23 Jun 2021 | 12:34
މަރާލާފައި އޮއްވާ ފެނުނު ކުއްޖާގެ މައްސަލައާއި ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް

މަރާލާފައި އޮއްވާ ރޭ ދަންވަރު ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާގެ މަރަށް އިންސާފު ހޯދުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

އެމައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ މަޑަވެލީ ދާއިރާގެ މެންބަރު ޙުސައިން ފިރުޝާނެވެ. މަރާލެވުނު ކުއްޖާ ނިސްބަތްވާ މަޑަވެލީ ދާއިރާގެ މެންބަރު ޙުސައިން ފިރުޝާން މިއަދު ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން 44 މެންބަރަކު ވޯޓު ދެއްވިއެވެ.

ފިރުޝާން ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވެފައިވަނީ، އުމުރުން 13 އަހަރުގެ ކުއްޖާއަކީ ޖެންޑާ މިނިސްޓްރީން އެހީތެރިކަން ފޯރު ކޮށްދެމުން އައި ކުއްޖަކަށް ވެފައި އެކަމުގައި އިހުމާލެއްވޭތޯ ބަލަންޖެހޭކަމަށެވެ.

އަދި އެފަދަ މައްސަލަތަކުގެ އަސްލު ދެނެގަނެ އެކަންކަން ނުހިނގާނެ ގޮތަށް ކަންތައްތައް ރާވަންޖެހޭކަމަށާއި، އަދި ވީހާވެސް އަވަހަށް އިންސާފު ހޯދައިދޭން ޖެހޭކަމަށެވެ.

މި މައްސަލައާއި ގުޅިގެން މިހާތަނަށް އުމުރުން 17 އަހަރުގެ ކުއްޖަކާއި އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. 17 އަހަރުގެ ކުއްޖާއަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖެހިއިރު، 27 އަހަރުގެ މީހާ ވަނީ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
އިލްމުވެރީންގެ ވީޑިއޯ ޑޮކިއުމަންޓްރީތަކެއް ހެދުމުގެ މަސައްކަތް މަންފާއިން ފަށައިފި
މި މަސައްކަތް ފެށުމުގެ ގޮތުން ފުރަތަމަ އިލްމުވެރިއެއްގެ ގޮތުގައި "މަންފާ" އިން އިހްތިޔާރުކޮށްފައިވަނީ ދައުވަތުގެ މައިދާނުގައި އެންމެ ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަަވާ އައްޝައިޚް މުޙައްމަދު އިބްރާހިމް އެވެ.
23 Sep 2026
ކުރިއަށް އޮތް ތަނުގައި ރާއްޖެއާ ސައުދީގެ ގުޅުން އިތުރަށް ބަދަހިވާނެ
ދިވެހިރާއްޖެއާއި ސައުދީ ޢަރަބިއްޔާއާ ދެމެދު އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
23 Sep 2026
ތިނަދޫގައި މަސްތުވާތަކެތީގެ ނެޓްވޯކެއްގައި އިސްކޮށް އުޅުނު ދެ މީހަކު ހައްޔަރުކޮށްފި
މި އޮޕަރޭޝަންގައި، މަސްތުވާތަކެތި ގިނަ އަދަދަކަށް އެތެރެކޮށް ޓްރެފިކް ކުރާކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ތިނަދޫ ސިޓީ ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ 16.25 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
23 Sep 2026
އީރާން އެއްކޮށް ސުންނާފަތިކޮށްލާނެ ކަމުގެ އިންޒާރު ޓްރަމްޕް ދީފި
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އީރާން މުޅިން ސުންނާފަތިކޮށްލާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފިއެވެ. ނަމަވެސް، އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ކުރިއަށްދާ ޑިޕްލޮމެޓިކް މަޝްވަރާތަކާއެކު އަވަސް މުއްދަތެއްގައި އެއްބަސްވުމަކަށް އާދެވިދާނެ ކަމުގެ އިޝާރާތެއްވެސް އޭނާ ވަނީ ދީފައެވެ.
23 Sep 2026
ފުޓްބޯޅަ ލެޖެންޑް ރޮނާލްޑީނިއޯވެސް އިންޑިއާއަށް
ރޮނާލްޑީނިއޯ އާއި އޭނާގެ ޓީމް އިންޑިއާއަށް މި ކުރާ ދަތުރުގައި، އިންޑިއަން އޯލް-ސްޓާސްއާ ދެކޮޅަށް ކުޅޭ "ރިޓާން އޮފް ދަ ޓައިޓަންސް" ކެރެލާ އެޑިޝަން 2026' އެގްޒިބިޝަން ފުރަތަމަ މެޗް އޮންނާނީ މިއަދު ޖަވާހަރްލާލް ނެހުރޫ އިންޓަނޭޝަނަލް ސްޓޭޑިއަމްގައެވެ.
23 Sep 2026
ޣައްޒާއަކީ މި ޒަމާނުގެ އެންމެ ލާއިންސާނީ ޖަލު ކަމަށް އެރުދޮޣާން ސިފަކޮށްފި
ބައްޕައެއް އަދި ކާފައެއްގެ ހައިސިއްޔަތުން ވާހަކަދައްކަވަމުން އެރުދޮޣާން ވިދާޅުވީ ޣައްޒާއަކީ ދުނިޔޭގައި ކުޑަކުދީންގެ އެންމެ ބޮޑު ޤަބުރުސްތާނު ކަމަށާއި ގުނަވަން ބުރިވެފައިވާ ކުޑަކުދީން ދުނިޔޭގެ ނިސްބަތުން އެންމެ ގިނައީ ވެސް ޣައްޒާގައި ކަމަށެވެ. ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި އިސްރާއީލުގެ ޢަސްކަރިއްޔާއިން 74,000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް އެރުދޮޣާން ވިދާޅުވިއެވެ.
22 Sep 2026
އިމާމުންނާއި ހަތީބުންނަށް ހާއްސަ ހެދުމުގެ ނަކަލެެއް; ހިޔާލަށް ހުޅުވާލައިފި
މިނިސްޓަރު ވިދާޅުވީ މިއީ އަދި ފުރަތަމަ ސްޓޭޖުގައިވާ ކަމެއް ކަމަށާ މިކަން ނިމިގެންދާން ބޭނުންވަނީ ވީހާވެސް ގިނަ ހިޔާލުތަކާއިއެކު އުފެދޭ ނަތީޖާއެއްގެ މައްޗަށް ކަމަށެވެ.
22 Sep 2026
ފީނަންގޮސް އުޅުނު ޒުވާނަކު ނިޔާވެއްޖެ