އިންޑިއާ އައުޓު ކެމްޕޭނުގެ ނައިފަރު ޖަލްސާގައި ޝިޔާމް ވާހަކަދައްކަވަނީ
ހަބަރު
01 Sep 2022 | 13:19
އިންޑިއާ އައުޓު ކިޔުން ކުށަކަށް ހެދުމަށް ބިލު ޑްރާފްޓު ކުރީ ބީޖޭޕީ: ޝިޔާމު

ޚާރިޖީ މަސްލަހަތު ހިމާޔަތްކުރުމުގެ ނަމުގައި "އިންޑިއާ އައުޓު" ކިޔުމަކީ ކުށެއްކަމަށް ކަނޑައަޅައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައެޅި ބިލަކީ އަވައްޓެރި އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީއިން ޑްރާފްޓު ކުރި ބިލެއްކަމަށް މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ. 

ޝިޔާމު މިފަދައިން ވިދާޅުވީ ބިލައް ތާއީދު ނުކުރައްވާކަން ފާހަގަކުރައްވާ އެ ބިލު އަނބުރާ ގެންދިއުމަށް ގޮވާލާ މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ. 

ޝިޔާމު ވިދާޅުވީ ބީޖޭޕީއަކީ އެ ގައުމުގެ ރައްޔިތުންވެސް މިއަދު ބަލައިގަންނަ ޕާޓީއެއް ނޫންކަމަށެވެ. އެ ގައުމުގައި ދިރިއުޅޭ މިސްލިމު ރައްޔިތުންނަށްވެސް ބޮޑެތި އަނިޔާތަކެއް ބީޖޭޕީއިން މެދުންދާއިރު، ބީޖޭޕީގެ ހައްގުގައި ދިވެހިރައްޔިތުންގެ ހައްގުތައް ހަނިކޮށް ބިލުަތައް ތައްޔާރުކޮށްގެން ނުވާނެކަމަށެވެ. އަދި އެފަދަ ބިލެއް މަޖިލީހަށް ހުށައަޅައިގެންވެސް ނުވާނެކަމަށް ޝިޔާމު ވިިދާޅުވިއެވެ. 

އެއާއެކު ޝިޔާމު ވަނީ ތަކުރާރުކޮށް ސަރުކާރުގެ ފަރާތުން ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމަށް ހުށައަޅާފައިވާ ބިލަކީ ބީޖޭޕީއިން ޑްރާފްޓުކޮށްފައިވާ ބިލެއްކަމަށް ވިދާޅުވެފައެވެ. 

"މިނިވަން ގައުމެއް މި ގައުމަކީ، ދިވެހިރާއްޖޭގެ ގާނޫނު ހަދާ މަޖިލީހަށް މި ޑްރާފްޓެއް ނުދެއްވޭނެ. މި ޑްރާފްޓުގައި މި އޮތީ މި ގައުމުގެ މަސްހަލަތަށްވުރެ ބޮޑަށް އެހެން ގައުމެއްގެ މަސްލަހަތު ހިމާޔަތްކޮށްދީފަ، 

ޝިޔާމު އިތުރަށް ވިދާޅުވީ ރާއްޖޭގައި ގަވައިދާއި ޚިލާފަށް އިންޑިއާ ސިފައިން ތިބިކަން ޑިފެންސް މިނިސްޓަރު ޔަގީންކޮށްދެއްވާކަމަށެވެ. އިންޑިއާއެކު ހަދާފައިވާ އަޑި ނޭނގޭ އެއްބަސްވުންތަށް ސަރުކާރުން ހާމަނުކުރަނީވެސް އޭގައި ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާ އެތައް ކަމެއް ހުރުމުންކަމަށް އޭނާ ވިދާޅުވިއެވެ. 

މިހާރު ސަރުކާރުން ކުރަން މަސައްކަތް ކުރާ ކަމަކީ އެ ވާހަކަ ދެއްކުވުން ހުއްޓުވާ ރައްޔިތުނގެ އަނގައި ޓޭޕު އެޅުމުގެ މަސައްކަންކަމަށް ޝިޔާމު ވިދާޅުވިއެވެ. އަދި އެ ބިލގެ ސަބަބުން ނޫސްވެރިކަން ކުރުމުގެ ހައްގަށްވެސް ހުރަސް އެޅިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. 

އެކަންކަން ފާހަގަކުރައްވާ ޝިޔާމު ވަނީ މިހާރު މަޖިލީހަށް ހުށައަޅާފައިވާ ބިލު ބޭރުކުރުމަށް ތަކުރާރުކޮށް ގޮވާލާފައެވެ. 

ޚާރިޖީ މަސްލަހަތު ނަގާލުމަކީ ކުށެއްކަމަށް ހެދުމަށް ގާނޫނުލް އުގޫބާތު އިސްލާހު ކުރުމަށް ހުށައަޅާފައިވާ ބިލުގައި، ބޭރު ގައުމަކާއި ދޭތެރޭގައި ނަފްރަތު އުފެދިދާނެ ނުވަތަ ރުޅިވެރިކަން އުފެދިދާނެ ވާހަކައެއް ދެއްކުމަކީވެސް، ނުވަތަ އެފަދަ ފޮޓޯއެއް، އޯޑިއޯއެއް ނުވަތ ވީޑިއޯއެއް ބޭނުންކުރުމަކީވެސް ކުށެއްކަމުގައި ވަނީ ކަނޑައަޅާފައެވެ. އަދި ކުށުގެ ކުޑަ ބޮޑު މިނަށް ބަލާ އެފަދަ ކަމެއް ކުރާ ފަރާތަކަށް 2 އަހަރު ދުވަހުގެ ޖަލުހުކުމެއް ކުރެވޭގޮތަށް ހިމެނުމަށްވެސް ވަނީ ހުށައަޅާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.