މިއަދަށް ތާވަލްކުރި އީސަގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި

21 Jun 2021 | 10:23

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސާގެ މައްޗަށް އުފުލާފައިވާ އަނިޔާއެއް ދިނުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.

އީސަގެ މައްޗަށް ތުހުމަތުކުރެވިފައިވަނީ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމާއި ދަރިފުޅަށް ގެވެށި އަނިޔާކުރިކަމުގެ ތުހުމަތެވެ.

އީސަގެ މައްޗަށް ހުށަހަޅާފައިވާ ޝަރީއަތް ކެންސަލްކޮށްފައިވަނީ މައްސަލަ ބައްލަވާ ގާޒީ ބަލިވެގެން ކަމަށް ކޯޓުން ވަނީ ބުނެފައެވެ. ގެވެށި އަނިޔާގެ މައްސަލައިގައި އީސަގެ މައްޗަށް ދައުވާ ކޮށްފައިވާއިރު އެ ދައުވާ އަނބުރާ ގެންގޮސްދިނުމަށް އީސަގެ އަންހެނުން ވަނީ އެދިފައެވެ.

އެމައްސަލައާ ގުޅިގެން އީސަ މަޖިލީހުގައި މުގައްރިރުކަން ކުރަމުން އަންނަ އިޖުތިމާއި ކޮމިޓީގެ މުގައްރިރުކަމުން ވަކިކުރުމަށް ކޮމިޓީގެ މެމްބަރުން ހުށަހެޅުމުން ވަނީ އަމިއްލައަށް އިސްތިއުފާ ދެއްވާފައެވެ.

އަދި އީސަ ނިސްބަތްވާ އެމްޑީޕީން ވަނީ އެ ޕާޓީގެ އެތެރޭގެ ކޮމިޓީތަކުން އޭނާ ސަސްޕެންޑްކޮށްފައެވެ.

Advertisement

ކޮމެންޓް

Advertisement