13 May 2021 | 22:06
މޫސުން ގޯސްވުމުގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އެންޑީއެމްއޭ އިން އިލްތިމާސް ކޮށްފި

ރާއްޖެ އަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ރައްކާތެރިކަމަށްޓަކައި ފިޔަވަޅު އަޅަން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ އިން އިލްތިމާސް ކޮށްފިއެވެ.

މޫސުން ކުރިއަށް ލަފާކުރެވޭ ގޮތުން ކުރިއަށް އޮތް 48 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވައިގަދަވެ، ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން މަޢުލޫމާތު ދެއްވާފައިވާކަމަށްވެއެވެ.  އެހެންކަމުން ފެން ބޮޑުވުމާއި ގަދަ ވައިގެ ސަބަބުން ގޯތިގެދޮރާއި މުދަލަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވެ ރައްކާތެރިވުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސް ކުރެއްވިއެވެ.

ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅުގެ ތެރޭގައި، ވާރޭ ވެހި ފެންބޮޑުވެދާނެކަމަށް ތައްޔާރުވުމަށާއި ގެއަށް ފެން ނުވަންނާނެހެން ގޭދޮރުމަތީ ވެލިބަސްތާ ޖެހުމަށް ސަމާލުކަން ދިނުމަށް ވަނީ އަންގަވާފައިވެއެވެ.

ގޭތެރޭގައި ފެންބޮޑުވެއްޖެނަމަ ގޭގައިވާ މުދަލަށް ގެއްލުން ނުވާނެ ފަދަ ފެން ނުޖެހޭފަދަ އުސްތަނަކަށް ބަދަލް ކުރުމަށް އަދި އުސް ތަންތަނަށް ބަދަލުނުކުރެވޭފަދަ މުދާ ފެނުގެ އަސަރު ނުފޯރާ ފަދަ ތަނަކަށް ބަދަލުކުރުމަށް އިލްތިމާސް ކުރެއްވިއެވެ.

މީގެ އިތުރުން ވައިގަދަ ވުމުގެ ސަބަބުން ފުރާޅު އެއަލާލަފާނެކަމަށް ލަފާކުރެވޭނަމަ ކުރިޔާލައި ވައު ބޭނުންކޮށް ބަނދެ އަދި އެއްލާލަފާނެހެން ހީވާ މުދާ ބަނދެ ރައްކާތެރިކުރުމަށް އަންގަވާފައިވެއެވެ.

ބޭނުން ނުކުރާނަމަ ކަރަންޓް ސާމާނު ނިއްވާފައި ބެހެއްޓުމަށާއި އަދި ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށާއި ދަތުރަށް ނުކުންނަ އިރު ސަލާމަތީ ކަންކަމާއި މުއާސަލާތީ ނިޒާމު ފުރިހަމަ އަށް ޔަގީން ކުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

ނެޝަނަލް ޑިސާސްޓާރ މެނޭޖްމެންޓް އޮތޯރިޓީ އިން އެދެނީ މިކަން ކަމަށް ރަށުފެންވަރުގައި ރައްޔިތުން ހޭލުންތެރިވެ ޚާއްޞަ ސަމާލު ކަމެއް ދިނުމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Jun 2026
ދީނަށްޓަކައި އަނބިދަރިންނާއި މުދާތައް ދޫކުރައްވައި ހިޖުރަ ކުރެއްވި ސަޙާބީން
އުންމު ސަލަމާއާއި ޞުހައިބުއްރޫމީ ފަދަ ބޭކަލުން ދީނަށްޓަކައި އެބޭކަލުންގެ އާއިލާއާއި މުދާ ޤުރުބާންކުރެއްވި ގޮތަކީ މިއަދުގެ މުސްލިމުންނަށް އޮތް ވަރުގަދަ ދަރުސެއްކަން ފާހަގަކޮށް އެ ޞަޙާބީންގެ ޙަޔާތުގެ ހާދިސާތަކުގެ މައްޗަށްވަނީ ކުރު ގޮތަކަށް އަލިއަޅުވާލާފައެވެ.
12 Jun 2026
ބޯކޮށްވާރޭވެހި ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި
ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް ބައެއް ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފިއެވެ.
12 Jun 2026
އުރީދޫ "ފުޓްބޯޅަ ފޯރި" ކުޑަކުދިންގެ ހަވީރު މިއަދު ސެންޓްރަލް ޕާކުގައި
ފީފާ ވޯލްޑް ކަޕް ފެށުމާ ދިމާކޮށް، އުރީދޫ މޯލްޑިވްސްއިން ބާއްވާ ހާއްސަ ކުޑަކުދިންގެ ހަވީރު "އުރީދޫ ފުޓްބޯޅަ ފޯރި" މިއަދު ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ނިންމައިފިއެވެ.
12 Jun 2026
މެކްސިކޯއަށް ރައުލް ހިމެނޭޒްގެ ކާމިޔާބު ކޮށްދިން ލަނޑާއެކު އޭނާ ރުއީ ކީއްވެ؟
މެކްސިކޯގެ އެސްޓާޑިއޯ އަޒްޓެކާގައި 80،000 އަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ހިމެނޭޒް މި ލަނޑު ކާމިޔާބުކުރިއިރު، މިއީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ކުރިމަތިލާންޖެހުނު ބޮޑެތި ގޮންޖެހުންތަކަށްފަހު ލިބުނު ބޮޑު ކާމިޔާބީއެކެވެ.
12 Jun 2026
ޗެކް ރިޕަބްލިކް އަތުން ދެކުނު ކޮރެއާއަށް މޮޅެއް
މެޗްގައި ދެޓީމްގެ ކުޅުންތެރިންގެ ފަރާތުންވެސް ރީތި ކުޅުމެއް ފެނިގެންދިޔައިރު، މެޗްގައި ފެނިގެން ގޮސްފައިވަނީ އެންމެ ރީނދޫ ކާޑެކެވެ
12 Jun 2026
ވަރލްޑްކަޕް ހުޅުވިމެޗް މެކްސިކޯއަށް
މެކްސިކޯ ސިޓީގައި ކުޅުނު މިމެޗް ދެކުނު އެފްރިކާގެ މައްޗަށް އެޓީމް ކުރިހޯދާފައިވަނީ 2-0 ގެ ނަތީޖާއިންނެވެ
11 Jun 2026
ހިމަބިހި ވެކްސިންގެ 20 ހާސް ޑޯސް، ތިން ޓަނުގެ މެޑިކަލް ސާމާނު، އިންޑިއާއިން ހަދިޔާކޮށްފި
އެގޮތުން ހިމަބިހި ވެކްސިންގެ 20 ހާސް ޑޯސް ވަނީ ހަދިޔާކޮށްފަ އެވެ. އަދި ތިން ޓަނުގެ މެޑިކަލް ސާމާނު ވެސް ވަނީ ހަދިޔާކޮށްފަ އެވެ.
11 Jun 2026
އެމްއެންޔޫގެ ފެކަލްޓީ އޮފް އާޓްސްގެ ޑީންސް އެވޯޑް ހަތަރު ނޫސްވެރިއަކަށް
މި އަހަރު ތައާރަފުކުރި ޑީންސް އެވޯޑަކީ ކޮންމެ ސެމިސްޓާއެއްގައި އެންމެ މަތިން ފާސްވާ ދަރިވަރުންނަށް ދޭ އެވޯޑެކެވެ.