ފެނާއި ކަރަންޓު ބިލްތަކުން ލުޔެއް ދިނުމަށް މޭޔަރ ޑރ.މުއިއްޒު ގޮވާލައްވައިފި

21 May 2021 | 22:49

ލޭ ސިޓީގެ ގެ ތަކުގެ ފެނާއި ކަރަންޓު ބިލްތަކުން ލުޔެއް ދިނުމަށް، މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޑރ. މުޙައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

ޑ.ރ މުއިއްޒު މިފަދައިން ގޮވާލެއްވީ، ކޮވިޑް-19 ގެ ސަބަބުން މާލޭގައި ކާފިއު ހިންގާފައި އޮންނަ ގަޑިތައް އިތުރުވެ ރައްޔިތުންގެ އާމްދަނީއަށް އަސަރު ކޮށްފައިވާތީއެވެ.

ޑރ. މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް-19ގެ ނުރައްކާތެރި މި ހާލަތުގައި މާލެ ސިޓީގައި ގިނަ ވަގުތު ކާފިއު ހިންގާފައި އޮންނާތީ ގިނަ ބައެއްގެ އާމްދަނީއަށް އަސަރު ކޮށްފި ކަމަށެވެ.

އެހެންކަމުން މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ފެނާއި ކަރަންޓް ބިލުން ލުޔެއް ދިނުމަށް މުއިއްޒު ވަނީ ގޮވާލައްވާފައެވެ.

މާލޭ ސިޓީގައި މިހާރުވެސް ހަވީރު 4 ން ފަތިހު 4 އަށް ކާފިއު ހިންގައެވެ. އެހެންކަމުން ގިނަ ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓްތައް ބަންދު ކުރަންޖެހި އާންމު ރައްޔިތުންގެ އާމްދަނީއަށް އަންނަނީ އަސަރު ކުރަމުންނެވެ. 

Advertisement

ކޮމެންޓް

Advertisement