ވިހެއުމަށްފަހު ބަރުދަން އިތުރުވަނީ ކީއްވެ؟

29 Apr 2021 | 12:45

ވިހެއުމަށްފަހުގައި ބަރުދަން އިތުރު ވުމަކީ ވަރަށް ގިނަ އަންހެނުންނަށް ދިމާވާ މައްސަލައެކެވެ. މާބަނޑު ދުވަސްވަރު ބަރުދަން ވަރަށް ބޮޑަށް އިތުރުވުމަށްފަހުގައި، ވިހެއުމަށް ފަހުގައިވެސް އިތުރަށް ބަރުވުމަކީ ގިނަ އަންހެނުންނަށް ދިމާވާ ކަމެކެވެ.

ފަހުގެ ދިރާސާއަކުން ދައްކާ ގޮތުގައި، ވިހެއުމަށް ފަހުގައިވެސް އަންހެން މީހާގެ ބަރުދަން އިތުރުވަނީ ދިރިއުޅުމުގެ ވައްޓަފާޅި އަންނަ ބަދަލުތަކުގެ ސަަބަބުންނެވެ. މަންމައަކަށްވާ ހިސާބުން، ތިމާގެ އަމިއްލަ ބޭނުންތަކަށް ވުރެ ބޮޑަށް އިސްކަން ދެވެނީ ދަރިންގެ ކަންކަމަށެވެ.

އެގޮތުން ކަސްރަތު ކުރުން ފަދަ ކަންކަމަށް ވަގުތު ހުސްކުރުމުގެ ބަދަލުގައި ގޭގައި ދަރިންނާއިއެކު ވަގުތު ހޭދަކުރުމަށް އިސްކަން ދެވުން ފަދަ ކަންކަމަކީ ދަރިން ލިބުމަށް ފަހު ބަރުދަން އިތުރުވާ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ.

30،000 އަންހެނުން ބައިވެރިކޮށްގެން ހެދި ދިރާސާއަކުން ދައްކާގޮތުގައި، އެއް ފަހަރާއި ހަތަރު ފަހަރާ ދެމެދު ވިހާފައި ތިބޭ އަންހެނުން، އެމީހުންގެ ހަށިގަނޑު ކުރިން ހުރި ގޮތަށް ބަރުދަން ލުއިވެފައެއް ނުވެއެވެ.

ވިހެއުމަށްފަހުގައިވެސް ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ސަމާލުކަންދީ، ބަރުދަން ލުއި ކުރުމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ދަރިންނާއިއެކު ހޭދަ ކުރާ ވަގުތުގައި، ޓީވީ ބެލުމަށް ސިޓިން ރޫމްގައި އިށީނދެ އިނުމުގެ ބަދަލުގައި ހެލިފެލި އުޅެވޭނެ ފަދަ ކޮންމެވެސް ކަސްރަތެއް ކުރުމަށް އިސްކަން ދޭށެވެ. 

Advertisement

ކޮމެންޓް