23 Dec 2018 | 10:03
ގާސިމް އިބްރާހިމަށް އަނެއްކާވެސް ތާރީޚް އިއާދަވަނީބާ؟

ބުރާސްފަތި ދުވަހު ވެރިކަންކުރާ ކޯލިޝަންގެ އިސްލީޑަރުން ރައްޔިތުންގެ މަޖިލިސްގެ މަޖިލިސްގެ އިންތިޚާބާއިގުޅޭ މުހިއްމު ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެން ނުކުމެވަޑައިގަތުމުން އެބޭފުޅުން ތިއްބެވި ހޮޓެލް ޖެންއަށް އައިސް އެބޭފުޅުންގެ ކުރިފުޅުމަތީގައި މުޒާހަރާކޮށް، އިހްތިޖާޖްކުރިކުރުމަކީ އާދައިގެކަމެއްކަމަށް ބުނެވިދާނެތޯއެވެ. ސަބަބަކީ މުޒާހަރާކުރި މީހުން ހޮޓަލަށް ވަންނަން ހޮޓެލްގެ ސްޓާފުން ދެކޮޅުހެދުމުން އެމީހުންނާމެދު އަޅައިނުލުމަށް ބާރުއެޅުއްވީ ވެރިކަންކުރާ އެމްޑީޕީގެ ލީޑަރ މުހައްމަދު ނަޝީދުކަމަށް ވުމުންނެވެ.

އެފެހި ސިގްނަލް ނަޝީދު ނުދެއްވިނަމަ ނަވާނަވައި ކިޔާ ބަޔަކީ އެފަދަ މުޒާހަރާއެއް ނުވަތަ އިހްތިޖާޖެއްކުރުމަށް ކޮންބައެއް ހެއްޔެވެ؟ ގައުމުގެ ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅު މައްޗަށް އެގޮތަށް އައިސް މުޒާހަރާ ނުވަތަ އިހްތިޖާޖްކުރަން އެކަމަށް ކަނޑައެޅިފައި އޮންނަ އުސޫލުތަކުގެ ބޭރުން ކަންކުރަން ފުލުހުން ދޫކޮށްލާނެހެއްޔެވެ؟

އެމްޑީޕީން ކުރިންވެސް ކަންތައްކުރީ ދާދި އެއްކަހަލަގޮތަކަށް

މާޒީގެ ސަފްހާއަކަށް އެބުރިވަޑައިގަންނަވާށެވެ. 2008 ވަނަ އަހަރު އެމްޑީޕީން އުފެއްދި ވަތަން އެދޭކޯލިޝަންގައި އެމްޑީޕީ ފިޔަވައި ދެން އެންމެ ބޮޑު ޕާޓްނަރަކީ ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީއެވެ. ގާސިމަށް ނަޝީދުގެ ސަރުކާރުގައި ދެއްވީ ބާރުގަދަ ހޯމް މިނިސްޓްރީއެވެ. ސަރުކާރަށް ހަމަސްދުވަސްވެ ނުވަނީސް ގާސިމް އިބްރާހިމް ކޯލިޝަނުން ބޭރުކުރުމުގެ، ނަވާނަވައި ހިންގިކަހަލަ ހަރަކާތްތަކެއް އެކަހަލަ މަދުބަޔަކު އެއްވެ މާލެތެރޭގައި ފެށިއެވެ. 

އެހަރަކާތްތަކުގައި ހިމެނެނީ އެމްޑީޕީގެ އެކްޓިވިސްޓުންނެވެ. އެމްޑީޕީގެ ވެރިންގެ ފުރިހަމަ ބްލެސިން ލިބިގެންނެވެ. ގާސިމް އިބްރާހިމްއަކީ ގާސިމް އިބްރާހިމްއެވެ. ކޯފާވާކަހަލަ ކަންކަން ކޮށްލީމާ ނިކަން އަވަހަށް ނިންމުންތައް ނިންމަވާކަން އެމްޑީޕީގެ ވެރިންނަށް އެގެއެވެ. އެންމެފަހުން ގާސިމް ނުކުމެވަޑައިގަތީއެވެ. ޚަލާސް، ކޯލިޝަން ރޫޅުނީއެވެ.

ކޮންބަޔަކު އަޑީގައި ތިބެގެންކަން ނޭގޭގޮތަށް ބަޔަކު ނަވާނަވައިގެ ނަމުގައި ކުއްލިއަކަށް ބޯޑުތަކާއި ބެނާތަކާއި އެއްޗެހި ހިފައިގެން އައިސް ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ސަރުކާރުގެ ކޯލިޝަން ލީޑަރުންގެ ކުރިފުޅު މައްޗަށް އައިސް އެކުރި މުޒާހަރާގެ މާނަ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ އެޑްވައިޒަރ ޑޮކްޓަރ މުހައްމަދު ޖަމީލު އެކުރެއްވެވީއެވެ. ސަބަބަކީ އެބަޔަކު އުފުލި ބެނާތަކުގައި ލިޔެފައިވާ އެއްޗެއް ރައްދުވަނީ ކޯލިޝަންގެ ޕާޓްނަރެއްކަމަށްވާ ގާސިމް އިބްރާހިމްއަށްކަމަށްވާތީއެވެ. ގާސިމް ނޫނީ އެބޯޑުގައި ހުރިވާހަކަ ނިސްބަތްކުރެވޭ، މީހުންނަށް އެނގޭފަދަ މުއްސަނި މަހުޖަނަކު ކޯލިޝަންގައި ނެތެވެ. އެބޯޑުގައި ލިޔެފައިވަނީ "މަހުޖަނުންގެ ނުފޫޒުން މަޖިލިސް ހިމާޔަތްކުރޭ" ފަދަ އިބާރާތްތަކެވެ.

އެ މުޒާހަރާ ނުވަތަ އިހްތިޖާޖް ކުރި މީހުންނަކީ އިދިކޮޅު ޕީޕީއެމަށް ނިސްބަތްވާ ބަޔަކަށް ނުވެއެވެ. ޖުމްހޫރީ ޕާޓީއަކަށް، މައުމޫނަކަށް އަދި އަދާލަތު ޕާޓީއަކަށް ނިސްބަތްވާ ބަޔެއްނޫނެވެ. ކޯލިޝަނަކީ ސަރުކާރެވެ. ސަރުކާރާއި ދެކޮޅަށް އަޑުއުފުލަން މިނުކުތީ ސަރުކާރަށް ނިސްބަތްވާ ބަޔަކު ނޫނޭ ބުންޏަސް ގަބޫލުކުރާނީ ކާކުހެއްޔެވެ. އަދި އަމިއްލަ ސަރުކާރާއި ދެކޮޅަށް އަޑުއުފުލަން އެމްޑީޕީގެ ލީޑަރ މުހައްމަދު ނަޝީދު ފެހިސިގްނަލް ދެއްވައި ފުލުހުންނަށް އެމަނިކުފާނަކީ އެމީހުންގެ ނިވާފަތްގަނޑަށް ހެއްދެވީ ޑިމޮކްރަސީގެ ފުރިހަމަ ނަމޫނާއެއް ދައްކަވަންވެގެންކަމަށް ގަބޫލުކުރާނީވެސް މަދު މީހެކެވެ.

އެޑްވައިޒަރު ޖަމީލު އެއުފެއްދެވީ އެ ސުވާލެވެ. އަދި ޕްރެޑިކްޝަނެވެ. މިއީ ކޯލިޝަން ރޫޅުމުގެ ފުރަތަމަ ނިޝާން އެވެ. " ފަރުވާތެރިކަމާއެކު ރާވައިގެން ކޮށްފައިވާ މުޒާހަރާއެއް" ކަމަށެވެ. އަދި މިއީ ސިޔާސީ ކުރިމަތިލުންތަކެއްގެ ފެށުންތޯ ގާސިމްގެ އެޑްވައިޒަރު ސުވާލު އުފައްދަވައެވެ. 2009 ގައިވެސް ކަންހިގީ ހަމަދާދި އެއްކަހަލަގޮތަކަށެވެ.

ނަތީޖާއަކަށްވާނީ ކޮންކަމެއް؟

ރާވައިގެންކޮށްފައިވާ މުޒާހަރާއެއްނަމަ ދެކޮޅުވެރިކަމުގެ ބެނާތަކާއި ބޯޑްތައް މިއުފުލައިލީ ކޯލިޝަންތެރޭގައި ވަރަށް ހައްސާސް ނާޒުކް ދަނޑިވަޅެއްގައެވެ. ކޯލިޝަން އެއްބަސްވުމާއިދެކޮޅުވެ އަހުދު އުވާލައި އެމްޑީޕީން މަޖިލިސް އިންތިޚާބުގެ ހުރިހައި ދާއިރާއަކަށް ވާދަކުރަން ނިންމުމުން އެކަންބަދަލުކުރެވޭތޯ އެހެން ޕާޓްނަރުން ސުލްހައިގެ މޭޒުދޮށަށްގޮސް ވާހަކަދައްކަމުންދާ ދަނޑިވަޅެއްގައެވެ.

އެމްޑީޕީގެ ލީޑަރ މުހައްމަދު ނަޝީދު އެޕާޓީގެ ކައުންސިލުން ނިންމުވައިގެން އުޅުއްވާ ނިންމެވުމަކީ އެޕާޓީން ރައީސުލްޖުމްހޫރިއްޔާކަމަށް ހޮވިވަޑައިގެން ހުންނެވި އިބްރާހިމް މުހައްމަދު ސާލިހް ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ނިންމެވުމެއްނޫންކަން އެބައެގެއެވެ. އެހެންނަމަވެސް ނަޝީދު އެމަނިކުފާނުގެ ގޮތް ދޫކޮށްލައްވާކަށް ބޭނުންފުޅުވާތަނެއް އަދި ނުފެނެއެވެ. ދަތިއުނދަގޫ ހާލަތަކަށްވެށްޓިފައިވަނީ ރައީސް ސާލިހްއެވެ. އެހެންޕާޓީތަކާއެކު އަހުދުވެ، އިގްރާރެއް ވެފައިވަނީ ސޯލިހެވެ.

ޕާޓީގައި އެމަނިކުފާނުގެ ބަސް ނުހިގާކަމާއި، އަދި އެމަނިކުފާނަށް މިކަމުގައި ޕާޓީން އެހީތެރިވާން ނެތްކަން ކައުންސިލުން ނިންމި ނިންމުމުން ސާފުކޮށް އެގެއެވެ. ހއ އިހަވަންދުއަށް އިހަށްދުވަހު ރައީސް ނަޝީދު ވަޑައިގެން ދެއްވީ އެސިގްނަލެވެ. ވިދާޅުވެފައިވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުން އެމަނިކުފާނަށް އިވިވަޑައިގަންނަވަނީ އެމްޑީޕީގެ މެމްބަރުން ހޮވައި އެޕާޓީއަށް މެޖޯރިޓީ ދިނުމަށް ގޮވާ އަޑު ކަމަށެވެ.

" ރާއްޖޭގެ އެކިކަންކޮޅުތަކުން ގޮވަނީ. މާބާރަށްގޮވަނީ. އެންމެ ރައްޔިތުން އެދެނީ އެމްޑީޕީއަށް އަޣްލަބިއްޔަތު ދިނުމަށޭ. އަޅުގަނޑަށް އެއަޑުއިވޭ" ނަޝީދު ވިދާޅުވެފައިވެއެވެ.

ނަޝީދު ފިޔަވައި އެއަޑު އިވޭ އެހެންބަޔަކު ތިބިކަމަކަށް އަދި ނުވެއެވެ. ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ގައިމުވެސް އިވިވަޑައިނުގަންނަވައެވެ.

ކޮންމެއަކަސް ކޯލިޝަންތެރޭގައި މިހާރު އޮތް ގުޅުމަކީ ޓައިމްބޮމެއްކަމަށް މިހާރު ސިފަކުރެވިދާނެއެވެ. ކޮންމެފަދަ ވަގުތެއްގައިވެސް ގޮވާފާނެއެވެ. އެބޮން ގޮއްވާލަން އުޅެނީ އެމްޑީޕީނޭ ބުނެގެން ހިތްހަމަނުޖެހުނަސް ހަގީގަތްވާނީ ހަގީގަތަށެވެ. ރައީސް އަބްދުﷲ ޔާމީން ކޯލިޝަން ޕާޓްނަރުން ޖަލަށްލައިގެން ވެރިކަންކުރިގޮތް އެމްޑީޕީގެ ލީޑަރުންނަށް އޮތީ ފެނިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Jul 2026
ސައުދީއަށް އަމާޒުކޮށް ދިން މިސައިލް ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި
ދިވެހި ހާރިޖިއްޔާ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ސައުދީއަށް ދޭންފެށި މިސައިލް ހަމަލާތަކަކީ އެޤައުމުގެ އިސްތިގުލާލާއި ސަރަހައްދީ ނިންމެވުންތަކަށް އަރައިގަތުމުގެ ގޮތުން ހިންގާފައިވާ އަމަލުތަކެއްގެ ގޮތުގައި ރާއްޖެއިން ދެކޭކަމަށެވެ.
14 Jul 2026
އަމްރިތާ ހޮސްޕިޓަލާއެކު އެއްބަސްވުން އާ ކުރުމުގެ މަސައްކަތް ދަނީ ކުރިއަށް
އާސަންދައިން ބުނީ، އަލުން ބަލިމީހުން ފޮނުވޭނެ ސީދާ ތާރީހެއް އަދި ކަނޑަނޭޅުނު ނަމަވެސް އެގްރީމެންޓް އާކުރުމުގެ މުއާމަލާތްތައް ކުރިއަށްދާކަމަށެވެ.
14 Jul 2026
އެލްޖީއޭގެ ބޯޑު މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާއްމުކުރި އިއުލާނެއްގައި ބުނީ، އެލްޖީއޭ ބޮޑުގެ ތިން މެމްބަރެއްގެ ދައުރު ހަމަވާތީވެ، އެކަމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށެވެ.
14 Jul 2026
ދިރާގު ސްޓޯލުން ހާއްސަ އިނާމުތައް
މޯލްޑިވްސް ފުޑް ކާނިވަލް 2026ގެ ދިރާގު ސްޓޯލުން ހިލޭ ގޭމިންގ ހަރަކާތާއި ޑޭޓާ އަދި ކޭޝްބެކް ފަދަ އިނާމުތައް ލިބޭ ލަކީ ޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވެއެވެ.
14 Jul 2026
ޖަލުތަކުގެ ކަންކަން ވަރުގަދަކުރަން 22 ދުވަހުގެ އޮޕަރޭޝަނެއް، ބުނީ ކާމިޔާބު ކަމަށް
މިދިޔަ ޖޫން މަހުގެ 22 އިން ފެށިގެން މި ޖުލައި މަހުގެ 13 އާ ހަމައަށް ހަތަރު ބުރަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި އޮޕަރޭޝަން ހިންގާފައިވަނީ މާލެ، ހުޅުމާލެ، ކ. މާފުށި އަދި ކ. ހިންމަފުށީގަ އެވެ.
14 Jul 2026
ކަންނެލި ފެކްޓްރީގެ މަސައްކަތް 18 މަސްދުވަހުން ނިމޭނެ
ޝިޔާމް ވިދާޅުވީ، ހުޅުމާލޭގައި 100 މެޓްރިކް ޓަނުގެ ކަންނެލި ބަންދު ކުރެވޭ ފެކްޓްރީއެއް ގާއިމް ކުރުމަށް މިދިޔަ ހަފްތާގައި ބަޔަކާ ހަވާލުކޮށްފައިވާ ކަމަށެވެ.
14 Jul 2026
މީޑިއާ ވިލޭޖުގެ މަސައްކަތް ނިމުމަކާ ގާތަށް
މެންހެޓަން ގްރޭންޑް ހޮޓެލްގެ ގްރައުންޑް ފްލޯގައި ތަރައްޤީކުރާ މީޑިއާ ވިލޭޖުގެ ފިނިޝިންގެ މަސައްކަތް ކުރިއަށްދާއިރު، މިމަހުގެ ނިޔަލަށް މަޝްރޫޢު ނިންމާލެވޭނެ ކަމަށް ބެލެވެއެވެ.
14 Jul 2026
ހާލަންޑްގެ ރެކޫނު ސޯޝަލް މީޑިއާގައި
ވޯލްޑް ކަޕުން ގައުމަށް ދިޔަ ނޯވޭގެ ފޯވަޑް އާލިން ހާލަންޑް 750 ޑޮލަރުގެ ޓެކްސިޑަރމީ ރެކޫނެއް ހިފައިގެން އައުމުން އެކަން ސޯޝަލް މީޑިއާގައި ބޮޑު ވާހަކައަކަށްވެއްޖެއެވެ.