17 Dec 2018 | 00:05
ރައީސް ޔާމީންގެ ދިފާއުގައި ޖޭޕީ މެންބަރުން ނިކުތުމަކީ މުޅިން ގޯސްކަމެއް، މިމައްސަލަ ބަލާނަން - އަބްދުﷲ ރިޔާޒް

ކުރީގެ ރައީސް ޔާމީންގެ ދިފާއުގައި ޖުމްހޫރީ ޕާޓީގެ ޕާލިމެންޓް މެންބަރުން ނިކުންނެވި ނިކުންނެވުން އެޕާޓީން ވަރަށް ބޮޑަށް ކުށްވެރިކޮށްފިއެވެ.

މިކަން ކުއްވެރިކުރައްވައި ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަބްދުﷲ ރިޔާޒް ވިދާޅުވިގޮތުގައި އެފަދަ އެއްވުމެއްގައި ބައިވެރިވުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނޭކަމެއް ނޫންކަމަށާއި އެކަން ކުއްވެރިކުރައްވާކަމަށެވެ.

އަދި ކޮންމެ ޕާޓީއެއްގައި އޮންނަ އުސޫލްތަކަށް އާންމު މެންބަރުން ތަބާވާންޖެހެނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިއްޔެގެ ޕީޕީއެމްގެ އެއްވުމުގައި ބައިވެރިވި މެންބަރުންގެ މައްސަލަ ބައްލަވާނެކަމަށް ވެސް ރިޔާޒް ވިދާޅުވިއެވެ.

މިމައްސަލަ މިހާރު ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ސަމާލުމަށްވެސް ގެންނަވާފައިވާކަމަށާއި، ޤާސިމް ވަނީ އެކަމާ ގުޅިގެން އެ މެންބަރުންނާއި ސުވާލު ކުރައްވާފައިކަމަށް އަބްދުﷲ ރިޔާޒް ވިދާޅުވިއެވެ.

ޔާމީންގެ ދިފާއުގައި އިއްޔެ ނިކުތް ޖޭޕީގެ މެމްބަރުންނަކީ ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު އާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފުގެ އިތުރުން ގުރައިދޫ ދާއިރާގެ މެމްބަރު ހުސެއިން މަނިކު ދޮންމަނިކުއެވެ.

"އެކަން ބަލާނެ. އެކަމަށް އަޅަންޖެހޭ ފިޔަވަޅު އަޅާނެކަން އަޅުގަނޑަށް ޔަގީން. އެއްވެސް ހާލެއްގައި ޖުމްހޫރީ ޕާޓީގެ މެމްބަރަކު ވެސް އަދި މަޖިލިސް މެމްބަރަކު ވެސް ޕާޓީގެ އާއްމު އުސޫލުތަކާ ހިލާފަށް އެއްވެސް ކަމެއް ކޮށްގެން ނުވާނެ. އަދި އަމުދުން ކޯލިޝަން ސަރުކާރެއްގައި، ސަރުކާރުން ކުރާ ކަންތައްތަކަށް އެހީތެރިވާ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ތިބެންޖެހޭނީ. އިދިކޮޅަކަށް ނުދެވޭނެ" ރިޔާޒު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Jun 2026
ފްލައިނާސްގެ ދަތުރުތައް ވީއައިއޭއަށް އަލުން ފަށައިފި
މިއަދު ފެށުނު ދަތުރުތަކުގެ ދަށުން ސައުދީގެ ރިޔާދުގައި އޮންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓާއި ރާއްޖެއާ ދެމެދު ކޮންމެ ހަފުތާއަކު ތިން ދަތުރު ކުރުމަށް ހަމަޖެހިފައިވާކަމަށެވެ
20 Jun 2026
ފެނަކައިން ވަކިވާން އެދުނު މުއައްޒަފުންގެ އަދަދު 97 ގައި
އަމިއްލައަށް ވަކިވާން ބޭނުންވާ މުއައްޒަފުންނަށް ފެނަކައިން ފުރުސަތު ދީފައިވަނީ އިނާޔަތަކާއެކުގައެވެ
20 Jun 2026
މިއަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް ހޫނު މަރުހަބާއެއް
މިހިނގާ ޖޫންމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ، 1,011,473 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ
20 Jun 2026
އެމްޑީޕީގެ ދާއިމީ ކޮމިޓީތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
އެމްޑީޕީގެ ކޮމިޓީތަކުގައި މަސައްކަތްކުރުމަށް ބޭނުންވާ މެމްބަރުންނަށް އެ ފުރުސަތު ހުޅުވާލާފައިވަނީ، ޖޫންމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށެވެ
20 Jun 2026
ހުޅުމާލެ ފޭސް ދޭއްގެ ފިހާރައަކަށް ވަދެ ވަޅިއަކުން ބިރުދެއްކި މައްސަލައެއް
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ
20 Jun 2026
ކަނޑުތަކާ ބެހޭ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ މޫދު ހަރަކާތްތައް ފަށައިފި
ހުޅުމާލޭ ދިރާގު ބީޗު ސަރަޙައްދުގައި 'އޯޝަން ފެސްޓިވަލް' ގެ ނަމުގައި ފެށި މި ހަރަކާތްމިއަދު ހަވީރު 17:30 ގެ ނިޔަލަށް ކުރިއަށްދާނެއެވެ
20 Jun 2026
ކުޅިވަރާ ބެހޭ ވުޒާރާއިން ވަރލްޑްކަޕް ރަސްމީ މެޗް ބޯޅައެއް އުއްޗުއަށް ހަދިޔާކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޮއިކުރައްވާފައިވާ ބޯޅައެއް ކުޅިވަރު ވުޒާރާގެ ފަރާތުން އުއްޗުއަށް ހަދިޔާކުރެއްވިއިރު، ދާދި ފަހު އެ ވުޒާރާއިން ވަނީ ރާއްޖޭގެ ފުޓްބޯޅައިގެ ލެޖެންޑުންނަށްވެސް ބޯޅަތަކެއް ހަދިޔާކޮށްފައެވެ
20 Jun 2026
ފަރުމަހުގެ މަސްވެރިކަމުގެ މުބާރާތުން އެއްވަނަ ތުޅާދޫއަށް
ވަގުތު ހަމަވިއިރު ދޮން އިސްމާއީލްގެ ޓީމުން ވަނީ 214 ކިލޯގެ މަސް ބާނާފައެވެ