ކުޅިވަރު
27 Aug 2022 | 02:18
ފީފާއިން އިންޑިއާގެ މައްޗަށްކުރި ސަސްޕެންޝަން އުވާލައިފި

ފީފާގެ އެދުމާއި އެއްގޮތައް ތިންވަނަ ފަރާތަކުން އިންޑިއާގެ ފުޓްބޯޅައަށް ނުފޫޒު ފޯރުވަމުން ދިޔަ ދިއުން ހުއްޓުވުމާއި އެކު އިންޑިއާގެ މައްޗަށްކުރި ސަސްޕެންޝަން އެ އިދާރާއިން އުވާލައިފިއެވެ.

މި މަހުގެ 15 ވަނަ ދުވަހު ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާއިން އިންޑިއާގެ ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކެއް ސަސްޕެންޑް ކުރީ ސުޕްރީމް ކޯޓުން އައްޔަންކުރި ތިން މެމްބަރުންގެ ކޮމިޓީގެ ބެލުމުގެ ދަށުން މި މަހުގެ 28 ވަނަ ދުވަހު އިންޑިއާ ފުޓްބޯޅައިގެ އިންތިހާބު ބާއްވަން ތައްޔާރުވަމުން ދަނިކޮށެވެ.

ފީފާގެ ސަސްޕެންޝަނާއި އެކު އިންޑިއާގެ ސަރުކާރާއި ސުޕްރީމް ކޯޓަށް ފުޓްބޯޅާއިގެ ގިނަ ބައެއްގެ ފާޑު ކިއުން އަމާޒުވުމާއި ސަރުކާރުން ވަނީ މިކަމަށް ހައްލެއް ހޯދައިދިނުމަށް ސުޕްރީމް ކޯޓުގައި އެދިފައެވެ. މިއާއިއެކު އެ ގައުމުގެ ސުޕްރީމް ކޯޓުން ވަނީ ފީފާގެ އެދުމާއި އެއްގޮތަށް ކަންކުރަން ނިންމާފައެވެ.

އިންޑިއާގެ ސުޕްރީމް ކޯޓުން މި ގޮތަށް އަމުރު ކޮށްފައިވަނީ މި މަހުގެ 21 ވަނަ ދުވަހު އެވެ. އެގޮތުން އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަން ހިންގުމާއި އާ އިންތިހާބެއް ބޭއްވުމަށް މެއި 18 ވަނަ ދުވަހު އައްޔަންކުރި ތިން މެމްބަރުންގެ ކޮމިޓީގެ މަސައްކަތް ނިމުމަކަށް ގެނައުމަށް ކޯޓުން ވަނީ އަމަރު ކޮށްފައެވެ.

ފީފާ ކައުންސިލުން ބުނީ ސަސްޕެންޝަން އުވާލި ނަމަވެސް އާ ލީޑަޝިޕެއް އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަން ހިންގުމާ ހަވާލުވަންދެން، ކަންކަން ދާ ގޮތް ފީފާ އިން މޮނިޓާ ކުރަމުންދާނެ ކަމަށެވެ.

ސަސްޕެންޝަން އުވާލިއިރު، ފީފާ އިން ނިންމާފައިވަނީ އަންނަ އޮކްޓޫބަރު މަހު އިންޑިއާގައި ބާއްވަން ނިންމާފައިވާ 17 އަހަރުން ދަށުގެ އަންހެނުންގެ ވޯލްޑް ކަޕް ކުރިން ވެސް ރޭވިފައި އޮތް ގޮތަށް އިންޑިއާގައި ކުރިއަށް ގެންދިއުމަށެެވެ. ސަސްޕެންޝަނާއި އެކު މީގެ ކުރިން ފީފާއިން ވަނީ އެހެން ގައުމެއްގައި އެ މުބާރާތް ބޭއްވުމައް މަޝްވަރާ ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.
05 Aug 2026
ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް މި އަހަރު ވެސް ބާއްވަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ) މި އަހަރު ބާއްވާނެ ކަމަށާއި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށް ދިރާގުން އިއުލާނުކޮށްފިއެވެ.
05 Aug 2026
އއ.އުކުޅަހުގައި ތަރައްޤީކުރާ ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް ފަށައިފި
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މި މަޝްރޫޢުގެ ދަށުން އުކުޅަހުގައި 50 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.
05 Aug 2026
ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާ ގުޅިގެން މަސައްކަތް ފަށައިފި
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް ލިބުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާމާއިން ޔޫރަޕްގެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާގެ މަންދޫބުންނާ މިއަދު ބައްދަލުކޮށް މަޝްވަރާ ފަށައިފިއެވެ.
05 Aug 2026
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ އިސްލާހެއް
ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކާއި ތަންތަން، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރަށް ނެގޭގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.