27 Apr 2021 | 13:16
މިއަދުގެ ރެސިޕީ: ވެނީލާ ސްޕޮންޖް ކޭކު

މިއަދު "ވޮއިސް"ގެ ކިޔުންތެރިންނާއި މި ހިއްސާ ކޮށްލަނީ، ވެނީލާ ސްޕޮންޖް ކޭކު އަޅާނެ ގޮތެވެ. މިއީ ނިކަން އާދައިގެ ސްޕޮންޖް ކޭކް ރެސިޕީއެކެވެ. މިއަށް ބަޓަރު އަޅާކަށް ނުޖެހޭނެއެވެ.

މި ކޭކު ސައިތަށްޓަކާއި އެކު ހުހާ ކާލަންވެސް ވަރަށް މީރު ވާނެއެވެ.


ބޭނުންވާ ތަކެތި:

1 ޖޯޑު ފުށް

½ 2 ސައިސަމުސާ ބޭކިންގް ޕައުޑަރ

¼ ސައިސަމުސާ ލޮނު

2 ބިސް

¾ ޖޯޑު ހަކުރު

½ ޖޯޑު ތެޔޮ

1/3 ޖޯޑު ކިރު

2 ސައިސަމުސާ ވެނީލާ އެސެންސް


ހަދާނެ ގޮތް:

1. 180 ޑިގްރީސް ސެލްސިއަސް އަށް އަވަން ހޫނު ކުރަން ޖައްސާށެވެ. އެންމެ މަދުވެގެން، ކޭކު ފިހަން އަވަނަށް ލުމުގެ 10 މިނެޓު ކުރިން ހޫނު ކުރަން ޖައްސަން ވާނެއެވެ.

2. ½ 7 އިންޗި ޑަޔަމީޓަރުގައި ހުރި ވަށް ކޭކު ފިހާ ތަބަކެއްގެ ފުލުގައާއި އަރިމަތި ތަކުގައި 2 ސައިސަމުސަލެއްހާ ތެޔޮ އުނގުޅާލާށެވެ. ދެން އުނގުޅާފައި ހުރި ތެޔޮތަކުގެ މައްޗަށް މޭޒުމަތީ ސަމުސަލެއްހާ ފުށް ބުރުއްސާލާށެވެ.

3. ފުށާއި، ބޭކިންގް ޕައުޑަރާއި ލޮނު ބޯތަށްޓެއްގެ ތެރެއަށް ފުރާނާލާފައި އެހަށް ބަހައްޓާށެވެ.

4. ދެން ބިހާއި ހަކުރާއި ތެޔޮ އެއްކުރާށެވެ. އެއްކުރާނީ ރަނގަޅަށް އެއްވެ، ކުލަ ކޮންމެވެސް ވަރަކަށް އަލިވެ، އޮލަކަމެއް އެއަށް އަންނަން ދެނެވެ. ޖޫސް ގިރާ މިކްސަރު ބޭނުން ކުރާ ނަމަ މަޑު ދުވެލީގައި 2 މިނެޓު އެއްކޮށްލީމާ ރަނގަޅުވާނެއެވެ.

5. ޖޫސް ގިރާ އެތީގައި ބިސްތައް ގިރި ނަމަ އެހެން ބޯތަށްޓަކަށް މިކްސަރުގައި ހުރި އެއްޗެހި އޮއްސާލާށެވެ.

6. ގިރާފައި ހުރި ބިސްތަކުގެ ތެރެއަށް ފުށް އެތިން 4 މޭޒުމަތީ ސަމުސާ ވަރުގެ އެތިކޮޅެއް އަޅާ އެއްކޮށްލާށެވެ. މިކަމަށް ސަމުސަލެއް ބޭނުން ކުރެވިދާނެއެވެ.

7. ދެން 2 މޭޒުމަތީ ސަމުސާ ވަރުގެ ކިރުކޮޅެއް އަޅާލާފައި އަނެއްކާވެސް އެއްކޮށްލާށެވެ.

8. މިގޮތަށް 6 އަދި 7 ގައި ބުނެފައިވާ ގޮތަށް ފުށާއި ކިރު އަޅައި އެއްކުރަމުން އެތަކެތި ހުސްކޮށްލާށެވެ.

9. ވެނީލާ އެސެންސް އަޅައި އެއްކޮށްލާށެވެ.

10. ކުރިން ތައްޔާރު ކުރި ތަބަކުގެ ތެރެއަށް އެއްކުރި ސާމާނު އޮއްސާލާށެވެ.

11. ހޫނު ކުރަން ޖެއްސި އަވަނުގެ މެދު ރެކުގައި ތަބައް ބައިންދައިގެން ފިހާށެވެ. ފިހާނީ މައްޗަށް ރަން މުށި ކުލަ އަރައި މެދަށް ދަތްކޮއްޓިއެއް ހަރާލާފައި ނަގާއިރު އޭގައި އެއްވެސް އެއްޗެއް ހަރުނުލާ ހުންނާނެ ވަރަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
19 Sep 2026
އެސްޓަންވިލާ އަތުން ސްޕާސް ބަލިވެއްޖެ
ރޮބާޓޯ ޑި ޒާބީގެ އިރުޝާދުގެ ދަށުން ބޮޑު ހޭދައެއްކޮށްގެން ބިނާކޮށްފައިވާ ސްޕާސް ޓީމު ބަލިވީ، އެސްޓަންވިލާގެ ޖޯހަން މަންޒަމްމީ، ނިކޮލަސް ޖެކްސަން އަދި އެމީ ބުއެންޑިއާ ކާމިޔާބުކޮށްދިން ލަނޑުތަކުންނެވެ
19 Sep 2026
ސަރުކާރުން ޓީބިލަށް ފައިސާ ދެއްކުމާ އެ ބޭންކާ ގުޅުމެއް ނެތް
ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުން ޓީބިލްގެ ދަރަނި އަދާކުރުމުގައި ބޭންކުގެ ކަސްޓަމަރުންގެ ޑިޕޮސިޓް އަދި ބޭންކުގެ އަމިއްލަ އެއްވެސް ވަސީލަތެއް ވެސް ބޭނުންކޮށްފައި ނުވާކަމަށެވެ.
19 Sep 2026
ޕްލާސްޓިކް ހޮޅި 2031 އާ ހަމައަށް އެތެރެކުރުން ހުއްދަކޮށްފި
މި ބަދަލު ގެންނެވީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ މަޝްވަރާގެ މަތީންނެވެ. މި ޤަރާރުގެ ދަށުން ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުން މަނާވާ ތާރީޚު މިހާރު ވަނީ 2031 ވަނަ އަހަރުގެ ޖޫން މަހުގެ އެއް ވަނަ ދުވަހަށް ފަސްކޮށްފައެވެ.
19 Sep 2026
ރަޝިއާއިން ހަމަލާއެއް ދީފާނެކަމުގެ ބިރު ބޮޑުވެ ޔޫރަޕް ދިފާޢީ ތައްޔާރީތައް ވަރުގަދަކޮށްފި
ޕޮލެންޑުގެ ބޮޑުވަޒީރު ޑޮނަލްޑް ޓަސްކް ބުރާސްފަތި ދުވަހު އިންޒާރު ދީފައިވަނީ ޔޫކްރެއިނަށް ތާއީދުކުރާ ނޭޓޯ ޤައުމުތަކުގެ ސަރަޙައްދަށް ކުރިއަށް އޮތް މަދު މަސްތަކެއްގެ ތެރޭގައި މޮސްކޯއިން ޑްރޯން ނުވަތަ މިސައިލް ފޮނުވައިފާނެ ކަމަށެވެ.
19 Sep 2026
އަމީނީ މަގު ސެގްމެންޓް އެކެއްގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފި
ފާއިތުވި ހަފުތާގެ ތެރޭގައި ތާރު އެޅުން ރޭވިފައި އޮތް ނަމަވެސް، ތާރުއެޅުމުގެ މަސައްކަތް ލަސްވީ މޫސުން ގޯސްވެ ވާރޭ ވެހުމާ ގުޅިގެން ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އެހެންކަމުން މޫސުން ރަނގަޅުވުމާއެކު އަމީނީމަގުގައި ތާރު އެޅުމުގެ މަސައްކަތް މިއަދު ހެނދުނު ކުރިއަށްގެންގޮސްފައިވާކަމަށް އެ ކުންފުނިން ބުންޏެވެ
19 Sep 2026
ބާބުލް މަންދަބު ކަނޑުއޮޅިއަށް އިޓަލީން މަނަވަރެއް ފޮނުވަނީ
ބާބުލް މަންދަބު ކަނޑުއޮޅީގައި ނުރައްކާ ބޮޑުވާތީ އިޓަލީވިލާތުގެ ވިޔަފާރި އުޅަނދުތައް ހިމާޔަތްކުރަން ކަނޑުގެ އަސްކަރީ އޮޕަރޭޝަނެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އިޓަލީން ވަނީ ބުނެފައި
19 Sep 2026
ޕީއެންސީ ޓޫރިޒަމް ކޮމިޓީގެ ރައީސާކަމުގެ މަގާމަށް އަލައިކާ
އަލައިކާ އަކީ މިހާރުވެސް ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެވެ
19 Sep 2026
ވަޠަނީ ޚިދުމަތުގެ ތިންވަނަ ބެޗުން 341 ޒުވާނުން ތަމްރީނު ފުރިހަމަކޮށްފި
ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތު ބާއްވާފައިވަނީ އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައެވެ. ދަސްވެނިވި ދަރިވަރުންނަށް އަޒުމް ލައިދިނުމާ އެކު ޝަރަފުގެ ހިނގާލުންވެސް އެ ރަސްމިއްޔާތުގައި ކުރިއަށް ގެންގޮސްފައިވެއެވެ.