ޚިޔާލުތަކަށް ގެއްލިފައި އިނުމުން އަރައިގަނެވޭނެ ގޮތްތަކެއް!

10 May 2021 | 13:19

މިހާރު ދުނިޔޭގެފެތުރެމުން މިދާ ކޮވިޑްގެ އާލަމީ ވަބާގެ ސަބަބުން އިންސާނާގެ އާންމު ދިރިއުޅުން މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ގޭގައި އިނދެ މަސައްކަތް ކުރުމާއި ގޭގައި ކިޔެވުން މިވަނީ ދުނިޔޭގެ ހުރިހާ ތަނެއްގައި ވާރޗުއަލް ކޮށް ކުރިއަށްގެންދާ، އާދައަކަށް ހަދަން ޖެހިފައެވެ.  

މި ބަދަލުތަކަށް އިންސާނާ ވަނީ ހާސްކަމާއެކު ކުރިމަތިލާން ޖެހިފައެެވެ. ސްކްރީނެއްގެ ކުރިމަތީ ވީޑީއޯ ކޯލް/ކޮންފަރެންސް ކޯލް ކޮށްގެން ކުރިއަށް ގެންދާ ބައްދަލުވުންތައް އަދި ސްކޫލްގެ ކްލާސްތައް މިވަނީ ނަފްސާނީ ޞިއްޙަތަށް ގެއްލުން ހުރި ކަމަކަށެވެ. ބައެއްފަހަރު މިގޮތަށް ސްކްރީނެއްގެ ކުރިމަތީގައި ގިނަ ވަގުތު ހޭދަ ކުރަން ޖެހުމަކީ އަމިއްލަ ޚިޔާލުތަކަށް "ގެއްލިފައި" އިންނަންޖެހޭ ސަބަބަކަށް ވެދާނެއެވެ.

މިކަމުން ސަލާމަތް ވާން ކުރެވިދާނެ ކަންކަމަށް ބަލާލަމާ ހިނގާށެވެ.


1- ކޮންފަރެންސް/ކޯލް ތަކަށް ޚާއްޞަ ވަގުތެއް ކަނޑައެޅުން.

ކޮންމެ ކަމެއްގައި އުޅުން ނަމަވެސް އޮފީސް ނުވަތަ ސްކޫލު ވަގުތަށް މީހާ ހުސްވެ އެކަމަށް ތައްޔާރު ވާނެއެވެ. މިގޮތުން މި ކޯލް އަށް ވަކި ވަގުތެއް ކަނޑައެޅުން ވަރަށް މުހިންމެވެ.


2- ބްރޭކް ނެގުން.

އަބަދުވެސް ކަންކަމުގައި މަޑުޖައްސާލައި ހަށިގަނޑާއި ސިކުނޑިއަށް ރެސްޓެއް ދިނުން ވަރަށް މުހިންމެވެ. ކޮފީ އެއް ބޯލާ އެއްޗެއް ކާލާ ހަދަން ވަގުތު ކޮޅެއް ހުސް ކޮށްލުމުން މީހާ ތާޒާވެ ސިކުނޑިއަށް ލުޔެއް ލިބޭނެއެވެ.


3- ކޮންފަރެންސް/ކޯލްތައް ކުރުމަށް ނުވަތަ ބައިވެރިވުމަށް ވަކި ތަނެއް އަބަދުވެސް ޚާއްޞަކޮށް ބެހެއްޓުން

ގޭގައި ތިބެގެން ކޯލްތައް ކުރުމަށް އެންމެ އެކަށޭނެ ތަނެއް ހޯދައި އެތާ ހަމަޖެހިގެން އިނުމަކީ ހާސްކަމާއި ގެއްލިގެން ނުދާނެ ވަގުތު ތެކެކެވެ. އެހެން މީހުން އުޅޭނަމަ ނޫނީ ގޭތޭރޭ ކަންކަން ހުންނަ ގޮތާމެދު ގެއްލިފައި އިންނަން ޖެހިދާނެއެވެ. 

ވީމާ މިކަންކަން އެންމެ އެދެވޭގޮތަށް ތާވަލު ކޮށްލައިގެން ކުރިއަށް ގެންދިޔުމުން މީހާ ހަމަޖެހި ގެއްލިފައި އިނދެ ކިޔެވުން ނޫނީ މަސައްކަތް ކުރުމުން ސަލާމަތްވުމުގެ ފުރުޞަތު ކުޑައެވެ. 

Advertisement

ކޮމެންޓް