ޔަހޫދީ އިސްރައީލު ސިފައިން ބަޑި ޖަހާ މަރާލި ނޫސްވެރިޔާ ޝީރީން
ދުނިޔެ
05 Sep 2022 | 22:00
ޝީރީން މަރާލީ ޔަހޫދީ އިސްރާއީލް ސިފައިންކަމަށް އެއްބަސްވެއްޖެ!

ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީހުގެ ޔަހޫދީ ސިފައިން ދޭ އަނިޔާތައް ކަވަރުކުރަމުންދިޔަ އަލް ޖަޒީރާގެ ނޫސްވެރިއެއް ކަމުގައިވާ ޝީރީން އަބޫ އަކްލަޙް މަރާލީ ޔަހޫދީ އިސްރާޢީލުގެ ސިފައިން ދިން ބަޑީގެ ހަމަލާއެއްގައި ކަމަށް ޔަހޫދީން އެންމެ ފަހުން އެއްބަސްވެއްޖެއެވެ.

ޝީރީން މަރައިލާފައި ވަނީ ޔަހޫދީ އިސްރާޢީލުން ވެރިވެގަނެފައިވާ ހުޅަނގު އައްސޭރީގެ ޖެނިންނަށް އަރައި ހިންގަމުން ދިޔަ އުދުވާންތަކެއް ރިޕޯޓު ކުރަމުން ދަނިކޮށް، މޭ މަހުގެ 11 ވަނަ ދުވަހުއެވެ.

ޝީރީން މަރައިލާފައި ވަނީ ޔަހޫދީ ސިފައިން ބަޑިޖަހައި ދިން ހަމަލާތަކެއްގައި ކަމަށް ފަލަސްތީނުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ދިޔައީ ބުނަމުންނެވެ. ނަމަވެސް، ޔަހޫދީ އިސްރާޢީލުން ދިޔައީ މި ކަމާ ދެކޮޅު ހަދަމުންނެވެ. އަދި، ޝީރީން މަރުވީ ޔަހޫދީންގެ ބަޑީގެ ހަމަލާއެއްގައި ކަމަށް ބުނާ ރިޕޯޓުތައްވެސް ދޮގުކުރަމުންނެވެ.

އެހެން ނަމަވެސް ޝީރީން މަރުވީ ޔަހޫދީ އިސްރާއިލް ސިފައިންގެ މީހަކު ބަޑިޖަހައި ދިން ހަމަލާއަކުންކަން އެ ގައުމުން ކުރި ތަހުގީގުންވެސް ވަނީ ހާމަވެފައެވެ.

ޝީރީން މަރުވީ ކޮން ބަޔަކު ދިން ބަޑީގެ ހަމަލާއެއްގައި ކަން ކަށަވަރު ކުރުމަށް ފަލަސްތީނުގެ އިތުރުން އެމެރިކާއިން ވަނީ ތަހުޤީޤު ކޮށްފައެވެ. ޝީރީންގެ ހަށިގަނޑަށް އަރާފައިވާ ވަޒަން ތަހުޤީޤު ކުރުމަށް ފަހު އެމެރިކާއިން ވެސް ވަނީ، އޭނާ މަރުވީ ޔަހޫދީ އިސްރާޢީލުގެ ސިފައިން ދިން ހަމަލާއެއްގައި ކަމަށް ބެލެވޭ ކަމުގައި ބުނެފައެވެ.ޝީރީން މަރުވީ ޔަހޫދީ ސިފައިން ދިން ބަޑީގެ ހަމަލާތަކެއް ކަމުގައި އ.ދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ އިދާރާއިން ވެސް ވަނީ ބުނެފައެވެ.

ޝީރީންގެ މަރާ ގުޅިގެން އެމެރިކާގެ ނޫހެއް ކަމުގައިވާ ނިއުޔޯކް ޓައިމްސްއިން ވެސް ވަނީ މިނިވަން ތަޙުޤީޤެއް ހިންގާފައެވެ. އެ ނޫހުން ވެސް ބުނީ، ޝީރީން މަރުވީ ޔަހޫދީ ސިފައިން ދިން ހަމަލާތަކެއްގައި ކަމުގައެވެ. އަދި، ޝީރީން މަރުވި ހާދިސާ ހިނގާފައިވާ ސަރަޙައްދުގައި ފަލަސްތީނުގެ ހަތިޔާރު އެޅި އެއްވެސް ޖަމާޢަތަކުން ހަރަކާތްތެރިވެފައި ނުވާ ކަމަށް ވެސް އެ ނޫހުން ބުނެފައިވެއެވެ. 

އިސްރާއީލުން ހިންގި ތަހުގީގުންވެސް މި ކަން ސާބިތުވެފައިވީ ނަމަވެސް ޔަހޫދީ އިސްރާއީލުން އަދިވެސް މަސައްކަތްކުރަމުންދަނީ އެކަމުން ބަރީއަވުމަށެވެ. އެގޮތުން ޝީރީންގެ ހަށިގަނޑަށް ވަޒަން އަރާފައިވަނީ "އޮޅުމަކުން" ކަމަށް އެމީހުން ވަނީ ބުނެފައެވެ. 

ޝީރީން މަރުވީ އިސްރާޢީލު ސިފައިންގެ މީހެއްގެ ބަޑިން ދިން ހަމަލާއެއްގައި ކަމަށް ވުމީ އެކަށީގެންވާ ކަމެއްކަމަށާއި، އިސްރާޢީލު ސިފައިން ބަޑި ޖަހަމުން ދިޔައީ ފަލަސްތީނުގެ ހަތިޔާރު އެޅީ ޖަމާޢަތްތަކުގެ މެންބަރުންނަށް އަމާޒުކޮށްކަމަށާއި އަދި ޝީރީނަކީ ނޫސްވެރިއެއް ކަން އެއިރު ނޭނގޭކަމަށް އެ ކަމާއި ގުޅިގެން އިސްރާއިލުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ. 

ޝީރީން މަރާލުމުގެ އިތުރުން ޔަހޫދީ ސިފައިންވަނީ އޭނާގެ ޖަނާޒާ ކުރިއަށް ދިޔަވަގުތުވެސް ހަމަލާދީފައެވެ. އެގޮތުން ޖަނާޖާގައި ބައިވެރިވި މީހުންނަށްވެސް ހަމަލާދީ އުދުވާން ހިންގި މަންޒަރު ފެނިގެންދާ ފޮޓޯތަކެއްވެސް ވަނީ އާންމުވެފައެވެ. 

އަނިޔާވެރިގޮތަކަށް ޖަޒީރާ ނޫހުގެ ނޫސްވެރިޔާ ޝީރީން މަރާލުމާއި ގުޅިގެން ފަލަސްތީނުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަނީ ހިތާމަ ފާޅުކޮށްފައެވެ. 

ޝީރީން އަކީ އޭނާގެ އުމުރުގެ 25 އަހަރު ފަލަސްތީނުގެ ރައްޔިތުންނަށް އެ ގައުމަށް ވެރިވެގަތް ޔަހޫދީން ދެމުންދާ އަނިޔާތައް ގެނެސްދިނުމުގައި މަސްކަތް ކޮށްފައިވާ ނޫސްވެރިއެކެވެ. އޭނާގެ ގަޔަށް ޔަހޫދީ އިސްރާއީލުން ބަޑިޖެހީ ނޫސްވެރިން ބޭނުންކުރާ ވެސްޓުވެސް ލައިގެން ހުއްޓައެވެ. އެ މައްސަލަ އަލް ޖަޒީރާއިން ވަނީ ބައިނަލްއަގުވާމީ ޖިނާއީ ކޯޓަށްވެސް ހުށައަޅަން ނިންމާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.