ރިޕޯޓް
04 Sep 2022 | 15:41
23 މިލިއަންގެ ޓިނު ސުކޫލަށް ގިނަ ބައެއްގެ ފާޑުކިޔުން!

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޕްރައިމަރީ ސުކޫލެއް ހުޅުވުން ސަރުކާރު ފާހަގަކުރަމުން ދަނީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައެވެ. މެގަ ޕްރޮޖެކްޓެއްގެ ގޮތުގައެވެ. 

މިއީ 165 ދުވަސްތެރޭ ނިންމާލުމަށް އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާއި ހާވާލުކޮށްގެން ހަދާފައިވާ ސުކޫލެކެވެ. އެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ މިދިޔަ މާޗު މަހުގައެވެ. އެހެން ނަމަވެސް ރަޝިޔާ ޔޫކުރެއިން ހަނގުރާމައާއި ގުޅިގެން ކުންފުނީގެ މަސައްކަތް މަޑުޖެހުނީއެވެ.

ސުކޫލު ހުޅުވަން ކަނޑައަޅާފައިވާ ތާރީޚަށްވުރެ އެތައް ދުވަހެއް ފަހުން ސުކޫލު ހުޅުވުނުކަމުގއި ވިޔަސް، އެ ސުކޫލަކީ ގިނަ ފަސޭހަތަކެއް ހުޅުމާލޭ ފޭސް ދޭއްގައި ދިރިއުޅޭ ރައްޔިތުންނަށް ލިއްބައިދޭނެ ސުކޫލެއްގެ ގޮތިގައި ސަރުކާރުން ގެންދަނީ ބުނަމުންނެވެ.

ސުކޫލު އިމާރާތްކޮށްފައިވަނީ ހިޔާ ފްލެޓަކުން ނިކުމެގެން ދޮޅު މިނެޓެއްހާއިރު ހިނގާލައިގެން އާދެވޭހާ ކައިރީގައެވެ. 

މި ސުކޫލާއެކު ބަހަށް ކުރާ އިންތިޒާރު ނިމުމަކަށް އައީއެވެ. ދުރަށް ހިނގަން ޖެހުންވެސް ނިމުމަކަށް އައިސް ހައްޓަށްވެސް ލުއިވެގެންދާނެކަމަށް ސަރުކާރުން ބުނަމުން ދެއެވެ. 

މި ހުންނަނީ ހައްތަހާވެސް މި ސުކޫލުގެ މޮޅުކަމުގެ ވާހަކަދެއްކުމަށް ސަރުކާރާއި، ސަރުކާރު ޕްރޮމޯޓުކުރަމުންދާ ޓްވިޓާރ ހޭންޑަލްތަކުން ދައްކަމުންދާ ވާހަކަތަކެވެ. 

އެއާއެކުވެސް ހުޅުމާލޭގައި ހުޅުވި ފުރަތަަމަ ސުކޫލަށް އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. 

ސުކޫލަކީ ގްރޭޑް 6 އާއި ހަޔަަކަށް ކިޔަވައިދޭ ސުކޫލެކެވެ. މިހާރުވެސް 824 ދަރިވަރުން އެ ސުކޫލުގައި ކިޔަވައެވެ. 

ސުކޫލު އިމާރާތްކޮށްފައިވަނީ ހިޔާ ފްލެޓަކުން ނިކުމެގެން ދޮޅު މިނެޓެއްހާއިރު ހިނގާލައިގެން އާދެވޭހާ ކައިރީގައެވެ. މި ސުކޫލާއެކު ބަހަށް ކުރާ އިންތިޒާރު ނިމުމަކަށް އައީއެވެ. ދުރަށް ހިނގަން ޖެހުންވެސް ނިމުމަކަށް އައިސް ހައްޓަށްވެސް ލުއިވެގެންދާނެކަމަށް ސަރުކާރުން ބުނަމުން ދެއެވެ. މި ހުންނަނީ ހައްތަހާވެސް މި ސުކޫލުގެ މޮޅުކަމުގެ ވާހަކަދެއްކުމަށް ސަރުކާރާއި، ސަރުކާރު ޕްރޮމޯޓުކުރަމުންދާ ޓްވިޓާރ ހޭންޑަލްތަކުން ދައްކަމުންދާ ވާހަކަތަކެވެ. އެއާއެކުވެސް ހުޅުމާލޭގައި ހުޅުވި ފުރަތަަމަ ސުކޫލަށް އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ ސުކޫލު އިމާރާތަށެވެ. ސުކޫލަށް ފާޑުކީ ގިނަ ފަރާތްތަކެއް ބުނީ އެއީ ޓިނު ސުކޫލެއްކަމަށެވެ.

ސުކޫލު އިމާރާތްކުރުމަށް ސަރުކާރުން 23 މިލިއަން ޚަރަދުކުރިކަމަށް ބުނެފައިވާއިރު، އިމާރާތުގެ ބޮޑުބައެއް ޓިނުން ހަދާފައި ހުރުމަކީ ގިނަ ބަޔަކު ފާޑުކިޔަމުންދާ އެއްސަބަބެވެ. ބޮޑު ޚަރަދުކޮށްގެން ހެދި ސުކޫލު ވައްތަރީ ވަގުތީ އިމާރާތަކާއިކަމަށް ޓްވީޓަރައި ފާޑުކިޔުން އަމާޒުކުރި މީހަކު ބުނެފައިވެއެވެ. އަދި ކުރި ޚަރަދާއި އެއްވަރުގެ މަސައްކަތެއް އިމާރާތުން ނުފެންނަކަމަށްވެސް ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ