ކިޑްނީގެ މައްސަލަތަކުން ދުރުވުމަށް ކާންވީ ކޮންއެއްޗެއް؟

06 Apr 2021 | 16:43

ކިޑްނީގެ މައްސަލަތަައް ދިމާވުމަކީ، ދިވެހިންގެ ތެރޭގައިވެސް، އާންމުވަމުން އަންނަ ޞިއްޙީ މައްސަަލަތަކެެކެވެ.

ތިމާއަށް ނޭނގި ނަމަވެސް ކުރެވޭ ކުދި ކުދި ކަންކަމުންވެސް ކިޑްނީގެ މައްސަލަތައް ދިމާވެދާނެއެވެ. އެގޮތުން ކުޑަ ކަމުދާން ޖެހިއްޖެ ނަމަ ނުގޮސް ގިނައިރު ކުރުމާއި މާ ގިނައިން އެނާރޖީ ޑްރިންކް ބޭނުން ކުރުމަކީ ކިޑްނީގެ ޞިއްޙަތަށް އެދެވިގެންވާ ކަމެއް ނޫނެވެ.

އަދި މާ ގިނައިން ބޭހުގެ ގޮތުގައި ޕެއިން ކިލާ ބޭނުން ކުުރުމާއި ތައްޔާރީ ކާނާ ގެތެރެއިން ގިނައިން ޕޮޓެންޝިއަމް ހިމެނޭ ކާނާ ބޭނުން ކުރުމަކީ ވެސް ކިޑްނީގެ މައްސަލަތަށް ދިމާވާން މަގުފައިވާ ކަންކަމެވެ. މިފަދަ ތަކެތިން ގިނައިން ބޭނުން ކުރުމުން ދުރުވުމަކީ ކިޑްނީގެ މައްސަލަތަށް ދުރުކުރުމަށް އެޅޭ ވަރަށް ބޮޑު ފިޔަވަޅެކެވެ.

ކިޑްނީގެ މައްސަލަތަކުން ދުުރުވުމަށް ބޭނުން ކުރެވިދަނެ ބައެއް ކަންކަން:

ކްރޭންބެރީ: ކްރޭންބެރީ އަކީ ކިޑްނީގެ ދުޅަހެޔޮ ކަަމަށް އެހީތެރިވެދޭނެ މާއްދާތަކެއް އެކުލެވިގެންވާ، މީރު މޭވާއެކެވެ.

ކްރޭންބެރީގައި ގިނަ އަދަދަކަށް ވިޓަމިން ސީ، އެންޓި އޮކްސިޑެންޓް އަދި ފައިބާ ހިމެނެއެވެ. އޭގެ އިތުރުން ކޭންބެރީގަކީ ހަކުރު ހިމެނޭ މިންވަރު މަދު މޭވާ އެކެވެ. މިއީ ކިޑްނީގައި ހިމެނޭ ބެކްޓީރިއާއި ބްލެޑާރ ގެ އެތެރެއަށް ވަންނަ ބެކްޓީރިއާ މަދުކޮށްދިނުމަށް އެހީ ވެދޭ މެވާ އެއްވެސް މެއެވެ.

ކެބެޖް: ކެބެޖުގައި ވިޓަމިން ކޭ، ވިޓަމިން ސީ، ވިޓަމިން ބީ6 އަދި ފައިބާ ހިމެނޭ ތަރުކާރީ އެކެެވެ. ކިޑްނީއަށް ފައިދާ ހުރި ކާނާ ތެރޭގައި ކެބެޖް ހިމެނެނީ ކެބެޖަކީ ޕޮޓެންޝިއަމް ހިމެނޭ މިންވަރު މަދު ކަނާ އަކަށް ވުމުންނެވެ.

މަޝްރޫމް: ވިޓަމިން ޑީ ގިނަ އަަދަދަކަށް ހިމެނެ މަޝްރޫމް އަކީ ކިޑްނީގެ ބަލިތަކުން ދުރުކޮށްދިނުމަށް އެންމެ ރަނގަޅު އެއް ކަނާއެވެ.

މީގެ އިތުރުން ކިޑްނީގެ މައްސަލަތަކުން ދުރުވުމަށް ގިނައިން ފެން ބުއިމަކީ އެންމެ އިސްކަމެއް ދޭން ވާނެ އެއް ކަމެވެ.

Advertisement

ކޮމެންޓް

Advertisement