ކޮވިޑް-19އަށް މިއަދު ޕޮޒިޓިވްވީ 162 މީހުން!

20 Apr 2021 | 23:07

ދިވެހިރާއްޖެއިން އިތުރު 162 މީހަކު ކޮވިޑް-19 ޕޮޒިޓިވްވެއްޖެއެވެ.

އެޗް.ޕީ.އޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 162 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 76 މީހަކާއި، ރަށްރަށުން ޕޮޒިޓިވްވި 68 މީހަކާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 14 މީހަކާއި އަދި  ސިނާޢީ މަސައްކަތްކުރާ ސަރަޙައްދުތަކުން ޕޮޒިޓިވްވި ހަތަރު މީހަކު ހިމެނެއެވެ.

މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 26،667 އަށް އަރާފައެވެ. މީގެ ތެރެއިން 74 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 23،808 އަށް އަރާފައެވެ.

Advertisement

ކޮމެންޓް