އިދިކޮޅު ކޯލިޝަންގެ މުޒާހަރާ މިއަދު ހަވީރު ހަތަރެއް ޖަހާއިރު!

02 Apr 2021 | 14:04

އިދިކޮޅު ޕްރޮގްރެސިވް-ކޮންގްރެސް ކޯލިޝަންގެ ފަރާތުން ކޮންމެ ހުކުރު ދުވަހަކު ބާއްވާ ސިލްސިލާ މުޒާހަރާ މިއަދު ހަވީރު ހަތަރެއްޖަހާއިރު ފެށުމަށް ތައްޔާރުވެއްޖެއެވެ.

"ރޭޕާއި ދެކޮޅަށް" ނަމުގައި ބާއްވާ މި މުޒާހަރާ ފެށޭނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު، މަޖީދީމަގާއި ސޯސަންމަގާއި ގުޅޭ ހަތަރު އަނގޮޅި ކަންމަތިންކަމަށް ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ ވިދާޅުވެފައެވެ.

މިހަރަކާތުގައި ވީހާވެސް ގިނަ މީހުން ބައިވެރިވުމަށް އިދިކޮޅު ކޯލިޝަންގެ ފަރާތުން ވަނީ ގޮވާލާފައެވެ.

ހީނާ ވިދާޅުވީ ރޭޕްކުރުމާ ދެކޮޅަށް އަޑު އުފުލަން ޖެހުނީ އަދުގެ ސަރުކާރަކީ ޖިންސީ ފުރައްސާރަ އާއި ރޭޕްކުުރުމާ ދެކޮޅަށް ޒީރޯޓޮލަރެންސް ދިނުމުގެ ނަމުގައި އައި ސަރުކާރަކަށް ވީނަމަވެސް އޭގެބަދަލުގައި އެފަދަ ޢަމަލުތަކަށް ސަރުކާރުގެ ތެރެއިން ހިތްވަރުދޭތަން ފެންނަމުންދާތީ ކަމަށެވެ.

Advertisement

ކޮމެންޓް