30 Apr 2021 | 16:09
ޑޭޓާ ވިލޭރޭ މިހާރު ދެ އުފާ ލިބޭނެ، އާ މަހުގެ ޑޭޓާއާއި އެކު ކުރީ މަހުގެ ޑޭޓާ!

އުރީދޫ މޯލްޑިވްސްއިން ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ޑޭޓާ ރޯލް އޯވަރ ގެ ޚިދުމަތް ތަޢާރަފުކޮށްފިއެވެ.

މި ޚިދުމަތާއި އެކު 600 އިން މަތީގެ ޕްލޭންތައް ގެންގުޅުއްވާ ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ މަންތްލީ ޑޭޓާ އެލަވަންސް އިން މަސްނިމޭއިރު ބޭނުން ނުކޮށް ހުންނަ ޑޭޓާ އަނެއް މަހުގެ ޑޭޓާ އެލަވަންސްއާއި އެކު އެއްވެގެންދާނެއެވެ.

އުރީދޫއިން މިގެނައި ބަދަލާއި އެކު، އޭޕްރިލް 2021އިން ފެށިގެން އެކު ޕޯސްޓްޕެއިޑް އަދި ވަރަށް ތަފާތު ޕޯސްޓްޕެއިޑްގެ 600 އިން މަތީގެ ޕްލޭންތަކަށް މި ޚިދުމަތް  ލިބިގެންދާނެއެވެ. ޑޭޓާ ރޯލް އޯވަރގެ މި ޚިދުމަތާ އެކު 200ޖީބީ އާއި ހަމައަށް ޑޭޓާ އަނެއްމަހުގެ ޕެކޭޖް އެލަވަންސް އަށް އެއްކުރެވެއެވެ. މިގޮތުން ސޯޝަލް މީޑިއާ އަށް ޚާއްޞަ ޑޭޓާ އާއި އެޑް އޯންސްގެ ގޮތުގައި ނަންގަވާފައިވާ ޑޭޓާ ފިޔަވައި، މުޅި މަހުގެ ޑޭޓާ އެލަވަންސް ވެސް ރޯލް އޯވަރގެ މި ޚިދުމަތް މެދުވެރިކޮށް، ކުރިއަށް އޮތް މަހަށް އިތުރު ކުރެވޭނެއެވެ.

• 600 އަދި 800 ގެ ޕޯސްޓްޕެއިޑް ޕްލޭންތަކަށް އެންމެ ގިނަވެގެން ޑޭޓާ ރޯލް އޯވަރ ވާ އަދަދަކީ 30ޖީބީ އެވެ.

• 1000 އިން މަތީގެ ޕޯސްޓްޕެއިޑް ޕްލޭންތަކަށް އެންމެ ގިނަވެގެން ޑޭޓާ ރޯލް އޯވަރ ވާ އަދަދަކީ 200ޖީބީ އެވެ.

"އުރީދޫ މޯލްޑިވްސް އަކީ އަބަދުވެސް ބަދަލުވަމުން އަންނަ ކަސްޓަމަރުންގެ ބޭނުންތަކާއި އެއްގޮތަށް ޕްރޮޑަކްޓްތަކާއި ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް އިސްކަމެއްދީގެން މަސައްކަތްކުރާ ކުންފުންޏެއް. އެގޮތުގެ މަތިން މިއަދު މި ލޯންޗް ކުރެވުނު ޑޭޓާ ރޯލް އޯވަރ ގެ ޚިދުމަތާއިއެކީ ބޮޑެތި ޑޭޓާ އެލަވަންސް ލިބޭ ޕޯސްޓްޕެއިޑް ޕްލޭންސް ގެންގުޅުއްވާ ކަސްޓަމަރުންނަށް މަސް ނިމޭއިރު ބޭނުންނުކުރެވި ހުރި ޑޭޓާ، އިތުރު އަގަކާނުލާ ދެން އަންނަ މަހުގެ މަންތްލީ އެލަވަންސްއަށް އެއްވެގެންދާނެ. ކަސްޓަމަރުންގެ މިފަދަ ބޭނުންތައް ފުއްދާދީ، އިންޓަނެޓްގެ ތަޖުރިބާ އިތުރު ފުރިހަމަކަމާއެކު ބޭނުންކުރުމުގެ ފުރުޞަތު ފަހިކޮށްދެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު އުފަލެއް." އުރީދޫ މޯލްޑިވްސް އެކްޓިންގް ޗީފް ކޮމާރޝަލް އޮފިސަރ، ޙުސައިން ނިޔާޒް ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސްއިން ހެޔޮ އަގެއްގައި އެންމެ ފުރިހަމަކަމާއި އެކު އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ދާދި ފަހުން ވަނީ އެއް ފަހަރު ރީޗާރޖްކޮށްގެން ދިގު މުއްދަތަށް ބޭނުންކުރެވޭ ގޮތަށް އާޗާ ޕްރިޕެއިޑްގެ ނަމުގައި ރާއްޖެއަށް މުޅިން އައު ޕްރިޕެއިޑް ޕްލޭންތަކެއްވެސް ތަޢާރަފުކޮށްފައެވެ. މުޅި ދުނިޔެ ކުރިމަތިލަމުން އަންނަ ޕެންޑެމިކްއާއި ގުޅިގެން މުވާސަލާތީ ގުޅުމުގެ މުހިންމުކަން އިތުރުވެ، އިންޓަނެޓް ބޭނުންކުރާވަރުވެސް ބޮޑުތަން އިތުރުވެފައިވުމާއެކު އުރީދޫއިންވަނީ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް ޕްލޭންތަކަށް 5ގުނަ އިތުރު ސްޕީޑާއެކު %68 އާއި ހަމައަށް އިތުރު ޑޭޓާ ލިބޭ ގޮތަށް ސުޕަނެޓް ޕްލޭންތައްވެސް އަޕްގްރޭޑްކޮށްފައެވެ.

އުރީދޫ މޯލްޑިވްސްއިން ފެށުނީއްސުރެވެސް މަސައްކަތްކުރަމުންދަނީ ދުނިޔޭގެ ފެންވަރުގެ އީޖާދީ ޚިދުމަތްތައް ރާއްޖެއަށް ތަޢާރަފުކޮށް، އިތުރު ފުރުޞަތުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނާއި ގުޅުވާލަދިނުމަށެވެ. ފުރިހަމަ ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމަށާއި ހެޔޮ އަގުގައި ފެންވަރު ރަނގަޅު އިންޓަނެޓްގެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތުގައި ކުރިއަށް އޮތްތަނުގައިވެސް ދެމި ތިބޭނެކަމުގެ ޔަގީންކަން އުރީދޫއިން އަރުވައެވެ.


ނޯޓް: މި ޚަބަރު ބިނާވެފައިވަނީ އުރީދޫ މޯލްޑިވްސްއިން ފޮނުވި ޕްރެސް ރިލީސެއްގެ މައްޗަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބޯޓާ ގުޅޭ މައްސަލަ ޖުލައިމަހު ކޮމިޝަނަށް ލިބުނު، އެހީތެރިކަން ވާނީ ދީފައި
އެޗްއާރުސީއެމުން ބުނީ މި މައްސަލައަކީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި އެ ކޮމިޝަނުގެ ސަމާލުކަމަށް އައިސްގެން ބަލަމުން ގެންދާ މައްސަލައެކެވެ
12 Sep 2026
ބްރިޖް ސަރަހައްދަށް އުރުނު ބޯޓުތަކުގެ މައްސަލަ 241 ކޮމިޓީއަށް
ހުށަހެޅުއްވި މައްސަލައިގައި ވަނީ، މި ހާދިސާއާ ގުޅިގެން ކަމާބެހޭ އިދާރާތަކުގެ ވެރިން ކޮމިޓީއަށް ހާޒިރުކޮށް، ކަންހިނގައިދިޔަ ގޮތުގެ ފުރިހަމަ މައުލޫމާތު ސާފުކޮށްދިނުމަށް އެދިވަޑައިގެންފައެވެ
12 Sep 2026
ޝީ ޖިންޕިންގް ހަތް އަހަރަށް ފަހު އިންޑިއާއަށް
ޗައިނާގެ ރައީސް ޝީ ޖިންޕިންގް މިއަދު ނިއު ދެއްލީއަށް ވަޑައިގެން 18 ވަނަ ބްރިކްސް ސަމިޓުގައި ބައިވެރިވެވަޑައިގެންފިއެވެ.
12 Sep 2026
ބްރިޖްގައި ބޯޓު ޖެހުނު ހާދިސާގައި ކަމާބެހޭ އިދާރާތަކުން ޖަވާބުދާރީ ވާންޖެހޭނެ
އެމްޑީޕީން ބުނީ ހާދިސާ ހިނގަން މެދުވެރިވީ ސަލާމަތީ އެއްވެސް ކަމެއް ފުރިހަމަނުވާކަން ކަމާބެހޭ އިދާރާތަކަށް އެނގިތިބެ، އެކަށީގެންވާ ފިޔަވަޅު ނޭޅުމުގެ ސަބަބުން ކަމަށެވެ
12 Sep 2026
މިއަދު ހަވީރާ ހިސާބަށް ރާއްޖޭގެ ބޮޑު ސަރަހައްދަށް ވިއްސާރަކުރާނެ
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ
12 Sep 2026
އައްޑޫސިޓީ ފޭދޫގެ ގިނަ ގެތަކަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް
އައްޑޫ ސިޓީގެ އިތުރުން ފުވައްމުލައް ސިޓީ، ގއ. އަތޮޅު، ގދ. އަތޮޅު އަދި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކުގެ ރަށްތަކަށްވެސް މެދުނުކެނޑި ބޯކޮށް ވާރޭވެހެމުންދާ ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ
12 Sep 2026
ނޫސްވެރިޔާ އާލިމްގެ ފުރަތަމަ ފޮތް "އޭ ހިތާއެވެ. ކެތްތެރިވާށެވެ" ޕްރީ އޯޑަރަށް
ދިރިއުޅުމުގައި ކުރިމަތިވާ ދަތި ޙާލަތްތަކާ ބެހޭ ގޮތުން ލިޔެފައިވާ މި ފޮތުގައި ވާނުވާ ނޭނގޭ ދަނޑިވަޅުތަކާއި މަގުގެއްލޭ ވަގުތުތަކާއި ހިތާމައިގެ ދުވަސްތަކުގައި ކެތްތެރިވާނެ ގޮތްތައް ގެނެސްދީފައިވެއެވެ.
12 Sep 2026
8 ވަނަ އިންޓަރނޭޝަނަލް ޓީޗާސް ކޮންފަރަންސް ފަށައިފި
މި ކޮންފަރެންސްގެ ސަބަބުން ކިޔަވައިދިނުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބައިނަލްއަޤްވާމީ ފެންވަރުގެ އައު މައުލޫމާތާއި، ކިޔަވައިދިނުމުގެ ޒަމާނީ އުކުޅުތައް ދަސްވެ، ރާއްޖޭގެ ތަޢުލީމީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ތައުލީމާ ބެހޭ ވުޒާރާއިން ބުނެއެވެ