14 May 2021 | 11:04
ރައީސް ޔާމީނަށް ދިން ޓެރަރިސްޓް ހަމަލާ: ހެދީ ޖޯކަކަށް، ތުހުމަތު ކުރެވޭ މީހުންނާއެކު ހެދީ ޑީލް

28 ސެޕްޓެމްބަރު، 2015 ގައި އޭރުގެ ރައީސް ޔާމީންގެ ދެކަނބަލުން ދަތުރު ކުރައްވަނިކޮށް ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލިއެވެ. މި ނިރުބަވެރި ހާދިސާ ވެގެންދިޔައީ ރާއްޖޭގެ ތާރީޚުގައި ވެސް ރައީސުލްޖުމްހޫރިއްޔާއަށް ދެވުނު ފުރަތަމަ އެފަދަ ނުރައްކާތެރި ހަމަލާއެވެ. ހަމަލާ ދެވިފައިވާ އެދަނޑިވަޅު ވެގެންގޮސްފައިވަނީ ރާއްޖާގެ ސިޔާސީ މައިދާނުގައި ހަލަބޮލި ދުވަސްވަރަކަށެވެ. ހަމަލާގެ ފަހަތުގައި ތިބީ އެމަނިކުފާނުގެ ސަރުކާރުގެ ނައިބު ރައީސްކަން ތަޙުޤީޤުން އެނގުނެވެ.

ރައީސް ޔާމީނަށް ދެވުނު ނުރައްކާތެރި ހަމަލާ ވެގެންދިޔައީ އޭރު އިދިކޮޅުގައި ތިބި ފަރާތްތަކަށް ބޮޑުބެރު ޝޯވއަކަށެވެ. އެވެރިން ހެދީ ލަވަޔާ ޖޯކެވެ. އިންސާނެއްގެ ފުރާނާޔަކީ މުހިންމު އެއްޗަކަށް ނުވިއެވެ.

ފިނިފެންމާ ލޯންޗު ގޮއްވާލުމާއި ގުޅިގެން އޭރު ބާރުމިނެއްގައި ތަޙުޤީޤު ހިންގައި ހޯދުންތަކެއް ހޯދުނެވެ. ބޭރު ޤައުމުތަކުންވެސް ޓީމުތައް ގެނެވުނެވެ، އާޚިރު ނަތީޖާއަކަށްވީ އެއީ ރައީސް ޔާމީން އަވަހާރަކޮށްލަން ދިން ހަމަލާއެއްކަމަށެވެ. ފަހަތުގައި ހުރީ އޭރުގެ ނައިބު ރައީސް އަޙްމަދު އަދީބެވެ.

އަޙްމަދު އަދީބަށް ކޯޓުން ޙުކުމް ކުރެވުނު

ރައީސް ޔާމީންގެ ދެކަނބަލުން ފިނިފެންމާ ލޯންޗުކޮޅުގައި 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު 28 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މާލެއަށް ވަޑައިގެން، އެއް ނަންބަރު ފާލަމާ ގާތްކުރި ވަގުތު ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގައި އަދީބުގެ މައްޗަށް ކުރި ދަޢުވާ ސާބިތުވެ، 15 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމް އިއްވީ 2016 ވަނަ އަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހުއެވެ. އަދި މި ހަމަލާ ދިނުމުގައި ބައިވެރިވި އަދީބުގެ އޭރުގެ ދެ ބޮޑީގާޑުން ކަމަށްވާ ޙަސަން ރިކާޒާއި އަޙްމަދު ޢާމިރު 10 އަހަރަށް ޖަލަށް ލާންވެސް ކްރިމިނަލް ކޯޓުން ޙުކުމް ކުރިއެވެ.

ނަމަވެސް އެ މައްސަލަ އަދީބުގެ ފަރާތުން އިސްތިއުނާފު ކުރުމުން 20 މެއި 2019 ގައި ހައި ކޯޓުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ޙުކުމްކުރީ ރިޔާސީ ލޯންޗުކޮޅުގެ މައްސަލާގައި އަދީބަށް ކުރި ޙުކުމުގެ މައްސަލަ ދަށު ކޯޓުން އަލުން ބަލަން ޖެހޭ ކަމަށާއި އެހެންވެ، އެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް ތަހުވީލު ކުރުމަށެވެ.

ތުހުމަތު ކުރެވޭ މީހުންނާއެކު ދައުލަތުން ހެދީ ޑީލް:

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން ދައުލަތުގެ އިސްނެގުގެމަތިން އަޙްމަދު އަދީބު ވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 104 ވަނަ މާއްދާގައި ބުނާ އިޢުތިރާފު އެއްބަސްވުވުމެއް ދައުލަތާއެކު 8 ޖުލައި 2019 ވަނަ ދުވަހު ހަދާފައެވެ. މި އެއްބަސްވުމުގެގައި ދައުލަތުން އަދީބުއަށް ލުއި ދޭންވަނީ އެއްބަސްވެފައެވެ.

އިޢުތިރާފު އެއްބަސްވުވުމުގައި ބުނެފައިވާގޮތުން އަދީބުގެ މައްޗަށް ކުރިން ޝަރީޢަތަށް ހުށައެޅިފައިވާ މައްސަލަތަކުގެ ތެރެއިން ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެން އަލުން ތަޙުޤީޤު ކުރުމަށްފަހު އެމައްސަލައިގައި ދަޢުވާ އުފުލުމާ މެދު އަލުން ގޮތެއް ނިންމުމަށް ދައުލަތުން ވަނީ އެއްބަސްވެފައެވެ. ނަމަވެސް 2 އަހަރުވެގެން ދިޔައިރުވެސް ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއްގޮވާލި ޓެރަރިސްޓް ހަމާލާގެ ތަޙުޤީޤުވަނީ ނުކޮށެވެ. އަދި ފުލުހުން އެމައްސަލަ ވަނީ ޕީޖީއަށްވެސް ނުފޮނުވައެވެ.

ރައީސް ޔާމީނަށް ދިން ޓެރަރިސްޓް ހަމަލާ ހެދީ ޖޯކަކަށް:

ރައީސް ޔާމީން އަދި އެމަނިކުފާނުގެ އަނބިކަނބަލުންގެ އިތުރުން އެތައްބަޔަކު ތިބި ފިނިފެންމާ ލޯންޗުކޮޅަށް ދިން އުދުވާނީ ހަމަލާ އޭރު ސިޔާސީ ފަރާތްތަކުން ނެގީ ތޯތޯ ވާހަކައެއްގެ ގޮތުގައެވެ. ގެންގުޅުނީ ސިޔާސީ ވާދަވެރިކަމުގެ ރާގެކެވެ. އެބަޔަކަށް ފައިދާ އެންމެ ބޮޑުގޮތަކަށް ސިޔާސީ ޕޯޑިއަމް ތަކުގައި އެވާހަކަ ދައްކާ ހަމަލާގެ އަޑު އެހެންގޮތްތަކަށް ބަދަލުކުރުމަށް ފާޅުގައި އެތައްކަމެއް ކުރެވުނެވެ. ޤައުމުގެ ރައީސަށް ޓާގެޓްކޮން ދެވުނު ހަމާލާގެ ސީރިއަަސްކަން ކަނޑުވައިލާ މުސްތަޤުބަލުގައި ވެދާނެކަމަކަށް ނުވިސްނާ އެ ޓެރަރިސްޓް ހަމަލާ ހެދީ ޚިޔާލީ ވާހަކަޔަކަށެވެ.

ފިނިފެންމާ ލޯންޗުކޮޅަށް ދިން ހަމަލާއަށް 6 އަހަރު ވީއިރު ރާއްޖޭގެ ރައީސްކަން ކުރެއްވި އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިވަނީ ބޮމުގެ ހަމަލާއެއް ދީފައެވެ. އެ ހާދިސާއާ ގުޅިގެން އެމަނިކުފާނަށް ސީރިއަސް ޒަޚަމުތަކެއްވެ އެވަނީ ފުރާނަ ނުރައްކަލަށް ހުށައެޅި ހޮސްޕިޓަލުގައި އެނދުމަތި ކުރެވި އެތައް ސާޖަރީއެއް ހަދަން ޖެހިފައެވެ.

ރައީސް ޔާމީނަށްވެސް ދެވުނީ ރައީސް ނަޝީދަށްވެސް ދިންކަހަލަ ބިރުވެރި ފުރާނައަށް ނުރައްކާވާފަދަ ހަމަލާއެކެވެ. ނަމަވެސް މިފަހަރު އަޑުތަށް ތަފާތެވެ. ވެރިކަންވެސް ތަފާތެވެ، ވެރިކަމުގައި އެތިއްބެވީ ރައީސް ޔާމީނަށް ދިން ހަމަލާއަށް ޖޯކްޖަހާ ލަވަހެދި މިނިސްޓަރުންނާއި ސިޔާސީ ލީޑަރުންނެވެ.

އެދުވަހު އިންސާނެއްގެ ފުރާނަ މުހިންމެއްނުވިއެވެ. ދެވުނު ހަމަލާ ބިރުވެރިއެއް ނުވިއެވެ. ކުށްވެރިކޮށް ބަޔާންގަނޑެއް ވެސް ނެރެލަން ނުކެރުނުވެ. ތަޙުޤީޤު ކުރަންވެސް އެވެރިން ބޭނުންނުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
19 Sep 2026
އެސްޓަންވިލާ އަތުން ސްޕާސް ބަލިވެއްޖެ
ރޮބާޓޯ ޑި ޒާބީގެ އިރުޝާދުގެ ދަށުން ބޮޑު ހޭދައެއްކޮށްގެން ބިނާކޮށްފައިވާ ސްޕާސް ޓީމު ބަލިވީ، އެސްޓަންވިލާގެ ޖޯހަން މަންޒަމްމީ، ނިކޮލަސް ޖެކްސަން އަދި އެމީ ބުއެންޑިއާ ކާމިޔާބުކޮށްދިން ލަނޑުތަކުންނެވެ
19 Sep 2026
ސަރުކާރުން ޓީބިލަށް ފައިސާ ދެއްކުމާ އެ ބޭންކާ ގުޅުމެއް ނެތް
ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުން ޓީބިލްގެ ދަރަނި އަދާކުރުމުގައި ބޭންކުގެ ކަސްޓަމަރުންގެ ޑިޕޮސިޓް އަދި ބޭންކުގެ އަމިއްލަ އެއްވެސް ވަސީލަތެއް ވެސް ބޭނުންކޮށްފައި ނުވާކަމަށެވެ.
19 Sep 2026
ޕްލާސްޓިކް ހޮޅި 2031 އާ ހަމައަށް އެތެރެކުރުން ހުއްދަކޮށްފި
މި ބަދަލު ގެންނެވީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ މަޝްވަރާގެ މަތީންނެވެ. މި ޤަރާރުގެ ދަށުން ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުން މަނާވާ ތާރީޚު މިހާރު ވަނީ 2031 ވަނަ އަހަރުގެ ޖޫން މަހުގެ އެއް ވަނަ ދުވަހަށް ފަސްކޮށްފައެވެ.
19 Sep 2026
ރަޝިއާއިން ހަމަލާއެއް ދީފާނެކަމުގެ ބިރު ބޮޑުވެ ޔޫރަޕް ދިފާޢީ ތައްޔާރީތައް ވަރުގަދަކޮށްފި
ޕޮލެންޑުގެ ބޮޑުވަޒީރު ޑޮނަލްޑް ޓަސްކް ބުރާސްފަތި ދުވަހު އިންޒާރު ދީފައިވަނީ ޔޫކްރެއިނަށް ތާއީދުކުރާ ނޭޓޯ ޤައުމުތަކުގެ ސަރަޙައްދަށް ކުރިއަށް އޮތް މަދު މަސްތަކެއްގެ ތެރޭގައި މޮސްކޯއިން ޑްރޯން ނުވަތަ މިސައިލް ފޮނުވައިފާނެ ކަމަށެވެ.
19 Sep 2026
އަމީނީ މަގު ސެގްމެންޓް އެކެއްގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފި
ފާއިތުވި ހަފުތާގެ ތެރޭގައި ތާރު އެޅުން ރޭވިފައި އޮތް ނަމަވެސް، ތާރުއެޅުމުގެ މަސައްކަތް ލަސްވީ މޫސުން ގޯސްވެ ވާރޭ ވެހުމާ ގުޅިގެން ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އެހެންކަމުން މޫސުން ރަނގަޅުވުމާއެކު އަމީނީމަގުގައި ތާރު އެޅުމުގެ މަސައްކަތް މިއަދު ހެނދުނު ކުރިއަށްގެންގޮސްފައިވާކަމަށް އެ ކުންފުނިން ބުންޏެވެ
19 Sep 2026
ބާބުލް މަންދަބު ކަނޑުއޮޅިއަށް އިޓަލީން މަނަވަރެއް ފޮނުވަނީ
ބާބުލް މަންދަބު ކަނޑުއޮޅީގައި ނުރައްކާ ބޮޑުވާތީ އިޓަލީވިލާތުގެ ވިޔަފާރި އުޅަނދުތައް ހިމާޔަތްކުރަން ކަނޑުގެ އަސްކަރީ އޮޕަރޭޝަނެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އިޓަލީން ވަނީ ބުނެފައި
19 Sep 2026
ޕީއެންސީ ޓޫރިޒަމް ކޮމިޓީގެ ރައީސާކަމުގެ މަގާމަށް އަލައިކާ
އަލައިކާ އަކީ މިހާރުވެސް ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެވެ
19 Sep 2026
ވަޠަނީ ޚިދުމަތުގެ ތިންވަނަ ބެޗުން 341 ޒުވާނުން ތަމްރީނު ފުރިހަމަކޮށްފި
ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތު ބާއްވާފައިވަނީ އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައެވެ. ދަސްވެނިވި ދަރިވަރުންނަށް އަޒުމް ލައިދިނުމާ އެކު ޝަރަފުގެ ހިނގާލުންވެސް އެ ރަސްމިއްޔާތުގައި ކުރިއަށް ގެންގޮސްފައިވެއެވެ.