21 Apr 2021 | 12:01
އިނގިރޭސި ކްލަބްތަކުން ޔޫރަޕިއަން ސުޕަރ ލީގުން ވަކިވާން ނިންމައިފި

ޔޫރަޕްގެ ފުޓްބޯޅައިގެ ދުނިޔޭގެ ނުފޫޒުގަދަ ފަރާތްތަކަކުން އިސްވެ އޮވެ ފެށުމަށް ރާވަމުންދިޔަ ޔޫރަޕިއަން ސުޕަރ ލީގްގައި ބައިވެރިވާން ނިންމި އިނގިރޭސިވިލާތުގެ ހުރިހާ ކްލަބްތަކަކުންވެސް އެ މުބާރާތުން ވަކިވާން ނިންމައިފިއެވެ.

ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްގެ ޗެއާމަންކަމުގައި ހިންގަން ރޭވި މި ލީގްގެ ވާހަކަ ކްލަބްތަކުން ރަސްމީކޮށް އިޢުލާންކުރުމުން ފުޓްބޯޅައިގެ ފޭނުންނާއި ފީފާ އަދި ޔުއެފާ ފަދަ ފުޓްބޯޅައިގެ ޖަމާޢަތްތަކުންވެސް ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އެގޮތުން ޔުއެފާ އަދި ފީފާއިން ވަނީ މި ލީގްގައި ބައިވެރިވާ ކްލަބްތަކާއި ކުޅުންތެރިންނަށް، އެހެނިހެން މުބާރާތްތަކުގައި ބައިވެރިނުވެވޭނެފަދަ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމަށް ބުނެ އިންޒާރުވެސް ދީފައެވެ.

މި ލީގާއި ދެކޮޅަށް ޔުއެފާގެ ރައީސް އެލެކްސަންޑަރ ސެފްރިން ވަނީ ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ވާހަކަ ދައްކަވާފައެވެ. އެގޮތުން މިހާ ކައިރީގައި "ހަރުފަތަކެއް" އުޅޭކަން ނޭނގޭކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޔޫރަޕިއަން ސުޕަރ ލީގާއި މެދު ސަޕޯޓަރުންގެ މެދުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އޭގެ ފޯމެޓެވެ. މިގޮތުން ޖުމްލަ 20 ޓީމު ހިމެނިގެން ކުޅޭ މި ލީގް އުފެއްދުމުގައި އުޅޭ 15 ޓީމު ދުވަހަކުވެސް ރެލިގޭޓް ނުވުމަކީ ހަމަޖެހޭ އުސޫލެއް ނޫންކަމަށް ގިނަބަޔަކު ވަނީ ބުނެފައެވެ. މި ލީގާއި މެދު ފުޓްބޯޅައަށް ލޯބިކުރާ ދުނިޔޭގެ ގިނަބަޔަކު ނުރުހުން ފާޅުކުރަމުންދާއިރު، އޭގެ ތެރޭގައި ވަކިން ޚާއްޞަކޮށް ލީގްގައި ބައިވެރިވި އިނގިރޭސިވިލާތުގެ ކްލަބްތަކުގެ ސަޕޯޓަރުންވެސް ހިމެނެއެވެ.

އެގޮތުން މި ކްލަބްތަކުގެ ސަޕޯޓަރުންވަނީ މީސް މީޑިޔާގައި ނުރުހުން ފާޅުކުރުމުގެ އިތުރުން، ސްޓޭޑިއަމްތަކުގެ ބޭރުގައިވެސް ބެނާ ދަމައި ޝުޢޫރު ފާޅުކޮށްފައެވެ. މިއާއި އެކު އެ ހުރިހާ ކްލަބަކުން ވަނީ އާޚިރުގައި ޔޫރަޕިއަން ސުޕަރ ލީގުން ވަކިވާން ނިންމާފައެވެ. އެއީ އާސެނަލް، މެންޗެސްޓަރ ޔުނައިޓެޑް، މެންޗެސްޓަރ ސިޓީ، ޗެލްސީ އަދި ޓޮޓެންހަމް ހޮޓްސްޕަރގެ އިތުރުން ލިވަޕޫލެވެ.

މިއާއި އެކު ދެން ސުޕަރ ލީގްގައި ތިބޭނީ ސްޕެއިން އަދި އިޓަލީން ބައިވެރިވި ޓީމުތަކެވެ. މިއާއި އެކު މި ލީގްގެ ޚިޔާލު ވަގުތީ ގޮތުން ސަސްޕެންޑްކުރެވި، އެ ޕްރޮޖެކްޓަށް ބަދަލުތަކެއް ގެންނާނެކަމަށް މިހާރު ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.