ނީލޯފަރު ހިނގުމުގައި ޕާކުކުރާ މައްސަލާގައި ޝިފާއާއި މާރިޔާގެ ވާހަކަ ދިމައެއްނުވޭ: ރިޕޯޓް

08 Jul 2021 | 19:23

ނީލޯފަރު ހިނގުމުގައިހުރި ސައިކަލްޒޯން ނެގުމާއި ގުޅޭގޮތުން ޑިފެންސް މިނިސްޓަރ އަލްޢުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި، މާލޭ ސިޓީ ކައުންސިލްގެ ކުރީގެ މޭޔަރ ޝިފާ މުޙައްމަދުގެ ވާހަކަ ދިމާނުވާކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް މިއަހަރުގެ މެއި 6 ވަނަ ދުވަހުގެ ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވިގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ބެހޭ ކޮމެޓީން ތައްޔާރުކުރި އިންކުއަރީ ރިޕޯޓްގައި ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް މިއަހަރުގެ މެއި 6 ވަނަ ދުވަހުގެ ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވިގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ބެހޭ ކޮމެޓީންވަނީ އިންކުރައީއެއް ތައްޔާރު ކުރައްވާފައެވެ.

މި އިންކުއަރީ ރިޕޯޓް މިއަދު އާންމު ކުރައްވާފައިވާއިރު، އެ ރިޕޯޓުގައި، ބުނެފައިވަނީ، ނީލޯފަރު ހިނގުމުގައި ހުރި ސައިކަލު ޕާކިން ޒޯން ހުސްކޮށްދިނުމަށް އެދި އެމްއެންޑީއެފްގެ އެސްޕީޖީ ކޮމާންޑަރު ކާނަލް ނަސްރުﷲ އިބްރާހީމް މަޖުދީ، މާލޭ ސިޓީގެ މޭޔަރ ޝިފާ މުޙައްމަދާއި ، މާލޭ ސިޓީ ކައުންސިލްގެ ކައުންސިލަރ މުޙައްމަދު ޒަމީރު އަރިހުގައި އެދިފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އަދި އެ ޕާކިން ޒޯން ނެގުމާއި ގުޅޭގޮތުން ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ އާއި މާލޭ ސިޓީގެ ކުރީގެ މޭޔަރު ޝީފާ މުޙައްމަދު އިންކުއަރީއަށް ދެއްވާފައިވާ މަޢުލޫމާތުގައި ޚިލާފުތަކެއް ހުރިކަން ފާހަގަ ކުރެވޭކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

ރިޕޯޓްގައި ބުނެފައިވަނީ، އެ ސައިކަލުތައް ނަގައިދިނުމަށް އެދި މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ، ކުރީގެ މޭޔަރ ޝިފާ މުޙައްމަދުގެ އަރިހުގައި ފޯނުން ގުޅުއްވާ ދެންނެވި ކަމަށް އިންކުއަރީގައި މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެފައި ވީނަމަވެސް، މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ގުޅުއްވާފައި ނުވާ ކަމަށާއި އަދި މިނިސްޓަރާއި ފޯނުން ވާހަކަ ނުދައްކަވާކަމަށް ޝިފާ މުޙައްމަދު ވިދާޅުވެފައިވާ ކަމަށެވެ.

މިއަދުގެ އާންމުކުރި 271 ޞަފްޙާގެ މި ރިޕޯޓްގައި މިކަމާއިގުޅޭގޮތުން ޤައުމީ ސަލާމަތާއި ބެހޭ ކޮމެޓީން ކޮށްފައިވާ ދިރާސާތަކުގެ ގިނަ މައުލޫމާތުތަކެއް ހިމަނާފައިވާއިރު، ބައެއް ކަންކަމުގައި ގިނަ ރިކޮމެންޑޭޝަންތަކެއް ވެސް ދީފައިވެއެވެ.

Advertisement

ކޮމެންޓް

Advertisement