މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން ސިފައިން އެހީތެރިވެއްޖެ

14 Jun 2021 | 11:07

މަސްވެރިކަމުގައި އުޅުނު ދޯންޏެއްގެ މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން ކޯސްޓްގާޑުން އެހީތެރިވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، ސ.ގަން ބޮއި ކައިރީގައި މަސްވެރިކަމަށް ނިކުމެ އުޅުނު “ރަސް އައިނު” ދޯނީގެ ދިވެހި ފަޅުވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން، އަވަސް ފަރުވާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަދަން އޭރިއާ ކޯސްޓްގާޑުން ހަރަކާތްތެރިވެފައިވާކަމަށެވެ.

އެ ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު 06:12 ހާއިރު ކަމަށާއި، ރިޕޯޓު ލިބުމާއި ގުޅިގެން އަވަސް ފަރުވާ އަށް، އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑުގެ ސްކޮޑްރަން އިން ވަނީ ހަރަކާތްތެރިވެފައެވެ.

މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، އެމީހާއަށް އަވަސް ފަރުވާ ދިނުމަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާ އެކު ސީއެންބިއުލައިންސްގައި ބަލިމީހާ ސ.ފޭދޫއަށް މިއަދު ހެނދުނު 07:52 ހާއިރު ވަނީ ގެންދެވިފައެވެ.

މަސްވެރިންގެ ލޮލަށް ބުޅިހެރުމުގެ ހާދިސާތައް މިފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. މިކަމާއި ގުޅިގެން ގޮގްލް ފަދަ ތަކެތި ބޭނުންކުރުމަށް މަސްވެރިންނަށް ދަނީ އިރުޝާދު ދެވެމުންނެވެ.

Advertisement

ކޮމެންޓް