މިއަދު ރޯދަ ވީއްލަން މެގްނަމް ޕުޑިން ހަދަމާ، މިއޮތީ ރެސިޕީ!

19 Apr 2021 | 12:30

މީރު ފޮނިކާއެއްޗެއް ތައްޔާރު ކުރުމަކީ، ރޯދަ ވީއްލުމެއް ތައްޔާރު ކުރާނަމަ، ވަރަށް މުހިންމު ކަމެކެވެ. މިއަދު ވޮއިސްގެ ކިޔުންތެރިންނަށް މިގެެނެސްދެނީ "މެގްނަމް ޕުޑިން" ތައްޔާރު ކުރާނެ ގޮތެވެ. މިއީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވިދާނެ، ވަރަށް މީރު އެއްޗެކެވެ.

ބޭނުންވާ ތަކެތި:

ގެރިކިރު ދަޅެއް

އެއް ޕެކެޓު މާރީ ބިސްކޯދު

އެއް ސަމުސާ ބަޓަރު

ހަތަރު ސަމުސާ ކޯން ފްލަރ (ޒުވާރި ފުށް)

އެފް ޕެކެޓު ކިރު (ފުލް ކްރީމް މިލްކް)

އެއް ވައިޓް ޗޮކްލެޓް (ޓޮބްލެރޯން ވެސް ވަރަށް ރަނގަޅުވާނެ)

ތައްޔާރު ކުރާނެ ގޮތް.

އެންމެ ފުރަތަމަ ބިސް، ގެރިކިރު، ބަޓަރ އަދި ކޯން ފްލަރ މިކްސަރަކަށް އަޅާ ރަނގަޅަށް ގިރާލާށެވެ.

ދެން ތެއްޔަކަށް މިލްކު ޕެކެޓު އެޅުމަށްފަހު ހޫނު ކޮށްލާށެވެ. ހޫނުވުމުން ކުރިން ގިރި ފުށްކޮޅު ތެއްޔަށް އެޅުމަށްފަހު މަޑުމަޑުން އެއްކުރަމުން ގެންދާށެވެ. ރަނގަޅަށް އޮލަވާން ފެށުމުން ޓްރޭއެއްގެ ތެރޭގައި މާރީ ބިސްކޯދުތައް ފަތުރާލާށެވެ.

އޭގެ މައްޗަށް ގިރާލި ބައި އަޅާލާށެވެ. ދެން އަނެއްކާވެސް އޭގެ މަތީގައި ބިސްކޯދު ފެތުރުމަށްފަހު، އަދި އެއް ލޭޔަރއަށް އަޅާށެވެ. އޭގެ މައްޗަށް ވައިޓް ޗޮކޮލެޓު ގާނާފައި އަޅާލާށެވެ. މެގްނަމް ޕުޑިން އެންމެ މީރު ވާނީ ފިނިކޮށްގެން ކާށެވެ. 

Advertisement

ކޮމެންޓް

Advertisement