09 Jun 2021 | 22:25
ދަގަނޑޭއާ ތޮއްޕޭ ގައުމީ ޓީމާއި ގުޅިއްޖެ

ކޮވިޑުން ސަލާމަތްވެ ރާއްޖޭގެ އެއްވަނަ ކުޅުންތެރިޔާ ޢަލީ އަޝްފާގު (ދަގަނޑޭ) އާއި ޢަލީ ޝާމިސް (ތޮއްޕޭ) ޤައުމީ ފުޓުބޯޅަ ޓީމާއި ގުޅިއްޖެއެވެ.

ދެ ކުޅުންތެރިން ކޮވިޑަށް ޕޮޒިޓިވްވުމާއެކު ޕްރޮޓޮކޯލްގައި ވާގޮތުގެ މަތިން ކަރަންޓީނުކުރީ މިދިޔަ މަހުގެ 29 ގައެވެ. ދެ ކުޅުންތެރިން އެނބުރި ޓީމާއި ގުޅުނީ 10 ދުވަހުގެ ކަރަންޓީނަށް ފަހު އެވެ.

މި ދެ ކުޅުންތެރިން ޓީމާއި ގުޅުމާއެކު އަންނަ ހުކުރުދުވަހު ގައުމީ ޓީމު ޗައިނާ އާއި ދެކޮޅަށް ކުޅޭ މެޗުގައި މި ދެ ކުޅުންތެރިންނަށް ކުޅުމުގެ ފުރުޞަތު ލިބިގެންދާނެ އެވެ.

ޗައިނާ މެޗާއެކު މިމަހުގެ 15 ވަނަ ދުވަހު ފިލިޕީންސް އާއި ދެކޮޅަށް ކުޅޭ މެޗުގައިވެސް މި ދެ ކުޅުންތެރިންނަށް ކުޅުމުގެ ފުރުޞަތު ލިބިގެންދާނެ އެވެ. މިއީ ކޯޗާއި ކުޅުންތެރިންނަށް ވެސް ލިބިގެންދިޔަ ބޮޑު ހިތްވަރެކެވެ. ދަގަނޑޭ ހުރުމަކީ މުޅި ޓީމަށްވެސް ލިބޭ ބޮޑު ހިތްވަރެކެވެ.

އެންމެ ފުރަތަމަ ޗައިނާގައި ކޮލިފިކޭޝަނުގެ މެޗުތައް ބާއްވަން އޮތް އިރު އެ ޤައުމަށް ފުރުމުގެ ކުރިން ހެދި ޓެސްޓުތަކުން ދަގަނޑޭ ފައްސިވީ މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހުގައެވެމަހުގެ 29 ގައެވެ. އެއާއެކު އޭނާގެ އިތުރުން ޢަލީ ޝާމިސް (ތޮޮއްޕޭ) ވެސް ފައްސިވުމުން ދެ ކުޅުންތެރިން ވަކިން އައިސޮލޭޓުކުރި އެވެ. މެޗުތައް އެންމެފަހުން ކުޅެން ނިންމީ ދުބާއިގައެވެ.

މާލޭގެ ހޮޓެލް ޖެންގައި ޓީމު ކޭމްޕުކުރި އިރު ދަގަނޑޭ ވަނީ ޚާއްޞަ ހުއްދައެއްގެ ދަށުން ޓީމާއި ވަކިވެފައެވެ. ނަމަވެސް ފަހުން ވަނީ ޕްރޮޓޮކޯލްތަކުގެ ދަށުން އައިސޮލޭޓުވުމަށްފަހު ހެދި ޓެސްޓުތަކުން ނައްސިވިކަން ކަށަަވަރުކުރުމަށްފަހު ޓީމާއެކު ދަތުރުކޮށްފައެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.
23 Sep 2026
އޭޝިއަން ގޭމްސްގެ ޓީޓީ މިކްސްޑް ޑަބަލްސްގައި ރާއްޖެއަށް ތާރީޚީ ކާމިޔާބެއް
މި ކާމިޔާބީ ހާސިލްކުރީ ރާއްޖެ ތަމްސީލުކުރާ އައިޝަތު ރަފާ ނާޒިމާއި މޫސާ މުންސިފް އަޙްމަދުގެ ޕެއާއިންނެވެ. ރައުންޑް އޮފް 32 ގައި އެ ދެ ކުޅުންތެރިން ނުކުތީ މޮންގޯލިއާގެ ބިލްގޫން އަންކްބަޔާރާއި އަންޚްމާ ސަރޫދާ ދެކޮޅަށެވެ.
23 Sep 2026
އައިއޯއެމްއާ ގުޅިގެން ޓްރެފިކިން ހުއްޓުވުމުގެ މަޝްވަރާ ބާއްވައިފި
އައިއޯއެމްގެ ޗީފް އޮފް މިޝަން ކޮމިޝަނަރ އޮފް ޕޮލިސްއާ ބައްދަލުކުރައްވައި، މީހުން ޓްރެފިކްކުރުމުގެ ތަޙުޤީޤުތައް ހަރުދަނާކުރުމާއި ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.
23 Sep 2026
މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފި
އޮކްޓޫބަރުގައި ހުޅުމާލޭގައި ބާއްވާ އުފެއްދުންތެރިކަމުގެ މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފައިވާއިރު މިއީ މިދިޔަ އަހަރަށްވުރެ 2000 އުފެއްދުމުގެ އިތުރުވުމެކެވެ.