08 Apr 2021 | 00:25
އާޒިމް ވިދާޅުވަނީ އެމްޑީޕީއަށް ޖެހިފައިވަނީ 37 އަހަރުން ނުވި ކަންކަމުގެ އުނދަގޫ ކަމަށް

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއަށް ވެރިކަން ލިބުމުން އެޕާޓީއަށް ކުރަން ޖެހުނީ 37 އަހަރުގެ ތެރޭގައި ސަރުކާރުތަކަށް ނުކުރެވި ހުރި މަސައްކަތް ކަމަށް އެޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން، މިއަދު ހަވީރު ބޭއްވި ހަރަކާތެއްގައި ބައިވެރިވެވަޑައިގެން އާޒިމް ވިދާޅުވީ، ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގެ 30 އަހަރާއި، ބަޣާވާތުން ހޯދި ވެރިކަމުގެ ދެއަހަރާއި، ސުޕްރީމް ކޯޓުން ވަގަށް ނެގި ފަސް އަހަރުގެ ތެރޭގައި ރައްޔިތުންނަށް ކޮށްނުދެވި ހުރި ކަންކަން އެމްޑީޕީއަށް ކުރަން ޖެހިފައިވާ ކަމަށެވެ. ބަޣާވާތުގެ ދެއަހަރުގެ ގޮތުގައި އޭނާ ސިފަކުރެއްވީ، ރައީސް މުޙައްމަދު ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމުން، އޭރުގެ ނާއިބު ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކު ވެރިކަން ކުރެއްވި ދެއަހަރެވެ. އަދި ސުޕްރީމް ކޯޓުން "ވަގަށް ނެގި" ފަސް އަހަރު ކަމަށް އޭނާ ވިދާޅުވީ، ޕީޕީއެމްގެ ރައީސް، ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރެވެ.

"37 އަހަރު ނުވި ކަންކަމުގެ ހުރިހާ އުނދަގުލެއް އަޅުގަނޑުމެންނާ ހަމައަށް މިއަދު ވަނީ އައިސްފައި" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވި ގޮތުގައި، 2008 ވަނަ އަހަރު އެމްޑީޕީން ވެރިކަން ކުރި ތިން އަހަރާއި، މިހާރު ކުރަމުންދާ ވެރިކަމުގެ ދެއަހަރުގެ ތެރޭގައި ރައްޔިތުންނަށް ކަމެއް ނުކޮށްދެވޭ ކަމަށް ބުނެ، އެ ރައްޔިތުން ކަންބޮޑު ނުވާ ކަމަށެވެ. ރައްޔިތުން ކަންބޮޑުވަނީ ދިގު 37 އަހަރުގައި ކަމެއް ކޮށްދެވިފައި ނެތުމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

" ވޯޓެއް ނުލާނަމޭ ކިޔައިގެން އުޅޭނެކަމެއް ނެތް. ވޯޓު ލިއްޔާ ކޮންކަމެއްހޭ ވާނީ؟ ވާ ކަންތައް އަޅުގަނޑުމެންނަށް އެބަ ފެނޭ" އާޒިމް ވިދާޅުވިއެވެ.

މާލެ ސިޓީގެ ރައްޔިތުންނާއި މުޚާތަބު ކުރައްވައި އާޒިމް ވިދާޅުވީ މާލެއަށް ދެންވެސް ކަމެއް ކޮށްދޭނީ އެމްޑީޕީ ކަމަށެވެ. އެގޮތުން މާލޭގެ ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަވެސް ޙައްލު ކޮށްދޭނީ އެމްޑީޕީން ކަމަށް އޭނާ ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.