މިއަދުގެ ރެސިޕީ: ޕާން ބޯކިބާ

01 May 2021 | 13:51

"ވޮއިސް"ގެ ކިޔުންތެރިންނަށް މިއަދު މިގެނެެސްދެނީ ޕާން ބޯކިބާ ތައްޔާރުކޮށްލާނެ ގޮތެވެ.


ބޭނުންވާތަކެތި:

2 ސައިސަމްސާ ބަޓަރު

1 ދަޅު ގެރިކިރު

1 ސައިސަމްސާ ވެނީލާ އެސެންސް

2 ބިސް

5 ޖޯޑު ހުދު ޕާން

2 ޖޯޑު ފެން


ހަދާނެގޮތް:

އެންމެ ފުރަތަމަ ހަކުރާއި ބިސް އެއްކުރުމަށްފަހު، އެއަށް މާޖިރިން އަޅާށެވެ. މާޖިރިން ރަނގަޅަށް ހަކުރުކޮޅާއި އެއްވުމުން ރަނގަޅަށް ޕާނާ އެއްކޮށްލާށެވެ. ރަނގަޅަށް އެއްކޮށްލުމަށްފަހު ކިރުއަޅައި އެއާއި އެއްކޮށްލާށެވެ.

މިގޮތަށް ތައްޔާރުކުރުމަށްފަހު ބޭނުންނަމަ އޭގެ ތެރެއަށް ހިކި މޭބިސް ކަދުރު ނުވަތަ ކަނަމަދު ވެސް އެޅިދާނެ އެވެ.

އޭގެ ފަހުން ތައްޔާރުކުރި ސާމާނު މާޖިރިން ހާކާފައި ހުރި ތަބަކަށް އަޅައި، ހޫނުކޮށްފައި ހުރި އަވަނުގެ ތެރެއަށް 45 ވަރަކަށް މިނެޓް ވަންދެން ލާފައި ބަހައްޓާށެވެ. 

Advertisement

ކޮމެންޓް