ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 1417 މީހުން!

24 May 2021 | 22:06

ދިވެހިރާއްޖެއިން އިތުރު 1417 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 1417 މީހަކު ވަނީ އަލަށް ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 1097 މީހަކާއި، ރަށްރަށުން ޕޮޒިޓިވްވި 303 މީހަކާއި އަދި ރިސޯޓްތަކުން ޕޮޒިޓިވްވި 17 މީހަކު ހިމެނެއެވެ. 

މިއަދާ ހަމައަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު 57،341އަށް އަރާފައިވާއިރު، މި ބައްޔަށް 282 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 33،136 އަށް އަރާފައެވެ.

Advertisement

ކޮމެންޓް