ނަޝީދު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަނީ.. ފޮޓޯ: މަޖިިލިސް
ހަބަރު
05 Sep 2022 | 12:05
ގްރީން ޓެކްސް ނުނެގި އޮތް ބައި އަލުން ނަގާކަށް ގާނޫނުގައި ނުހިމެނޭނެ: ނަޝީދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއަށް އޮޅިވަޑައިގެން ޓުއަރިޒަމާއި ބެހޭ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކުރެއްވުމާއި ގުޅިގެން މި މުއްދަތުގެ ތެރޭގައި ދައުލަތަށް ގެއްލުނު ގްރީން ޓެކްސްގެ ފައިސާ އަލުން އަނބުރާ ހޯދުމަށް މިހާރު ހުށައަޅާފައިވާ އިސްލާހުގައި ނުހިމެނޭކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

މިދިޔަ ޖޫން މަހު މަޖިލީހުން ފާސްކުރި ޓޫރިޒަމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގައި ތާރީހު ޖަހާފައި އޮތް ރަނގަޅަށް ނުބައްލަވާ، އެ އިސްލާހު ރައީސް ސޯލިހު ތަސްދީގު ކުރެއްވުމާއި ގުޅިގެން ގްރީން ޓެކްސް ނެގުން ވަނީ ހުއްޓިފައެވެ. އެކަމުގެ ސަބަބުން ދައުލަތަށް ލިބެން ޖެހޭ 600 މިލިއަން ރުފިޔާ ނުލިބިއޮތްކަން ފާހަގަކޮށްލެވެއެވެ. 

މިހާރު އަނެއްކާވެސް ގާނޫނުގައި އޮތް ތާރީހު ބަދަލުކޮށް، ޓުއަރިޒަމާއި ބެހޭ ގާނޫނަށް އިސްލާހު ހުށައަޅާފައިވާއިރު، މިއަދު މަޖިލީހުގައިވަނީ އެ ބިލަށް ބަހުސްކޮށްފައެވެ. 

ބިލަށް ބަހުސްކުރެއްވި ބައެއް މެމްބަރުންވަނީ ކުރިން ތަސްދީގުކުރި ބިލާއެކު ދައުލަތަށް ގެއްލުނު ގްރީން ޓެކްސް ފައިސާ އަނބުރާ ހޯދޭނެގޮތަށް ބިލުގައި ހިމަނައިދިނުމަށް އެދިފައެވެ. 

ބަހުސްގެ ތެރެއިން ފުރުސަތެއް ހޯއްދަވާ ނަޝީދުވަނީ އެފަދައިން މާއްދާއެއް ހިމެނުމާއި ދެކޮޅު ހައްދަވާފައެވެ. އަދި އެގޮތަށް އެކަން ނުކުރެވޭނެކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. 

ނަޝީދު ވިދާޅުވީ ބިލުގައި ބުނާ ގޮތުން ޖުލައި ތިނަކުން ފެށިގެން މި ބިލު ތަސްދީގުކުރުމާ ދެމެދުގައި ހިނގާފައިވާ މުއްދަތުގައި ގްރީން ޓެކްސްގެ ގޮތުގައި ޓޫރިސްޓެއް އަތުން ފައިސާ ނަގައިފި ނަމަ އެ ފައިސާ އެ ފަރާތަކަށް އަނބުރާ ނުދައްކާހާ ހިނދަކު ދައުލަތަށް އަނބުރާ އެ ޓެކްސް ދައްކަން ޖެހޭނެ ކަމަށެވެ.

އެހެން ނަމަވެސް ގާނޫނު އަސާސީގެ 59 ވަނަ މާއްދާއަށް ބަލާއިރު ގާނޫނުގައި ކުށެއް ކަމަށް ކަނޑައަޅާފައި ނުވާ ކަމެއް ފަހުން ހަދާ ގާނޫނަކުން އަދަބު ނުލިބޭނެކަމަށް ބަޔާންކޮށްފައިވާއިރު، އެ ގާނޫނާއި ފުށޫއަރާގޮތަށް، ގްރީންޓެކްސް ފައިސާ ހޯދުމަށް މާއްދާއެއް ނުހިމެނޭނެކަމަށް އޭނާ ވިދާޅުވިއެވެ. 

"މިހާރު ހުށަހަޅުއްވާފައިވާ ގާނޫނުގައި ތިޔަ ވިދާޅުވަނީ ކުރީގައި ކޮށްފައި އޮތް ކަމެއް އެހެން ގޮތަކަށް ހެދުމަށް. އެކަން ހިނގައިދިޔަ ފަހުން ގާނޫނެއް ހައްދަވަން. މިއީ ގާނޫނުގައި އަޅުގަނޑު ދެކޭ ގޮތުގައި މި މާއްދާއެއް ނުހިމެނޭނެ،" ނަޝީދު ވިދާޅުވި އެވެ.

ޓުއަރިޒަމާއި ބެހޭ ގާނޫނަށް ކުރިން ގެނައި އިސްލާހާއެކު، ޓެކްސް ނަގަން ފަށާނެ ތާރީހެއްކަމަށް ކަނޑައަޅާފައި އޮތީ އަންނަ އަހަރުގެ ޖެނުއަރީއިން ފެށިގެންނެވެ. 

މިރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 547 މިލިއަށްވުރެ ގިނައިން ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާއިރު، ގްރީން ޓެކްސްގެ ނެގުން މެދުކެނޑުމާއެކު، ދައުލަތަށް 600 މިލިއަން ރުފިޔާގެ ގެއްލުންވާނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ