09 Jun 2021 | 22:54
މެއި 6ގެ ހަމަލާގައި އަނިޔާވި އާދަމަށް ދައުލަތުގެ އެއްވެސް އެހީއެއް އަދި ނުލިބޭ!

2021 މެއި 6 ވަނަ ދުވަހަކީ ރާއްޖޭގެ ގިނަ ބަޔަކަށް ސިހުން ގެނުވި ދުވަހެކެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް ދިން ޓެރަރިޒަމްގެ ހަމަލާ ދިން ދުވަހެވެ.

އެ ހާދިސާގައި އެންމެ ބޮޑު އަނިޔާއެއްވީ އެއް ބޭފުޅަކީ، ރައީސް ނަޝީދެވެ. ނަމަވެސް، އެ ވަގުތަކީ މަގުމަތީ އެހެން މީހުންވެސް އުޅެމުންދިޔަ ވަގުތެއް ކަމުން، އެ ހާދިސާގައި އެކިވަރުގެ އަނިޔާތައް އާންމު ފަރާތްތަކަށްވެސް ވިއެވެ. އޭގެ ތެރެއިން އެއް ފަރާތަކީި، ހދ. ވައިކަރަދޫ އާދަމް އުމަރެވެ.

ކަންދިމާކުރި ގޮތުން، އެދުވަހުގެ އެގަޑީގައި އާދަމް އުމަރަށް މަޑުކޮށްލެވުނީ ރައީސް ނަޝީދަށް ހަމަލާ ދިނުމަށް ބައިންދާފައިވާ އައިއީޑީގެ ކައިރީގައެވެ. އައިއީޑީ ގޮއްވާލި ވަގުތު، އޭނާގެ ފަޔަށް ވަނީ ބޮޑު އަނިޔާއެއް ވެފައެވެ. ފައިގެ އިނގިލިތަކުގެ ބައެއް ކަށިކޮޅުތައްވެސް ވަނީ ބިނދިފައެވެ.

އެދުވަހުގެ އެ ހާދިސާ ހިނގުމުގެ ކުރިންވެސް ހދ. ވައިކަރަދޫއަށް ނިސްބަތްވާ އާދަމް ތައްޔާރުވަމުން ދިޔައީ، 11 އަހަރު މާލޭގައި އުޅުމަށްފަހު ރަށަށް ބަދަލުވާށެވެ. އުނަގަނޑުގެ މައްސަލައެއް ހުންނާތީ، ކުރިން އަދާކުރި ޑްރައިވަރުގެ ވަޒީފާވެސް ވަނީ ދޫކޮށްލާފައެވެ. ފަޔަށް ލިބުނު އަނިޔާއާއިއެކު ހިނގަން ވަރަށް އުނދަގުލެވެ. އަސާގެ އެހީގައި ކޮންމެވެސް ވަރަކަށް ހިނގެއެވެ.

މިކަމާއި ގުޅޭގޮތުން "ވޮއިސް" ގެ ފަރާތުން އާދަމްއާއި ގުޅާލުމުން ބުނީ، އެދުވަހުގެ ހާދިސާގައި ފަޔަށް ލިބުނު ގެއްލުމާއި ވަޒީފާ ދޫކޮށްލަން ޖެހުމާއި މިކަންކަމާއިހެދި، މާލީ ހާލަތު ދަށްވެ އެހީތެރިކަމަކަށް އެދި ޖެންޑަރ މިނިސްޓްރީއަށް ސިޓީވެސް ލާފައިވާނެ ކަމަށެވެ. އޭނާ ބުނީ، ސިޓީ ހުށަހެޅިތާ ހަފްތާއެއް ވެދާނެ ކަމަށާއި އެހެން ނަމަވެސް މިއަދާއި ހަމައަށްވެސް އެއްވެސް ޖަވާބެއް އަދި ނުލިބޭ ކަމަށެވެ.

"ޖެންޑާ މިނިސްޓްރީއަށް ސިޓީއެއްލީތާ ހަފުތާއެއް ވީ އަދި އެއްވެސް ޖަވާބެއް ނުލިބޭ" އާދަމް ބުންޏެވެ.

އޭނާ ބުނީ، ހޮސްޕިޓަލުގައި އޮތް އިރު ހޮސްޕިޓަލަށް ދައްކަން ޖެހުނު 400 އެއްހާ ރުފިޔާ އާސަންދައިން ދައްކައިދިން ކަމަށެވެ. އެނޫން އެއްވެސް އެހީތެރިކަމެއް މިއަދާއި ހަމައަށްވެސް ލިބިފައި ނުވާކަމަށް އޭނާ ބުންޏެވެ.

އާދަމް ބުނީ، ހާދިސާއާއި ގުޅިގެން ހާލު ބަލާލުމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ ގުޅުއްވި ކަމަށެވެ. އެނޫން މީހަކު ހާލު ބަލައިލުމަށްވެސް އިސްވެ ގުޅާފައި ނުވާކަމަށް އޭނާ ބުންޏެވެ.

މިހަމަލާއާއި ގުޅިގެން އާދަމްގެ ދިރިއުޅުމަށްވަނީ ބޮޑެތި އަސަރުތަކެއް ކޮށްފައެެވެ. ވަޒީފާ ދޫކޮށްލަންޖެހުމާއި ހިނގަން އުނދަގޫ ވުމުން އެއްވެސް މަސައްކަތެއް ކުރެވޭކަށް ނެތެވެ. އެދުވަހުގެ އެހާދިސާގައި އަނިޔާވި އާންމުންގެ މީހާއަށް މިހާތަނަށް އެއްވެސް އެހީތެރިކަމެއް ނުލިބި މިވަނީ ހާލުގައި ޖެހިފައެވެ. ނޫސްތަކުން އޭނާއާއި ގުޅޭގޮތުން ގެނައި ރިޕޯޓުތަކާއިއެކުވެސް، ސަރުކާރުގެ އެއްވެސް ފަރާތެއްގެ ސަމާލުކަމަށް މިކަމެއް ނައެެވެ. ހުރިހާ ފޯކަސްއެއް ހުރީ އެހެން ދިމާއަކަށެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ ސަބަބުން އެމަނިކުފާނަށް ލިބުނު އަނިޔާތަކަށް ފަރުވާ ހޯއްދެވުމަށް މިހާރު ހުންނެވީ ޖަރުމަނުގައެވެ. ނަމަވެސް އާދަމް ފަދަ އާންމުންނަށް ދިމާވި މިފަދަ ގެއްލުމެއްގައި ސަރުކާރުގެ އެއްވެސް އަޅާލުމެއް ނެތުމުން ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ފޮޓޯ: މިހާރު

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ، ކުދި ރެނދުތައް ލި
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.
11 Sep 2026
ދީނުގެ އަސާސްތައް ދެމެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރަންޖެހޭ
ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި އަސާސްތައް ދާއިމަށް ދެމެހެއްޓުމަށްޓަކައި، އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކޮށް ޝަރީޢަތާ އެއްގޮތަށް ޤަޟާއީ ނިޒާމު ބައްޓަންކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
11 Sep 2026
އަލްޖީރިއާއިން ޔޫއޭއީއާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފި
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލަން ނިންމާފައިވާ ކަމަށް އަލްޖީރިއާއިން ބުނެފިއެވެ.
11 Sep 2026
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިއްޖެ
މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ.