މަޖިލީހުގެ ސާޖެންޓު އެޓް އާރމްސްގެ މަގާމުން ވަކިކުރެއްވި ހަލީމު...
ހަބަރު
24 Aug 2022 | 17:31
ދޮޅު އަހަރުގެ ސަސްޕެންޝަނަކަށް ފަހު މަޖިލީހުގެ ސާޖަންޓު އެޓް އާމްސްގެ މަގާމުން ހަލީމު ވަކިކޮށްފި

ދޮޅުއަހަރަށް ވުރެ ގިނަ ދުވަހުގެ ސަސްޕެންޝަނަކަށް ފަހު މަޖިލީހުގެ ސާޖަންޓު އެޓް އާމްސްގެ މަގާމުން ވަކިކުރަން މަޖިލީހުން ފާސްކޮށްފިއެވެ. 

މަޖިލީހުގެ ޖަލްސާގައި ހަލީމް އެ މަގާމުން ވަކި ކުރުމަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 25 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެއް މެމްބަރަކު ވަނީ ވަކި ގޮތަކަށް ވޯޓު ދޭން ބޭނުން ނުވާ ކަމަށް ބުނެފައެވެ.

މަޖިލީހުގެ އާންމު ކޮމެޓީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހަލީމް ސަސްޕެންޑު ކުރީ އޭނާއަށް ލިބެންވާ މުސާރަ ލިބޭގޮތަށެވެ. ވަކި މުއްދަތެއް ނެތްގޮތަށް އޭނާ ސަސްޕެންޑު ކުރީ 2021 ވަނަ އަހަރުގެ ޖެނުއަރީގައެވެ.

އާންމު ކޮމެޓީން ހަލީމްގެ މައްސަލައަށް ގޮތެއް ނިންމުމަށްފަހު ހަމަ އެ އަހަރުގެ މެއި މަހު ވަނީ މައްސަލަ ނިންމި ގޮތުގެ ރިޕޯޓު މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދަށް އަރުވާފައެވެ.

މައްސަލައިގެ ބާވަތުން ސިއްރު ބައްދަލުވުންތަކެއް ބާއްވައިގެން ކޮމެޓީން ހަލީމްގެ މައްސަލަ ބަލާފައިވާއިރު މަޖިލީހުގެ އިދާރީ މުވައްޒަފުން ތިބޭ ވައިބާ ގުރޫޕުން ވެސް އޭނާ ވަނީ ބޭރުކޮށްފައެވެ.

މަޖިލީހުގެ ސެކުއުރިޓީ ބެލެހެޓުމުގެ ޒިންމާ މަތިކޮށްފައިވަނީ ސާޖެންޓު އެޓް އާމްސްގެ މައްޗަށެެވެ. މީގެ ކުރިން މަޖިލީހުގެ ކޮޓަރި ކޮޅެއްގައި ދެކެވޭ ވާހަކަ އެޑުއެހުމަށް "ބަގު" ކުރުމަށް އާލާތްތަކެއް ހަރުކުރަން އުޅުނު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.
06 Oct 2026
ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ދިވެއްސަކު ނިޔާވެއްޖެ
ނިޔާވެފައިވަނީ އުދަރެސް / ގއ. ކޮލަމާފުށި، އަޙްމަދު މިސްޙާޤު (45އ) އެވެ.
06 Oct 2026
އަމާން އުދަރެސް ޓަވަރަކުން ވެއްޓުނު މީހާ ނިޔާވެއްޖެ، 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެއް
ޓަވަރުގެ 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެކެވެ.