19 Dec 2018 | 09:51
އަބުރުގެ ގާނޫނެއް ގެނެސްފާނެކަމުގެ އިޝާރާތެއް ގާސިމް ދެއްވައިފި

އަބްދުﷲ ޔާމީންގެ ވެރިކަމަށްފަހު އިބްރާހިމް މުހައްމަދު ސާލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ފާސްކޮށް ރައީސް ތަސްދީގު ކުރެއްވި ގާނޫނަނީ އަބުރު ރައްކާތެރިކުރުމާއިބެހޭގޮތުން 2016 ވަނަ އަހަރުގެ އޯގަސްޓްމަހުގެ 8 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސް ޔާމީންގެ ވެރިކަމުގައި އަމަލުކުރަމުންދިޔަ ގާނޫނެވެ. 

އެގާނޫން އުވާލަމުން ރައީސް ސޯލިހް ވިދާޅުވެފައިވަނީ އެގާނޫނުން ރާއްޖޭގެ ނޫސްވެރިކަން މަރާލާފައިވާކަމަށެވެ. އެމަނިކުފާނުގެ ސަރުކާރެއްގައި އެފަދަ ކަސްތޮޅުތަކެއް ނޫސްވެރިންގެ ގައިގައި ނާޅުއްވާނެކަމަށް ޕްރޮމިސްކުރައްވައި ޑިސެމްބަރ މަހުގެ 12 ވަނަ ދުވަހުގެރޭ ނޫސްވެރިކަމަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވާފައިވެއެވެ. ރައީސް ސާލިހް އެހަފްލާގައި ވިދާޅުވި ވަރަށް ފާހަގަކުރެވޭ ވާހަކަކޮޅެއް އޮވެއެވެ.

" ނޫސްވެރިކަމެއް ނެތި ސަރުކާރެއް އޮތުމަށް ވުރެ، ސަރުކާރަކާ ނުލައި ނޫސްވެރިކަން އޮތުން ވެސް މާ މުހިންމު"

އަބުރުގެ ގާނޫން އުވައިލުމަކީ ރިޔާސީ ވައުދެއްވެސް މެއެވެ. ކޮންމެއަކަސް އެ ގާނޫން އުވައިލީއެވެ. އެގާނޫން އޮތް އިރުވެސް ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި މީހުންގެ އަބުރާއި ނޫސްވެރިން ބެހުން މަދެއްނޫނެވެ.

އަބުރާއިބެހުމުގެ ކަންކަން އެއްދުވަހުން އަނެއްދުވަހަށް ބޮޑުވަމުންދާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ އިންޒާރެއް ދެއްވީތާއެވެ.

ޖޭޕީގެ މައިއޮފީސް ކުނޫޒްގައި ޑިސެމްބަރ 17 ވަނަ ދުވަހުގެ ރޭ ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވެފައިވަނީ އިސްލާމްދީނަށް ގޮންޖަހައި ފުރައްސާރަކޮށް މީހުންގެ އަބުރަށް އަރައިގަތުމަށް ޖާގަނުދެވޭނެކަމަށާއި އެކަން ހުއްޓުވަން އަބުރުގެ ގާނޫނެއް ގެންނަންޖެހިއްޖެނަމަ އެގާނޫންވެސް ވުޖޫދު ކުރާނެކަމަށެވެ.

" އެއްވެސްކަމެއް އިންސާފެއް މިނެއް ހަމައެއްނެތި ހިންގުމަކީ ޖަނަވާރުންގެ އުސޫލު. އެއީ މިނިވަންކަމެއްނޫން. އެފަދަ ފަނާކުރަނިވި ނިންމުންތަކަށް ދިވެހިން ބޯނުލަބާނެ. ހިތަށް އެރިހާގޮތަކަށް މީހުންގެ އަބުރަށް އަރައިގަތުން އިސްލާމްދީން މަނާކުރޭ. ހަމައެހެން އެއީ ގާނޫން އަސާސީގައިވެސް ހުއްދަކުރާކަމެއްނޫން"

އެހެންކަމުން އަބުރުގެ ގާނޫން އުވިދިޔަނަމަވެސް އެގާނޫން އަންނަންވީ ވަގުތުޖެހުމުން އެގާނޫން އަންނާނެކަމަށް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Jul 2026
ސައުދީއަށް އަމާޒުކޮށް ދިން މިސައިލް ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި
ދިވެހި ހާރިޖިއްޔާ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ސައުދީއަށް ދޭންފެށި މިސައިލް ހަމަލާތަކަކީ އެޤައުމުގެ އިސްތިގުލާލާއި ސަރަހައްދީ ނިންމެވުންތަކަށް އަރައިގަތުމުގެ ގޮތުން ހިންގާފައިވާ އަމަލުތަކެއްގެ ގޮތުގައި ރާއްޖެއިން ދެކޭކަމަށެވެ.
14 Jul 2026
އަމްރިތާ ހޮސްޕިޓަލާއެކު އެއްބަސްވުން އާ ކުރުމުގެ މަސައްކަތް ދަނީ ކުރިއަށް
އާސަންދައިން ބުނީ، އަލުން ބަލިމީހުން ފޮނުވޭނެ ސީދާ ތާރީހެއް އަދި ކަނޑަނޭޅުނު ނަމަވެސް އެގްރީމެންޓް އާކުރުމުގެ މުއާމަލާތްތައް ކުރިއަށްދާކަމަށެވެ.
14 Jul 2026
އެލްޖީއޭގެ ބޯޑު މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާއްމުކުރި އިއުލާނެއްގައި ބުނީ، އެލްޖީއޭ ބޮޑުގެ ތިން މެމްބަރެއްގެ ދައުރު ހަމަވާތީވެ، އެކަމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށެވެ.
14 Jul 2026
ދިރާގު ސްޓޯލުން ހާއްސަ އިނާމުތައް
މޯލްޑިވްސް ފުޑް ކާނިވަލް 2026ގެ ދިރާގު ސްޓޯލުން ހިލޭ ގޭމިންގ ހަރަކާތާއި ޑޭޓާ އަދި ކޭޝްބެކް ފަދަ އިނާމުތައް ލިބޭ ލަކީ ޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވެއެވެ.
14 Jul 2026
ޖަލުތަކުގެ ކަންކަން ވަރުގަދަކުރަން 22 ދުވަހުގެ އޮޕަރޭޝަނެއް، ބުނީ ކާމިޔާބު ކަމަށް
މިދިޔަ ޖޫން މަހުގެ 22 އިން ފެށިގެން މި ޖުލައި މަހުގެ 13 އާ ހަމައަށް ހަތަރު ބުރަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި އޮޕަރޭޝަން ހިންގާފައިވަނީ މާލެ، ހުޅުމާލެ، ކ. މާފުށި އަދި ކ. ހިންމަފުށީގަ އެވެ.
14 Jul 2026
ކަންނެލި ފެކްޓްރީގެ މަސައްކަތް 18 މަސްދުވަހުން ނިމޭނެ
ޝިޔާމް ވިދާޅުވީ، ހުޅުމާލޭގައި 100 މެޓްރިކް ޓަނުގެ ކަންނެލި ބަންދު ކުރެވޭ ފެކްޓްރީއެއް ގާއިމް ކުރުމަށް މިދިޔަ ހަފްތާގައި ބަޔަކާ ހަވާލުކޮށްފައިވާ ކަމަށެވެ.
14 Jul 2026
މީޑިއާ ވިލޭޖުގެ މަސައްކަތް ނިމުމަކާ ގާތަށް
މެންހެޓަން ގްރޭންޑް ހޮޓެލްގެ ގްރައުންޑް ފްލޯގައި ތަރައްޤީކުރާ މީޑިއާ ވިލޭޖުގެ ފިނިޝިންގެ މަސައްކަތް ކުރިއަށްދާއިރު، މިމަހުގެ ނިޔަލަށް މަޝްރޫޢު ނިންމާލެވޭނެ ކަމަށް ބެލެވެއެވެ.
14 Jul 2026
ހާލަންޑްގެ ރެކޫނު ސޯޝަލް މީޑިއާގައި
ވޯލްޑް ކަޕުން ގައުމަށް ދިޔަ ނޯވޭގެ ފޯވަޑް އާލިން ހާލަންޑް 750 ޑޮލަރުގެ ޓެކްސިޑަރމީ ރެކޫނެއް ހިފައިގެން އައުމުން އެކަން ސޯޝަލް މީޑިއާގައި ބޮޑު ވާހަކައަކަށްވެއްޖެއެވެ.