14 May 2021 | 16:29
ލިބުނީ އެމްއެމްޕީއާރްސީގެ ފައިސާކަން އެނގުނީ ލިސްޓު ފެނުމުން - ނަހުލާ

މަޝްހޫރު ފިލްމު ޑައިރެކްޓަރ ފާޠިމަތު ނަހުލާއަށް ލިބިފައިވަނީ އެމްއެމްޕީއާރްސީގެ ފައިސާކަން އެނގުނީ ލިސްޓް އާންމު ކުރުމުން ކަމަށް އޭނާ ބުނެފިއެވެ.

ރާއްޖޭގެ ފިލްމީ ދާއިރާގައި އެންމެ ގިނަ ދުވަސްވީ އެއް ޑައިރެކްޓަރ ކަމުގައިވާ ނަހުލާ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، 2015 ވަނަ އަހަރު ޕީޕީއެމްގެ ފަރާތުން މައްޗަންގޯޅި އުތުރު ދާއިރާއަށް ކުރިމަތި ލީ ކަމަށާއި، ޕާޓީއަކުން ކުރިމަތިލައިފިނަމަ، ކެމްޕެއިން ކުރުމަށް ކެންޑިޑޭޓުންނަށް ފައިސާ ދޭނެކަން އެންމެނަށްވެސް އެނގޭނެ ކަމަށެވެ.

އެކަމަކު އެމްއެމްޕީއާރްސީގެ ފައިސާ އޭނާއަށް ލިބުނުކަން އެނގުނީ އެފައިސާ ލިބުނު މީހުންގެ ލިސްޓު އާންމު ކުރުމުން ކަމަށް ނަހުލާ ބުނެފައިވެއެވެ.

ނަހުލާ ބުނެފައިވަނީ، އޭނާއަކީ އަމިއްލަ ބޭނުންތަކަށް އެއްވެސް މީހަކު އަތުން ފައިސާ ހޯދަން ޖެހޭ ފެންވަރުގެ މީހެއް ނޫން ކަމަށެވެ.

އަދި އޭނާއަކީ އެނގިހުރެ އެފަދަ ފައިސާއެއް ބޭނުން ކުރާނެ މީހެއް ނޫންކަމަށްވެސް ބުނެފައިވެއެވެ.

ނަހުލާގެ ފޭސްބުކް ޕޯސްޓް ނިންމާލަމުން ބުނެފައިވަނީ، ޕާޓީތަކުގެ ވެރިން، ވައްކަން ކޮށްގެންނާއި، ފޭރި ނުވަތަ ލޫޓުވައިގެން ހޯދާ ފައިސާ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް ނުދިނުމަށް ގޮވާލާ ކަމަށެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލާގައި ފައިސާ ލިބުނު މީހުންގެ ލިސްޓެއް ރައްޔިތުންގެ މަޖިލީހުން ވަނީ އާންމު ކޮށްފައެވެ.

އެ ލިސްޓްގައި ކުރީ ސަރުކާރުގެ އިސް މަޤާމުތަކުގައި އުޅެފައިވާ އަދި މި ސަރުކާރުގައިވެސް އިސް މަޤާމުތަކުގައި އުޅެމުންދާ ގިނަ ފަރާތްތަކެއް ހިމެނެއެވެ. އަދި އާންމުންގެ އެތައް ބަޔަކުވެސް އޭގެ ތެރޭގައި ހިމެނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
17 Sep 2026
ލޯނު ޚަލާޞްކުރިޔަސް ޒަރޫރީ މުދަލަށް ދައްޗެއް ނެތް
އިންޑިއާގެ ސްޓޭޓް ބޭންކުން ނެގި 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީ މިއަދު އެއްކޮށް ޚަލާޞްކޮށް، ތެލާއި ކާޑާއި ބޭހަށް ބޭރު ފައިސާ ލިބުމުގައި ދަތިނުވާނެ ކަމުގެ ޔަގީންކަން މާލީ ވުޒާރާއިން ދީފިއެވެ.
17 Sep 2026
ޕީއެންސީ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް ދޭން ފާސްކޮށްފި
ޕްރައިމަރީއަކާ ނުލައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް 2028ގެ ރިޔާސީ ޓިކެޓު ދޭން ޕީއެންސީ ކޮންގްރެސްގެ އިއްތިފާގުން ފާސްކޮށްފިއެވެ.
17 Sep 2026
ޚަދްލަޖް ބްރޭންޑުގެ އައު ސެންޓުތަކެއް ރާއްޖެއަށް ތަޢާރަފުކޮށްފި
ދުބާއީގެ މަޝްހޫރު ލަގްޒަރީ ސެންޓު ބްރޭންޑް "ޚަދްލަޖް" ގެ އައު ސެންޓުތަކެއް، އެ ބްރޭންޑުގެ ރާއްޖޭގެ ހަމައެކަނި އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރު ޕޮއިސް ޑިސްޓްރިބިއުޓާރސް އިން ބާޒާރަށް ނެރެ ވިއްކަން ފަށައިފިއެވެ.
17 Sep 2026
ޗައިނާގެ އެންމެ ބޮޑެތި ބްރޭންޑްތަކުގެ ނަމުގައި "އަލީ" ހިމެނެނީ ކީއްވެ؟
1999 ވަނަ އަހަރު ޖެކް މާ (މާ ޔޫން) އެނާގެ 17 ރައްޓެހިންނާ އެކު ޗައިނާގެ ހެންޒޯގައި ހުރި އެޕާޓްމެންޓެއްގައި އަލީބާބާ ޑޮޓް ކޮމް އުފެއްދެވީ ވިޔަފާރިތައް ގުޅުވައިދޭ ޕްލެޓްފޯމެއްގެ ގޮތުގައެވެ. މި ނަން ނެގީ ޢަރަބި ފޯކްލޯ ވާހަކަ "ހާސް އެއް ރެއެއްގެ ވާހަކަ" ގައި ހިމެނޭ ޢަލީ ބާބާ ކެރެކްޓަރުންނެވެ. އެ ވާހަކައިގައި ޢަލީ ބާބާ އަކީ ފަޤީރު ދަރު ކެނޑުންތެރިއެއް ކަމަށާއި ވަގުންގެ ހޮހޮޅައެއްގެ ސިއްރު ހޯދައި "ހުޅުވާ ސިމްސިމް" މި ޖާދޫ ޢިބާރާތުން އެ ހޮހޮޅައަށް ވަންނަ ވާހަކައެވެ.
17 Sep 2026
ކުރީ ސަރުކާރުން ނެގި 150 މިލިއަން ޑޮލަރުގެ ފެސިލިޓީ އެއްކޮށް ދައްކައ
ކުރީގެ ސަރުކާރުން 2019 ވަނަ އަހަރު ބަޖެޓް ސަޕޯޓުގެ ގޮތުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 150 މިލިއަން އެމެރިކާ ޑޮލަރުގެ ފެސިލިޓީ ދިވެހި ސަރުކާރުން އެއްކޮށް ދައްކައި ޚަލާޞްކޮށްފިއެވެ.
17 Sep 2026
ކުރިއަށް މިއޮތީ "މަގޭ ބިޓުގެ ވެޑިން" ގެ ވަދާޢީ ތިން ޝޯ
ކުރިއަށް އޮތީ ހަފްތާ ބަންދުކަމުން ބާރުބޮޑުވާނެތީ ޓިކެޓް ބައްލަވައިގަންނަން ބޭނުންވާ ފަރާތްތަކުން 9911229 ނަންބަރަށް ވައިބަރ ކުރުމުން ޓިކެޓް ނެގުމުގެ ހުރިހާ އިންތިޒާމެއް ހަމަޖެހިގެންދާނެ ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ
17 Sep 2026
ފުވައްމުލަކަށް ޑައިވިންގ އަށް ގޮސް އުޅުނު ޓޫރިސްޓަކު މަރުވެއްޖެ
އެ ޓޫރިސްޓު ހެނދުނު 9:02 ގައި ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ޑޮކްޓަރާ ހަވާލާދީ އެ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވެފައިވެއެވެ. އެ މީހާ ޑައިވިންއަށް ފޭބީ ހެނދުނު އަށެއް ޖެހި ހާއިރު ކަމަށް އެނގިފައިވެއެވެ.
17 Sep 2026
ޕީއެންސީގެ ރިޔާސީ ޓިކެޓް މުޢިއްޒަށް ދިނުމަށް ގަރާރެއް ހުށަހެޅައިފި
2028 ގެ ރިޔާސީ އިންތިޚާބުގައި ރައީސް މުޢިއްޒަށް ޕީއެންސީގެ ޓިކެޓް ރަސްމީކޮށް އެރުވުމަށް އެދި އެ ޕާޓީގެ މަތީ މަޖިލީހަށް ގަރާރެއް ހުށަހަޅައި، އެކަމާ މެދު ގޮތެއް ނިންމުން ކުރިއަށް އެބައޮތެވެ.