06 Apr 2021 | 23:43
މަލީޙުގެ ނަޒަރުގައި މާލޭގެ މޭޔަރުގެ ގޮނޑި ކާމިޔާބު ކުރާނީ ޕީޕީއެމްއިން، ސަބަބުތައް މިއޮތީ!

މާލެ ސިޓީގެ މޭޔަރުގެ ގޮނޑި މިފަހަރު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އިން ކާމިޔާބު ކުރާނެ ކަމަށް އޭނާއަށް ފެނިވަޑައިގަންނަވާ ސަބަބުތައް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުޙައްމަދު މަލީޙު ޖަމާލު ހާމަކުރައްވައިފިއެވެ.

މަލީޙު މި ސަބަބުތައް ހާމަކުރައްވާފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އެންމެ ފުރަތަމަ ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރައްވާފައިވަނީ، މާލެ ސިޓީ ކައުންސިލުގެ މެޖޯރިޓީ 11 އަހަރު އެމްޑީޕީއަށް ދިނުމުންވެސް ނަތީޖާއެއް ނެރެވިފައި ނުވުމެވެ.

"2.ވެރިކަމާ މަޖިލިސް ދިނީމަ ބަހަނާ ދައްކާތީ" އޭނާގެ ޓްވީޓުގައިވެއެވެ.

މީގެ އިތުރުން، އެމްޑީޕީގެ ކެންޑިޑޭޓުން "ވިއްކަން" މިފަހަރު އުނދަގޫވާނެކަމަށް ވިދާޅުވެ، އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިޚާބަކީ އެމްޑީޕީގެ އާންމު މެންބަރުން އެޕާޓީގެ ލީޑަރޝިޕު ހޭލައްވާލާނެ އިންތިޚާބެއް ކަމަށްވެސް މަލީޙު ވިދާޅުވިއެވެ.

މިމަހުގެ 10 ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ އަނަސް ޢަބްދުއްސައްތާރެވެ. އަދި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވަނީ، ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުޙައްމަދު މުޢިއްޒުއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ
08 Sep 2026
ފިޒިއޮތެރަޕީގެ ދާއިރާ ކުރިއެރުވުމަށް އެމްއެންޔޫ އާއި އެމްޕީއޭ ދެމެދު އެމްއޯޔޫއެއް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ފިޒިއޮތެރަޕީ އެސޯސިއޭޝަން (އެމްޕީއޭ) އާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާ ގުޅުވައިގެން، މިއަދުއެވެ.
08 Sep 2026
ޖަމާލުއްދީން ސްކޫލުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް ބާއްވައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން، ޖަމާލުއްދީން ސްކޫލުގެ ގްރޭޑް 8 ގައި ތަޢުލީމު ޙާޞިލުކުރަމުންދާ ގާތްގަނޑަކަށް 300 އެއްހާ ދަރިވަރުންނަށް ޚާއްޞަކޮށްގެން ކެރިއަރ ގައިޑެންސް ސެޝަނެއް ބާއްވައިފިއެވެ.
08 Sep 2026
ހޫނުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އިހްސާސް ކުރެވޭ ހޫނުމިން އިންތިހާއަށް މަތިވަމުންދާތީ، ހޫނުގެ ސަބަބުން ސިއްޙަތަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.