އައްޑޫ ޕޮލިސް އެކަޑަމީ -- ފޮޓޯ: ދަ ޓައިމްސް އޮފް އައްޑޫ
ހަބަރު
28 Aug 2022 | 12:32
ބޮޑު ޕޮލިސް އެކަޑަމީ ހުންނަ އައްޑޫގައި ކުށް ގިނަވެ، ރައްޔިތުން ބިރުވެރިކަމެއްގައި!

ބޮޑު ޕޮލިސް އެކަޑަމީއެއް ސަރުކާރުން ހުޅުވާފައި ހުރި ނަމަވެސް އައްޑޫ ސިޓީގައި ކުށްކުރާ މިންވަރު ދުވަހެއްް ދުވަހަކަށް އިތުރުވަމުންދާތީ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަންފަށައިފިއެވެ.

މިފަހަކަށް އައިސް އައްޑޫގައި ވައްކަމާއި، މާރާމާރީގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތައްވެސް އިންތިހާއަށް ވަނީ އިތުރުވެފައެވެ. ވަކިން ޚާއްސަކޮށް ވައްކަމުގެ މައްސަލަތައް ކޮންމެ ރެއަކުހެން ކުރިމަތިވަމުންދާއިރު އެފަދަ އަމަލުތައް ހިންގާ މީހުންނާއިމެދު ފުލުހުން އެއްވެސް ފިޔަވަޅެއް ނާޅާކަމުގެ ޝަކުވާވެސް އާއްމުން އަންނަނީ ކުރަމުންނެވެ.

އެގޮތުން އެފަދަ މައްސަލައެއް ކުރިމަތިވި ފަރާތެއް ކޮށްފައިވާ ޓުވީޓެއްގައި އޭނާ ވަނީ އިއްޔެ ރޭ ބަޔަކު އެ ގެއަށް ވަދެ ވައްކަންކޮށްފައިވާ ކަމަށާއި އެކަމަކީ އައްޑޫގައި އާންމު ކަމަކަށް ވެފައިވާ ކަމަށް ބުނެފައެވެ. އަދި ވައްކަންކުރަނީ ކޮން ބައެއްކަން ފުލުހުނަށް އެނގޭއިރު ފިޔަވަޅު ނޭޅެންވީ ކީއްވެތޯ އޭނާ ސުވާލު އުފެއްދި އެވެ.

https://twitter.com/d3b4g/status/1563577656980869120?t=oXbFQlIbX4ZxbP_JoENQFQ&s=19

އޭނާގެ އެ ޓުވީޓާއިއެކު ވަނީ، އިތުރު އެތައް ބަޔަކަށްވެސް ކުރިމަތިވެފައި ވައްކަމުގެ އެފަދަ މައްސަލަތަކާއި ގުޅޭގޮތުން އެފަރާތްތަކުން ހިއްސާ ކޮށްފައިވާ ވާހަކަތަކުގެ ސްކްރީން ޝޮޓްތައް ޓުވީޓް ކޮށްފައެވެ.

https://twitter.com/d3b4g/status/1563579726131634178?t=eAEDFVWrvdfClxElAtJluw&s=19

މާލެ އަށްފަހު އާބާދީގެ ގޮތުން އެންމެ ބޮޑު އެއް ރަށް ކަމަށްވާ އައްޑޫގައި ރައްޔިތުންގެ އަގު ބޮޑު މުދާ ވަގަށް ނަގައި، ދަނޑުތަކަށް ވަދެ އެތަންތަނުންވެސް ވައްކަން ކޮށް، މީސްމީހުންގެ ލެޕްޓޮޕާއި އޭސީތަކާއި ގޭތަކުގައި ހުންނަ ތެލިތައް ވެސް ވަގަށް ނަގަމުންދާކަަމަށް އެ ސިޓީގެ ރައްޔިތުން އަންނަނީ ބުނަމުންނެވެ.  

މިފަދަ އެތައް ކަމެއް އައްޑޫގައި ހިނގަމުންދާއިރު، ދާދިފަހުން އައްޑޫގައި ހުޅުވާފައި ހުރި ބޮޑު ޕޮލިސް އެކަޑަމީއެއްވެސް އެ ސިޓީގައި ހުރެއެވެ. އެތަނުގަޔާއި ، ސްޓޭޝަންތަކުގައިވެސް އެތައް  ފުލުހުންނެއް މަސައްކަތް ކުރަމުންދާއިރު، އައްޑޫގައި ހިންގަމުންދާ ކުށްތައް މަދުކުރުމަށް، މަސައްކަތް ކުރެވޭތަން ނުފެންނަ ކަމަށް ގިނަ ބަޔަކު ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ