09 Jun 2021 | 21:10
އަނިޔާވުމާއި ގުޅިގެން ވެން ޑަ ބީކް އަށް ޔޫރޯ ގެއްލިއްޖެ

ޔޫރޯ ފެށެން ގާތްވެފައިވަނިކޮށް ނެދަލޭންޑްސް ޓީމަށް ކުޅެމުން އަންނަ މެންޗެސްޓަރ ޔުނައިޓެޑުގެ މިޑްފީލްޑަރ ޑޮނީ ވެން ޑަ ބީކް އަށް އަނިޔާގެ މިފަހަރުގެ މުބާރާތުގައި ނުކުޅެވޭނެކަން ކަށަވަރުވެއްޖެ އެވެ.

އަންނަ ހުކުރުދުވަހު މުބާރާތް ފަށާއިރު، އުމުރުން 24 އަހަރުގެ ކުޅުންތެރިޔާ ރިޕޯޓުތައް ބުނާގޮތުގައި ނެދަލޭންޑްސް އެފްއޭ އިން މިހާރު މަސައްކަތްކުރަނީ އޭނާގެ ބަދަލުގައި އެހެން ކުޅުންތެރިއަކު ސްކޮޑުގައި ހިމެނުމަށް ކަމަށެވެ.

ވެން ޑަ ބީކް ވަނީ އިނގިރޭސި ޕްރިމިއަރ ލީގުގައި ވުލްވްސް އާއި ދެކޮޅަށް ޔުނައިޓެޑް ކުޅުނު އެންމެ ފަހު މެޗު ފުލްކޮށް ކުޅެފައެވެ. އަދި ޔުރޮޕާ ލީގުގެ ފައިނަލުގައި ވިޔަރެއާލް އާއި ދެކޮޅަށް ކުޅުނު މެޗުގައި ވެން ޑަ ބީކް އިނީ ބެންޗުގައެވެ.

އަޔެކްސް އިން 34 މިލިއަން ޕައުންޑަށް މެންޗެސްޓަރ ޔުނައިޓެޑަށް ގެނައި ކުޅުންތެރިޔާ އަށް އަދި މިހާތަނަށް ޔުނައިޓެޑުގައި މާ އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް އޭނާއަކީ އަަދިވެސް ނެދަލޭންޑްސް ޤައުމީ ޓީމަށް މުހިންމު ކުުޅުންތެރިއެކެވެ. އެކަން އެ ޓީމުގެ ކޯޗުގެ ވާހަކަތަކުން ސާބިތުވެއެވެ.

މިފަހަރުގެ ޔޫރޯގައި ނެދަލޭންޑްސް ހިމެނެނީ ގްރޫޕް ސީގައެވެ. މި ގްރޫޕުގައި ހިމެނޭ ޓީމުތަކަކީ ނެދަލޭންޑްސްގެ އިތުރުން ޔޫކްރެއިން އާއި އޮސްޓްރިއާ އާއި ނޯތް މެސެޑޯނިއާ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.
25 Sep 2026
ބްރިޖުމަތިން ފުންމާލި މީހާ އެޑްމިޓްކޮށްފައި އޮއްވާ ހައްޔަރުކޮށްފި
މި ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ބްރިޖުމަތިން މީހަކު ފުންމާލި ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ އެ ރޭ ދަންވަރު 00:44 ހާއިރުއެވެ. މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން ވަނީ އެ ސަރަހައްދަށް ގޮސް އެ މީހާ ހޯދުމުގެ މަސައްކަތް ކޮށްފައެވެ.
25 Sep 2026
"ކޫލް" ބެލެނިވެރިއަކަށް ވުމަކީ ދަރިފުޅުގެ މުސްތަޤުބަލަށް އޮތް ހުރަހެއްތަ
ކޮންމެ މައެއް އަދި ބަފަޔަކީވެސް އެމީހުންގެ ދަރިންނާ އެކު ގާތް، އިތުބާރު ހިފޭ ގުޅުމެއް ބާއްވަން ބޭނުންވާނެ ބައެކެވެ. މި ޒަމާނުގައި ގިނަ ބެލެނިވެރިން މަސައްކަތް ކުރަނީ ދަރިންނަށް "ކޫލް" ނުވަތަ މާބޮޑަށް ދޫދޭ ރަހުމަތްތެރިއަކަށް ވާށެވެ. މިގޮތަށް ކަންތައް ކުރަނީ ހަރުކަށި އުސޫލުތައް ގެންގުޅުމުން ދަރިން ދުރުވެދާނެ ކަމަށް ނުވަތަ "ނޫނެކޭ" ބުނުމަކީ ގުޅުމަށް ބުރޫއަރާނެ ކަމެއް ކަމަށް ހީކުރެވޭތީއެވެ. ނަމަވެސް، ކުޑަކުދިންގެ ނަފްސާނީ ކުރިއެރުމާ ބެހޭ އިލްމުވެރިން (ޑިވެލޮޕްމެންޓަލް ސައިކޮލޮޖިސްޓުން) ވިދާޅުވާ ގޮތުގައި، ދަރިންނަށް ލޯތްބާއި އޯގާތެރިކަމާ އެކު، ދިރިއުޅުމުގެ އިންތަކާއި، ހައްދުތަކެއް (ބައުންޑަރީތަކެއް) ވެސް ބޭނުންވެއެވެ.
25 Sep 2026
ޙަޤީޤީ ހިތްހަމަޖެހުމާއި އަމާންކަން ލިބޭނީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެގެން
ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ އެކި ރަށްރަށުގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "އިސްލާމީ ޢަޤީދާގެ މުހިންމުކަން" މި މައުޟޫޢުގެ މައްޗަށެވެ. ޚުތުބާގައި ފާހަގަކުރި ގޮތުގައި މާތް الله އަޅަކަށް ދެއްވާނެ އެންމެ ބޮޑު ނިޢުމަތަކީ ޞައްޙަ ޢަޤީދާގެ ނިޢުމަތެވެ. އަދި އެއީ މުސްލިމެއްގެ ހުރިހައި ޢިބާދާތާއި ހެޔޮ ޢަމަލުތަކުގެ އިތުރުން، ދުނިޔެއާއި އާޚިރަތުގެ އެންމެހައި ހެޔޮކަމެއްގެ އަސާސެވެ.