި ތެޔޮއަޅައިދިނުމުގެ ލިމިޓެޑް އަސްކަރީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް އިނގިރޭސިވިލާތުން އެއްބަސްވެއްޖެއެވެ.