ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 703 މީހުން!

06 May 2021 | 22:48

ދިވެހިރާއްޖެއިން އިތުރު 703 މީހަކު ކޮވިޑް-19 ޕޮޒިޓިވްވެއްޖެއެވެ.

އެޗް.ޕީ.އޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 703 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 526 މީހަކާއި، ރަށްރަށުން ޕޮޒިޓިވްވި 167 މީހަކާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 07 މީހަކާއި ސިނާޢީ މަސައްކަތްކުރާ ސަރަޙައްދުތަކުން ޕޮޒިޓިވްވި 3މީހަކު ހިމެނެއެވެ.

މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 33،368 އަށް އަރާފައެވެ. މީގެ ތެރެއިން 203 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 25،675 އަށް އަރާފައެވެ.

ކޮމެންޓް