N/A
N/A
ހަބަރު 14 May 2021 | 09:30

ފަލަސްތީނުގެ މައްސަލައިގައި އެމެރިކާއިން އަމަލުކުރަމުންދާ ގޮތާއި މެދު ޑރ.ވަހީދުގެ ފާޑުކިޔުން!

އިސްރާއީލުން ފަލަޞްޠީނުގެ ރައްޔިތުންނަށް ދެމުން ގެންދާ އަނިޔާތަކާއި ގުޅިގެން އެމެރިކާއިން އެކަންކަމަށް ހިތްވަރުދޭތީ، ކުރީގެ ރައީސް މުޙައްމަދު ވަޙީދު ޙަސަން ފާޑުވިދާޅުވެއްޖެއެވެ.

ރައީސް ވަޙީދު ރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ފަލަސްތީނަށް އިސްރާއީލުން ދެމުންގެންދާ ހަމަލާތަކަށް އެމެރިކާއިން ހިތްވަރު ދެމުން ދާއިރު ޑިމޮކްރަސީ އާއި އިންސާނީ ޙައްޤުތަކުގެ ޗެމްޕިއަނެއްގެ ގޮތުގައި އެމެރިކާއަށް އޮވެވޭނީ ކިހިނެއްތޯ ސުވާލު އުފައްދަވާފައެވެ.

އެމެރިކާއިން ދަނީ އިސްރާއީލްގެ ޢަމަލުތައް އަބަދުވެސް ދިފާޢު ކުރަމުންނެވެ. އިސްރާއީލުން ފަލަޞްޠީނަށް ދޭ ހަމަލާތައް ދިފާޢުކޮށް، އދ. ނުވަތަ އެނޫންވެސް ޤައުމަކުން އިސްރާއީލާއި ދެކޮޅަށް މަސައްކަތް ކުރަން އުޅެފިނަމަ އެމެރިކާއިން އެ ދޭތެރެއަށް ވަދެ އެކަމެއް ހުއްޓުވައެވެ.

އެމެރިކާއިން އަބަދުވެސް ބުނަމުންދަނީ އެމެރިކާއިން ފަރުދާގެ ފުރަގަހުގައި، އިސްރާއީލާއި ފަލަޞްޠީނުގެ މައްސަލަ ޙައްލު ކުރުމަށް މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް އެގައުމުން ވަނީ މެދުއިރުމަތީގެ ސުލްހައަށް ހުރަސް އެޅޭފަދަ ގިނަ ކަންތައްތަކެއް ކޮށްފައެވެ.

އެގޮތުން އިރުމަތީ ޤުދުސަކީ އިޒްރޭލްގެ ވެރިރަށް ކަމުގައި ބަލައިގަތުން ފާހަގަކޮށްލެވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުލް ކޮންޓެއިނަރު ކާގޯ ކްލިއަރެންސްގެ ޚިދުމަތް ތިލަފުށީގައި ފަށައިފި
27 Oct 2026 ހަބަރު

ފުލް ކޮންޓެއިނަރު ކާގޯ ކްލިއަރެންސްގެ ޚިދުމަތް ތިލަފުށީގައި ފަށައިފި

ތިލަފުށީގައި މި ޚިދުމަތް ފަށާފައިވަނީ އެމްޓީސީސީއާ ހަވާލުކޮށްގެން ހަދާފައިވާ 100 މީޓަރުގެ ކީ ވޯލްގެ ސަރަހައްދުގައެވެ

ޓެކްސް އެޕީލް ޓްރިބިއުނަލްގެ މިދިޔަ އަހަރުގެ ހަރަދުތަކުގައި މައްސަލައެއް ނެތް: އޮޑިޓް
27 Oct 2026 ހަބަރު

ޓެކްސް އެޕީލް ޓްރިބިއުނަލްގެ މިދިޔަ އަހަރުގެ ހަރަދުތަކުގައި މައްސަލައެއް ނެތް: އޮޑިޓް

ޓެކްސް އެޕީލް ޓްރިބިއުނަލަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރަށް 13.4 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ފާސްކޮށްދީފައެވެ. މީގެ ތެރެއިން ރިކަރަންޓް ހަރަދުގެ ގޮތުގައި 12.03 މިލިއަން ރުފިޔާ ހޭދަވިއިރު، ކެޕިޓަލް ހަރަދަކީ 342،791 ރުފިޔާއެވެ.

ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުންނަށް ބޯހިޔާވަހިކަން ލިބޭނެ ގޮތަށް ބަނޑޭރިކޮށި ތަރައްގީ ކުރަނީ
27 Oct 2026 ހަބަރު

ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުންނަށް ބޯހިޔާވަހިކަން ލިބޭނެ ގޮތަށް ބަނޑޭރިކޮށި ތަރައްގީ ކުރަނީ

ފުރަތަމަ ތަރައްޤީކުރުމަށް ކަނޑައެޅިފައިވާ ބަނޑޭރިކޮށި 1 ތަރައްޤީ ކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ދަނީ ވަމުންނެވެ.

ނޫސް މަޖައްލާތައް ރީ-ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކޮށްފި
27 Oct 2026 ހަބަރު

ނޫސް މަޖައްލާތައް ރީ-ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކޮށްފި

އެމްއެމްބީސީ އިން ބުނީ ނޫސްމަޖައްލާތަން ރީ ރަޖިސްޓްރީކުރަން ދިން މުއްދަތު އަންނަ އަހަރުގެ ޖެނުއަރީމަހުގެ 28 ވަނަ ދުވަހަށް އިތުރުކޮށްފައިވާކަމަށެވެ. މި ބަދަލާ ގުޅިގެން، ނޫސްތައް ރީ ރަޖިސްޓްރީކުރަން ދިން މުހުލަތު ހަމަވާނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 28 ވަނަ ދުވަހުގެރޭ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ބާރަށުގައި ފުރަތަމަ ފަހަރަށް ބަނދަރެއް ހަދަނީ، ޖެޓީވެސް ތަރައްގީ ކުރާނެ
27 Oct 2026 ހަބަރު

ބާރަށުގައި ފުރަތަމަ ފަހަރަށް ބަނދަރެއް ހަދަނީ، ޖެޓީވެސް ތަރައްގީ ކުރާނެ

މި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމުމަށް އެމްޓީސީސީއަށް ދީފައިވަނީ 540 ދުވަހުގެ މުއްދަތެކެވެ.

ތިލަމާލެ ބްރިޖުގެ %80 ނިމި، ވިލިމާލެއިން ގުޅީފަޅަށް މިމަހު ގުޅާލަނީ
27 Oct 2026 ހަބަރު

ތިލަމާލެ ބްރިޖުގެ %80 ނިމި، ވިލިމާލެއިން ގުޅީފަޅަށް މިމަހު ގުޅާލަނީ

އެ ވުޒާރާއިން މިއަދު އާންމުކުރި މައުލޫމާތަށް ބަލާއިރު، ތިލަމާލެ ބްރިޖް މަޝްރޫޢުގެ އެންމެ މުހިންމު އެއް މަރުޙަލާ ކަމުގައިވާ ވިލިމާލެއާއި ގުޅީފަޅު ގުޅުވައިލާ ބްރިޖުގެ ބައިގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ރަސްމާލެ މަޝްރޫޢާ ގުޅިގެން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ
27 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢާ ގުޅިގެން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ

ޕާޓީގެ 60 އަށް ވުރެ ގިނަ މެންބަރުން އެދިވަޑައިގެންނެވި މި މުހިންމު ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުގެ ރޭ 20:30 ގައެވެ.

ބްރެޒިލްގެ އައު ރައީސް ލުލާއަށް ރައީސް މުޢިއްޒު ތަހުނިޔާ ފޮނުއްވައިފި
27 Oct 2026 ހަބަރު

ބްރެޒިލްގެ އައު ރައީސް ލުލާއަށް ރައީސް މުޢިއްޒު ތަހުނިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ބްރެޒިލްގެ ރައީސަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާއާއި ތަހުނިޔާ އަދާކުރައްވާފައިވެއެވެ. އަދި އިންތިޚާބުގައި ލިބުނު މި ބޮޑު ކާމިޔާބީއަކީ ބްރެޒިލްގެ ރައްޔިތުންގެ ހިތްތަކުގައި އެމަނިކުފާނުގެ ޒައާމަތަށް އޮތް އިތުބާރާއި ޔަގީންކަން ހާމަކޮށްދޭ ކަމެއްކަން ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ.