އަންނަ ހުކުރު ދުވަހު އިދިކޮޅުން އިހުތިޖާޖަށް ނިކުންނާނީ ރޭޕްކުރުމާއި ދެކޮޅަށް!

29 Mar 2021 | 18:41

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން ކޮންމެ ހަފުތާއެއްގެ ހުކުރު ދުވަހުގައި ބާއްވަމުންގެންދާ ސުލްޙަވެރި އިހުތިޖާޖު އަންނަ ހުކުރު ދުވަހުވެސް ބާއްވަން ހަމަޖެހިފައިވާ އިރު އަންނަ ހުކުރު ދުވަހު އިދިކޮޅުން ނިކުންނާނީ ރޭޕާއި ދެކޮޅަށް އަޑުއުފުލުމަށް ކަމަށް އިދިކޮޅު ކޯލިޝަނުން ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޯލިޝަންގެ ސްޕޯކްސް ޕަރސަން ހީނާ ވަލީދު ވިދާޅުވީ ރޭޕްކުރުމާ ދެކޮޅަށް އަންނަ ހުކުރު ދުވަހު އިހުތިޖާޖު ފަށާނީ މެންދުރު 14:30 ގައި ޕީޕީއެމްގެ އޮފީސް ދޮރުމަތިން ކަމަށެވެ.

އެގޮތުން މިހަރަކާތުގައި ވީހާވެސް ގިނަ މީހުން ބައިވެރިވުމަށް އިދިކޮޅު ކޯލިޝަންގެ ފަރާތުން ވަނީ ގޮވާލާފައެވެ.

ހީނާ ވިދާޅުވީ ރޭޕްކުރުމާ ދެކޮޅަށް އަޑު އުފުލަން ޖެހުނީ އަދުގެ ސަރުކާރަކީ ޖިންސީ ފުރައްސާރަ އާއި ރޭޕްކުުރުމާ ދެކޮޅަށް ޒީރޯޓޮލަރެންސް ދިނުމުގެ ނަމުގައި އައި ސަރުކާރަކަށް ވީނަމަވެސް އޭގެބަދަލުގައި އެފަދަ ޢަމަލުތަކަށް ސަރުކާރުގެ ތެރެއިން ހިތްވަރުދޭތަން ފެންނަމުންދާތީ ކަމަށެވެ.

Advertisement

ކޮމެންޓް

Advertisement