12 May 2021 | 12:29
ރާއްޖޭގެ ބައެއް ހިސާބުތަކަށް މޫސުން ގޯސްވެ ރީނދޫ އެލާރޓް ނެރެފި

ރާއްޖޭގެ މޫސުން ގޯސްވެ މިއަދު ހެނދުނު 10 އިން ފެށިގެން ހަވީރު 3 އާއި ހަމައަށް ރީނދޫ ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

މި ވަގުތުތަކުގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި، އަދި 25 މޭލާއި 30 މޭލާއިދެމެދު ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ލ. އަތޮޅުން ފެށިގެން އަައްޑޫ ސިޓީ އަށް ހުދު ސަމާލު ވެސް ވަނީ ނެރެފައެވެ. މިއަދު ހެނދުނު 9 އިން ފެށިގެން ހަވީރު 3 އަށް ނެރެފައިވާ ހުދު ސަމާލުގައި ގަޑިއަކު ވިލާގަނޑުގައި 45 މޭލަށް ވައިގަދަވެ ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ކަނޑު ގަދާވާނެ ކަމަށް ލަފާކޮށް މެޓުން ވަނީ ޚާއްޞަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ. އަދި ހުރިހާ ފަރާތްތަކުން ވެސް ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތި ވެދާނެ ނުރައްކާތަކުން ރައްކާތެރިވުމަށާއި ، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ސަލާމަތީ ފިޔަވަޅު އެޅުމަށް އިލްތިމާސް ކޮށްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Jun 2026
އެމްޑީޕީ ޗެއާޕާސަން އިންތިޚާބުގެ ވޯޓުލުން ފަށައިފި
އިދިކޮލު އެމްޑީޕީގެ ޗެއަރާޕަސަން އިންތިހާބުގެ ވޯޓުލުން ފަށައިފިއެވެ.
12 Jun 2026
މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ބޭއްވި ހޭންޑްބޯޅަ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި
ޖޫން މަހުގެ 6 ވަނަ ދުވަހު މެލޭޝިއާގައި ބޭއްވި މި މުބާރާތުގައި ޖުމްލަ 9 ޓީމަކުން ވާދަކޮށްފައިވެއެވެ.
12 Jun 2026
ދީނަށްޓަކައި އަނބިދަރިންނާއި މުދާތައް ދޫކުރައްވައި ހިޖުރަ ކުރެއްވި ސަޙާބީން
އުންމު ސަލަމާއާއި ޞުހައިބުއްރޫމީ ފަދަ ބޭކަލުން ދީނަށްޓަކައި އެބޭކަލުންގެ އާއިލާއާއި މުދާ ޤުރުބާންކުރެއްވި ގޮތަކީ މިއަދުގެ މުސްލިމުންނަށް އޮތް ވަރުގަދަ ދަރުސެއްކަން ފާހަގަކޮށް އެ ޞަޙާބީންގެ ޙަޔާތުގެ ހާދިސާތަކުގެ މައްޗަށްވަނީ ކުރު ގޮތަކަށް އަލިއަޅުވާލާފައެވެ.
12 Jun 2026
ބޯކޮށްވާރޭވެހި ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި
ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް ބައެއް ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފިއެވެ.
12 Jun 2026
އުރީދޫ "ފުޓްބޯޅަ ފޯރި" ކުޑަކުދިންގެ ހަވީރު މިއަދު ސެންޓްރަލް ޕާކުގައި
ފީފާ ވޯލްޑް ކަޕް ފެށުމާ ދިމާކޮށް، އުރީދޫ މޯލްޑިވްސްއިން ބާއްވާ ހާއްސަ ކުޑަކުދިންގެ ހަވީރު "އުރީދޫ ފުޓްބޯޅަ ފޯރި" މިއަދު ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ނިންމައިފިއެވެ.
12 Jun 2026
މެކްސިކޯއަށް ރައުލް ހިމެނޭޒްގެ ކާމިޔާބު ކޮށްދިން ލަނޑާއެކު އޭނާ ރުއީ ކީއްވެ؟
މެކްސިކޯގެ އެސްޓާޑިއޯ އަޒްޓެކާގައި 80،000 އަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ހިމެނޭޒް މި ލަނޑު ކާމިޔާބުކުރިއިރު، މިއީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ކުރިމަތިލާންޖެހުނު ބޮޑެތި ގޮންޖެހުންތަކަށްފަހު ލިބުނު ބޮޑު ކާމިޔާބީއެކެވެ.
12 Jun 2026
ޗެކް ރިޕަބްލިކް އަތުން ދެކުނު ކޮރެއާއަށް މޮޅެއް
މެޗްގައި ދެޓީމްގެ ކުޅުންތެރިންގެ ފަރާތުންވެސް ރީތި ކުޅުމެއް ފެނިގެންދިޔައިރު، މެޗްގައި ފެނިގެން ގޮސްފައިވަނީ އެންމެ ރީނދޫ ކާޑެކެވެ
12 Jun 2026
ވަރލްޑްކަޕް ހުޅުވިމެޗް މެކްސިކޯއަށް
މެކްސިކޯ ސިޓީގައި ކުޅުނު މިމެޗް ދެކުނު އެފްރިކާގެ މައްޗަށް އެޓީމް ކުރިހޯދާފައިވަނީ 2-0 ގެ ނަތީޖާއިންނެވެ