ކުޅިވަރު
28 Aug 2022 | 02:25
ޕްރިމިއާ ލީގް: ހާލަންޑުގެ ހެޓްރިކުން ސިޓީއިން ފަހަތުން އަރާ ކްރިސްޓަލް ޕެލެސް ބަލިކޮށްފި

މެންޗެސްޓާ ސިޓީއަށް އަލަށް ގުޅުނު އާލިންގ ހާލަންޑުގެ ހެޓްރިކުން ސިޓީއިން ފަހަތުން އަރާ ކްރިސްޓަލް ޕެލެސް ބަލިކޮށްފިއެވެ.

މިރޭގެ ސިޓީގެ ދަނޑުގައި ކުޅުނު މި މެޗު ކްރިސްޓަލް ޕެލެސްއިން ފަށާފައިވަނީ ވަރުގަދަ ކޮށެވެ. ކްރިސްޓަލް ޕެލެސްގެ ވަރުގަދަ ފެށުމުގައި ސިޓީގެ ބަދުނަސީބުވެސް ވަނީ އަތެއް ކުޅެފައެވެ. އެގޮތުން މެޗުގެ 4 ވަނަ މިނަޓުގައި ކްރިސްޓަލް ޕެލެސްއިން ލީޑު ނަގާފައިވަނީ ސިޓީގެ ޖޯން ސްޓޯންސް އަތުން ބައިކޮޅަށް ވަތް ގޯލަކުންނެވެ.

ގޯލުގެ ސަބަބުން ކްރިސްޓަލް ޕެލެސްއަށް މެޗުގެ މާބޮޑު ކޮންޓްރޯލެއް ނުލިބުނަސް އެ ޓީމުން ދިޔައީ ކައުންޓާ އެޓޭކުގައި ސިޓީގެ ގޯލަށް ނުރައްކާ ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ސިޓީ ސިއްސުވާލާ މެޗުގެ 21 ވަނަ މިނަޓުގައި ކްރިސްޓަލް ޕެލެސްގެ ދެވަނަ ގޯލު ޖަހައިދިނީ ޖޯކިމް އެންޑަސަންއެވެ.

ކްރިސްޓަލް ޕެލެސްގެ ދެވަނަ ގޯލަށް ފަހު ސިޓީއިން ވަނީ މެޗުގެ ތެރެއަށް ބޮޑަށް ވަދެ ނަތީޖާ އަނބުރާލުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފުގައި ސިޓީއަށް ވަނީ ގޯލެއް ޖެހޭ ގޮތް ނުވެފައެވެ. ދެވަނަ ހާފުވެސް ސިޓީއިން ފެށީ ފުރަތަމަަ ހާފު ނިންމި ބީދައިންނެވެ. ސިޓީގެ ފުރަތަމަ ގޯލު ފެނިގެން ގޮސްފައިވަނީ މެޗުގެ 53 ވަނަ މިނަޓުގައެވެ. އެ ޓީމަށް މި ގޯލު ކާމިޔާބު ކޮށްދިނީ ބާނާޑޯ ސިލްވާއެވެ.

މެޗުގެ ނަތީޖާ އަނބުރާލާފައިވަނީ އާލިންގ ހާލަންޑުގެ ތަފާތު ކުޅުމުންނެވެ. އޭނާ ސިޓީއަށް ނަތީޖާ އެއްވަރު ކޮށްދިނީ މެޗުގެ 62 ވަނަ މިނަޓުގައެވެ. މި މެޗުގައި ފެނިގެންދިޔަ ހާލަންޑުގެ ދެވަނަ ގޯލު ފެނިގެން ގޮސްފައިވަނީ މެޗުގެ 70 ވަނަ މިނަޓުގައެވެ. މެޗުގެ 81 ވަނަ މިނަޓުގައި ހާލަންޑުވަނީ ތިންވަނަ ގޯލެއްޖަހާ އޭނާގެ ހެޓްރިކް ކާމިޔާބު ކޮށްފައެވެ.

މި ތިން ގޯލާއި އެކު ހާލަންޑު ވަނީ މިހާތަނަށް އޭނާ ސިޓީއަށް ކުޅެދިން 4 މެޗުގައި 6 ގޯލު ކާމިޔާބު ކޮށްދީފައެވެ. ސިޓީއިން ދެން ލީގުގައި ނިކުންނާނީ ނޮޓިންގހަމް ފޮރެސްޓާއި ދެކޮޅަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ހުޅުމާލޭގައި ސައިކައިއެޓްރީ ހޮސްޕިޓަލެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ
ހުޅުމާލޭގައި 50 އެނދުގެ ސައިކައިއެޓްރީ (ނަފްސާނީ ބަލިތަކަށް ޚާއްޞަ) ހޮސްޕިޓަލެއް އިމާރާތްކޮށް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.
23 Sep 2026
ވެސްޓްޕާކްގެ ބަދަލުގައި ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރިއަށް
މާލޭގެ ހަވީރީ ހިނގުމުގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާތީ އެ މަގު ބަންދުކުރުމާ ގުޅިގެން، ވެސްޓްޕާކް ސަރަޙައްދުގެ ބަދަލުގައި ދެން ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރީގައިވާ ބަސް ސްޓޮޕަށް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
23 Sep 2026
ވ. ފުލިދޫގައި ކުރިއަށްދިޔަ މޫދު ކުލާހެއްގެ ތެރެއިން ހާލުދެރަވި އަންހެނަކު ނިޔާވެއްޖެ
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 16:30 އެހައިކަންހާއިރު ކަމަށެވެ. އެއީ ފުލިދޫ ޕޮލިހާއި ވ. އަތޮޅު މަދަރުސާ ގުޅިގެން، އެ މަދަރުސާގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ތެރޭގައެވެ.
23 Sep 2026
ޑރ.މުއްޠަލިބު ކިޔައިދެއްވީ ޕްރޮޖެކްޓުން ލިބޭނެ ފައިދާތައް
ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" ތަރައްޤީ ކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެވުނު އެއްބަސްވުމާ ގުޅިގެން އާންމުންނާއި ސިޔާސީ ފަރާތްތަކުން އުފައްދަމުންދާ ސުވާލުތަކާއި ފާޑުކިޔުންތަކަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު ތަފްޞީލީ ޖަވާބެއް ދެއްވައިފިއެވެ.
23 Sep 2026
ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރަނީ
މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ "ޕްރައިވެޓް ސެކްޓާ އިނީޝިއޭޓިވް މޮޑެލް" ގެ ދަށުންނެވެ.
23 Sep 2026
ޗާގޯސް ޑީލް ރަނގަޅެއް ނޫން: ޓްރަމްޕް
ޗާގޯސް އައިލެންޑްސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ވެފައިވާ އެއްބަސްވުމަށް ޓްރަމްޕް އަނެއްކާވެސް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
23 Sep 2026
އިލްމުވެރީންގެ ވީޑިއޯ ޑޮކިއުމަންޓްރީތަކެއް ހެދުމުގެ މަސައްކަތް މަންފާއިން ފަށައިފި
މި މަސައްކަތް ފެށުމުގެ ގޮތުން ފުރަތަމަ އިލްމުވެރިއެއްގެ ގޮތުގައި "މަންފާ" އިން އިހްތިޔާރުކޮށްފައިވަނީ ދައުވަތުގެ މައިދާނުގައި އެންމެ ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަަވާ އައްޝައިޚް މުޙައްމަދު އިބްރާހިމް އެވެ.
23 Sep 2026
ކުރިއަށް އޮތް ތަނުގައި ރާއްޖެއާ ސައުދީގެ ގުޅުން އިތުރަށް ބަދަހިވާނެ
ދިވެހިރާއްޖެއާއި ސައުދީ ޢަރަބިއްޔާއާ ދެމެދު އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.